23:33

ރޮކެޓް ހަމަލާތަކަކުން އިސްރާއީލް 20 މީހަކު ޒަހަމްކޮށްލައިފި.

23:15

އިސްރާއީލަށް ޣައްޒާ އިން ރޮކެޓް ހަމަލާތައް ދެމުން ދާއިރު ޣައްޒާގެ މިސްކިތްތަކުން ދަނީ ތަކުބީރު ކިޔަމުން.

23:12

އިސްރާއީލްގެ އަޝްޑޮޑް އާއި އަޝްކެލޮންގައި ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމަށް ސައިރަން އަޅަން ފަށައިފި. މިހާރު ވެސް އެސަރަހައްދަށް ވަނީ 15 ރޮކެޓް އަމާޒުވެފައި. ސަރުކާރުން ދަނީ ހުރިހާ އެންމެން ވެސް ބިންގަރާސްތަކުގައި ތިބުމަށް އިލްތިމާސް ކުރަމުން.

23:07

ޣައްޒާ އިން އިސްރާއީލަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ފޮނުވަން ފަށައިފި.

23:00

22:59

މިރޭ ފަލަސްތީންގެ ގަޑިން 21:00 ގައި އިސްރާއީލަށް އިތުރު ރޮކެޓް ހަމަލާތަކެއް ދޭނެ ކަމަށް އިސްލާމިކް ޖިހާދުން ބުނެފި.

22:58

އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓް ބައްދަލުވުމެއް މިހާރު ކުރިއަށް އެބަދޭ. ޣައްޒާއަށް ހަމަލާތައް ދެން ދޭނެ ގޮތާއި ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރާނެ.

22:52

އިސްރާއީލްގެ ޝެރޮޓް އިން އުމުރުން 6 އަހަރުގެ ކުއްޖަކު މަރުވެއްޖެ. މިއީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ޣައްޒާ އިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި އިސްރާއީލުންގެ ހަތް ވަނަ މަރު. އިސްރާއީލުން މަރުވި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނޭ.

22:25

ޣައްޒާ އިން އިސްރާއީލްގެ ހަތް ބުރީގެ ގެއަކަށް ހަމަލާދީފި.

21:19

ޣައްޒާގެ އަލް ނުސައިރަތައް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީންގެ ހަތަރު މީހަކު ޝަހީދުވެއްޖެ.

20:10

އިސްރާއީލުން ޢައްޒާއަށް ދިން ރޮކެޓް ހަމަލާގައި ހަމާސްގެ ކޮމާންޑަރ އިސް އަލް-ދިން އަލް- ޤައްސާމް އަވަހާރަވެއްޖެ. ޤައްސާމް އަވަހާރަ ވެފައިވާކަން ހަމާސްގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައި

17:32

އަދި މިހާރުވެސް 10 މީހަކަށް ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނޭ. އަދި މަރުވި ހަތަރު މީހެއްގެ މައުލޫމާތު ހޮސްޕިޓަލްގެ ސަމާލުކަަމަށް އައި.

17:29

އިސްރާއިލްގެ އަޝްކެލޮން ހޮސްޕިޓަލުން ބުނީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން މިހާތަނަށް 110 މީހަކަށް ބަރްޒިލާއި މެޑިކަލް ސެންޓަރުގައި ފަރުވާދީފައިވާ ކަމަށް.

"މީގެ ތެރެއިން ގިނަ ވޭދަނަތަކަކީ ކުދިކުދި އަނިޔާވެގެން ފަރުވާދިން މީހުން". އެ ހޮސްޕިޓަލްގެ ޑިރެކްޓަރ އޮފް އެމާޖެންސީ މެޑިސިން ޑިޕާޓްމެންޓް ޑރ. ޖޮނަތަން ރިއެް.

17:17

އިސްރާރީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދުތައް 53 އަށް އަރައިފި.

15:33

ޣައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއިލަށް ދެމުންގެންދާ ހަމަލާތަކުގައި އިސްރާއީލްގެ ސިފައިންގެ މީހަކު މަރާލައިފި.

15:20

އިސްރާރީލުން ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދުތައް 43 އަށް އަރައިފި.

14:19

ފަލަސްތީންގެ ޣައްޒާ އިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކެއްގައި އިސްރާއީލްގެ މީހަކު މަރާލައިފި

12:08

އެމެރިކާގެ ރައީސް ޖޯ ބައިޑެން، ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސްއަށް ސިޓީއެއް ފޮނުއްވައިފި

10:44

ހަމާސް އިން ދިން ހަމަލާއެއްގައި އިސްރާއިލްގެ ސިނާއީ ސަރަހައްދަކަށް ބޮޑު ގެއްލުމެއް ލިބިއްޖެ.

09:53

ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ ވެރިރަށުން އިތުރު ދެމީހުން މަރާލައިފި.

09:40

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ހަމާސްގެ އިސް ބައެއް ބޭފުޅުން ޝަހީދުކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ބޭފުޅުންގެ ތެރޭގައި ޣައްޒާގެ ވެރިޔާ ބައްސާމް އީސާ އާއި ޣައްޒާގެ އަވަށެއް ކަމަށްވާ ހާން ޔޫނިސްގެ ވެރިޔާ ރަފާ ސަލާމް އަދި ހަމާސްގެ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ޔަޒޫރީ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނޭ.

01:27

އިސްރާއީލްގެ އެޝްކޮލް އަށް ޣައްޒާ އިން ދިން ރޮކެޓް ހަމަލާއެއްގައި މީހަކު ޒަހަމްވެއްޖެ. އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ޒަހަމްވެފައި ވަނީ އިސްރާއީލްގައި ވަޒީފާ އަދާކުރާ އެހެން ގައުމެއްގެ މީހެއް. އޭނާގެ ގައުމު އަދި ހާމަކޮށްފައެއްނުވޭ.

01:23

ފަލަސްތީންގެ ގެތަކަށް އިސްރާއީލުން ނަޖިސް ފެން ޖަހަން ފަށައިފި.

01:08

ޣައްޒާއަށް އަދިވެސް އިތުރަށް ހަމަލާތައް ދެމުންދާނެ ކަމަށް އިސްރާއީލްގެ ޑިފެންސް މިނިސްޓަރ ބެނީ ގަންޓެޒް ބުނެފި.

01:07

ޣައްޒާގައި އަސްކަރީ ހަރަކާތްތައް ހިންގާ 500 ތަނަކަށް އިސްރާއީލުން ހަމަލާދީފައި ވާނެ ކަމަށް އިސްރާއީލްގެ ޗީފް އޮފް ސްޓާފް ބުނެފި.

01:05

ތިރިގައި އެވާ ވީޑިއޯ އިން އެފެންނަނީ މިރޭ އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ރޮކެޓް ހަމަލާތައް އަމާޒުވަމުން ދިޔަ މަންޒަރު

01:00

އިސްރާއީލަށް އިތުރު ހަމަލާތައް ދޭނެ ކަމަށް ހަމާސް ޖަމާއަތުންނާއި އިސްލާމިކް ޖިހާދުން ބުނެފި.

00:59

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 30 އަށް އަރައިފި. އަދި ޣައްޒާ އަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު 200 އަށް ވަނީ އަރާފައި.

00:57

ހަމާސް ޖަމާއަތުންނާއި އިސްލާމިކް ޖިހާދުން ދެމުންދާ ހަމަލާތަކުގެ އަގު އެދެޖަމާއަތުން އަދާކުރަން ޖެހޭނެ ކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި.

ގައުމާއި މުހާތަބުކޮށް ވާހަކަދައްކަމުން ނަތަންޔާހޫ ބުނީ ޣައްޒާގައި ހަރަކާތްތެރިވާ މުޖާހިދުންގެ ވަރަށް ގިނަ އަމާޒުތަކަށް އިސްރާއީލުން ހަމަލާދީ އެތަންތަން މިހާރު ނައްތާލެވިފައިވާ ކަމަށް. އަދި ކުރިއަށް އޮތްތަނުގައި ވެސް މުޖާހިދުންގެ އަމާޒުތަކަށް ހަމަލާދޭނެ ކަމަށް ނަތަންޔާހޫ ބުނި.

އޭނާ ވަނީ ޣައްޒާ އިން އިސްރާއީލަށް ފޮނުވަމުންދާ ރޮކެޓް ހަމަލާތަކުން ރައްކާތެރިވުމަށް ސަރުކާރުގެ އެންގުމަކަށް ބޯލެނބުމަށް އިސްރާއީލްގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައި.

00:54

ތެލްއަވީވްގެ ބެން ގްރިއޮން އެއާޕޯޓް ބަންދުކުރިތާ ގަޑިއެއްހާއިރު ފަހުން އެއާޕޯޓް އަނެއްކާވެސް ހުޅުވައިފި.

00:54

އަނެއްކާވެސް އިސްރާއީލަށް ޣައްޒާ އިން ރޮކެޓް ހަމަލާތަކެއް ދޭން ފަށައިފި. މިހާރު ހަމަލާތައް އަމާޒުވަމުން ދަނީ އިސްރާއީލްގެ ދެކުނުގެ އަވަށެއް ކަމަށްވާ އެސްކޮލް އަށް.

00:52

އިސްރާއީލަށް އަމިއްލަ ދިފާއުގައި ކުރަން ޖެހޭ ކަންކަން ކުރުމުގެ ހައްގު އޮންނާނެ ކަމަށާއި ހަމައެފަދައިން ފަލަސްތީން ރައްޔިތުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާން ޖެހޭނެ ކަމަށް އެމެރިކާ އިން ބުނެފި. މިހެން ބުނެފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ނެރުނު ބަޔާނެއްގައި.

00:51

ރޮކެޓް ހަމަލާއެއް އަމާޒުވެ އިސްރާއީލްގެ ތެޔޮ ހޮޅިއެއްގައި އަލިފާން ރޯވެ އަނދަން ފަށައިފި. ތެޔޮ ހޮޅީގައި ރޯވި އަލިފާން ނިއްވާލަން އިސްރާއީލުން މަސައްކަތް ކުރަމުން އަންނަތާ މިހާރު އެތައް ގަޑިއިރެއް ވެއްޖެ. ނަމަވެސް އަދި އެމަސައްކަތް ކާމިޔާބެއް ނުވޭ.

00:49

އިސްރާއީލްގެ މަސްރަހު ހޫނުވެ ހަމަލާތައް އަމާޒުވެފައި ވަނީ އެމެރިކާ އިން އިސްރާއީލަށް އެކަށީގެންވާ ވަރަށް އެހީތެރިނުވާތީ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި. ޓްރަމްޕް ބުނީ އޭނާ ވެރިކަމުގައި ހުރިއިރު މެދުއިރުމަތީގައި ސުލްހަ ގާއިމުވެފައި އޮތީ އޭނާ އިސްރާއީލަށް އެހީތެރިކަން ފޯރުކޮށްދެމުން ދިއުމުން ކަމަށް.

00:46

ރާއްޖެ އޮންނާނީ ފަލަސްތީނާއިއެކު - ރައީސް

00:32

އިސްރާއީލުން ބޮމުގެ ހަމަލާތައްދީ އަނެއްކާވެސް ޣައްޒާގެ އިމާރާތެއް ބިމާއި ހަމަކޮށްލައިފި.

00:31

ގައުމީ ސަލާމަތައް ނުރައްކާވެފައިވާ ކަމަށްބުނެ އިސްރާއީލްގެ ހުރިހާ ސްކޫލެއް ބަންދުކޮށްފި.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލަށް ފަލަސްތީނުގެ މުޖާހިދުން ރޮކެޓް ހަމަލާތައް ދިން ނަމަވެސް ގިނަ ފަހަރަށް އެހަމަލާތަކުން މާބޮޑު ގެއްލުމެއް ނުލިބެއެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތެވެ. ޣައްޒާއިން ފޮނުވާލާ ރޮކެޓް ހަމަލާތައް ދަނީ އިސްރާއީލްގެ މެދުތެރޭގައި އޮތް ވެރިރަށް ތެލްއަވީވަށް ވެސް އަމާޒުވަމުންނެވެ. މިހާރު ތެލްއަވީވަށް އަމާޒުވަމުންދާ ހަމަލާތަކަކީ ދުވަހަކުވެސް ފަލަސްތީންގެ މުޖާހިދުންގެ ފަރާތުން އަމާޒުނުވާވަރުގެ ވަރުގަދަ ހަމަލާތަކެއް ކަމަށް އިސްރާއީލްގެ މީޑިއާތަކުން ވެސް ބުނެއެވެ.

މުޖާހިދުންގެ ހަމަލާތައް ވަރުގަދަވެ އިސްރާއީލްގައި ބިރުވެރިކަން ބޮޑުވެފައިވާއިރު އިސްރާއީލްގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރ ބެނީ ގަންޓެޒް މިރޭ ގައުމާއި މުހާތަބުކޮށް ބަޔާނެއް ދޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިބަޔާން ދޭނީ ތެލްއަވީވްގެ އަސްކަރީ މަރުކަޒެއްގައި ތިބެއެވެ.

އިސްރާއީލަށް ޣައްޒާއިން ފޮނުވާލި ހަމަލާތަކުގައި މިހާތަނަށް އިސްރާއީލްގެ ތިން މީހަކު ވަނީ މަރުވެފައެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ 28 މީހަކު މިހާތަނަށް ޝަހީދުވެއްޖެއެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ފަލަސްތީންގެ ހާލަތާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. އުގުރި

  ﷲ އަކުބަރު މުސްލި މުންނަން ނަސްރާއި ކާ މިޔާބު މިންވަރު ކުރައްވާށި އާ މީނާ.

  207
  6
  • މަ

   އާމީން

   82
   6
  • އެޗް

   އާމީން

   81
   6
  • Anonymous

   އާމީން

   14
   4
 2. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

  އަޤްސާ މިސްކިތުގައި ޔަހޫދިންގެ ޙަމާތަކުގައި 28 މުސްލިމުން ޝަހީދުވެއްޖެއެވެ. މުޅި އިޒްރޭލުން ޔަހޫދީންގެ 3 މީހުން މަރުވެއްޖެއެވެ. 28 މުސްލިމުންގެ ލޭގެ އަގު މި 3 ޔަހޫދީންގެ ލޭގެ އަގަށްވުރެ ޔާހޫދީންގެ ނަޒަރުގައި މާބޮޑެވެ. ނަމަވެސް ޔަހޫދީންނަށް އޮންނާނީ ނަރަކައެވެ. ޝަހީދުންނަކީ، ސުވަރުގެ ލިބޭބަޔެކެވެ. ނަޞްރާއި ފަތަޙައާއި ކާމިޔާބު ލިބޭހުށީ ހަމަކަށަވަރުން މުއުމިނުންނަށެވެ. މަސްޖިދުލް އަޤްސާ މުއުމިނުންގެ އަތަށް އެރުމުގެ ކުރިން ދުނިޔެ ނުނިމޭނެއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. ޙުރުމަތްތެރި ވެގެންވާ 3 މިސްކިތުގެ ތެރެއިން ފުރަތަ މިސްކިތެވެ.

  125
  6
  • ކާފަ

   މި ޙިޔާލަށް ޑިސްލައިކު ދިނުމަކީ ޔަހޫދީއަކު ސުވަރުގެ ވަންނާނެ ކަމެއްނޫން. ޑިިސްލައިކު ދިންމީހާ ކިތައްމެ ނުރުހުނަސް ﷲއަށް ޝަރީކުކުރާ ކާފަރަކު ސުވަރުގެއަކަށް ނުވަންނާނެ

   110
   7
  • މުނާފިޤުންގެ ހުރި ނުބައިކާމާ އެވެ!

   ނަރަކައިގައި މުނާފިޤުންވަނީ ކޮންތާކުކަން އިނގޭތޯ؟

   28
   5
 3. ކޮރަލް

  ބޮޑެތި މީޑިޔާ ތަކުގެ ހަބަރު ބަލާލަ ބަލާށެވެ. ވަގުތު ހަމަ 1 ވަނަ އެވެ.

  65
  5
 4. ހަސަން

  މި ވަރު ބައެއްގެ މަޖިލިސްގައި ތަގުރީރުކުރަން އަދިވެސް މިއުޅެނީ

  58
  5
 5. ހުސޭނުބެ

  އާ ބިރުންގޮސް މިހާރު ދެތިން ޓަވަރު ފުޑާލާފަ އެތަށް ބަޔަކު މަރާލާފަ ނަޖިސްފެން ވެސް ޖަހައިފި ދޯ

  15
  30
  • ދެމޫނުގެ ވެރިޔާ

   ޔަހޫދީންނަށްވުރެ މުނާފިގު ކަމަކީ މާނުބައި ސިފައެއް.

   33
   5
 6. ސާލިހާ

  ޢާމީން

  28
  4
 7. ެރައްދު

  އޭނަތަންޔާހޫ
  ކޮބާ ދެން ކަލޭ މެން ޝަހީދުކޮއްލި ތިރީސް މީހުންގެ ހައްޤު..؟

  41
  3
 8. Anonymous

  ﷲ އަށްޓަކާ ޙައްޤަށްޓަކާ އެކަލާނގެ ދީނަށް ނަސްރުދޭން ތައްޔާރަށް ތިއްބެވި ފަލަސްތީނުގެ މުޖާހިދުންނަށް ނަސްރުދެއްވާށި. އާ މީން

  61
  5
 9. އަބްދުއްލަޠީފު

  ބިރުގަންނަވާލާފަ ގޮސް ހޮރައްވަދެ ފިލާ. ތަޅާގިއްގަޅުވާލާފަ ކާމިޔާބު އިޢުލާން ކުރާނެ ކަމެއްނެތް. މީގެ ކުރިންވެސް ކަލޭމެން ހަދަމުންދިޔައީ އެގޮތައް. ސަބަބަކީ ތިޔައީ ސިޔާސީ ހަނގުރާމައެއް. ﷲ ނަޞްރު ދެއްވާނީ ކެތްތެރި ކަމާއެކު ދީނައްޓަކާ ހަނގުރާމަ ކުރާ މުޖާހިދުންނައް. ވަރައްސަލާމް.

  28
  6
 10. މަ

  ބިރުން އުޅޭތާ ފަންސާސް އަަހަރު ވީ ދޯ

 11. 🤣

  ތުތުތޫ ތުތު ތާރާ..