އިރުމަަތީ ގުދުސްގެ ޝައިހު ޖައްރާހް އަވަށުގައި ދިރިއުޅޭ ފަލަސްތީނުގެ އަށް އާއިލާއެއް އެ މީހުންގެ ގެދޮރުން ނެރެ، އެ ތަންތަނަށް ޔަހޫދީން ވަޒަންވެރިކުރުވަށް އިސްރާއީލް ފުލުހުން ފެށި މަސައްކަތް ކުއްވެރިކުރައްވާ ކަމަށާއި ދިވެހިރާއްޖެ އިން އަބަދުވެސް އޮންނާނީ ފަލަސްތީނާއި އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ

ފަލަސްތީންގެ އާއިލާތަކެއް އެމީހުންގެ ގެދޮރުން ނެރުމާއި ދެކޮޅަށް ފެށި މުޒާހަރާ ހުއްޓުވަން އިސްރާއީލުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށް އެތައް ސަތޭކަ ބަޔަކަށް އަނިޔާކޮށްފައެވެ. އަދި އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް މިދިޔަ ހޯމަ ދުވަހު އިސްރާއީލް ސިފައިން ވަނީ ހަމަލާތައް ދީފައެވެ.

ރައީސް ޞާލިހް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝައިހު ޖައްރާހުން ފަލަސްތީންގެ ރައްޔިތުން ނެރުމާއި އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީންގެ ރައްޔިތުންނަށް ހަމަލާ ދީ، އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށެވެ.

އިސްރާއީލްގެ އަމަލުތައް ރާއްޖެ އިން ކުއްވެރިކުރައްވާ ކަމަށާއި ރާއްޖެ އިން އޮންނާނީ ފަލަސްތީނާއި އެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އިއްޔެ އިން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް އިޝާރާތް ކުރައްވާ ރައީސް ޞާލިހް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިސްރާއީލުން އިއްޔެ އިން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 28 މީހަކު ޝަހީދުވެފައެވެ. އޭގެތެރޭގައި ވަރަށް ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ. ބައެއް ހަމަލާތަކުގައި ފަލަސްތީންގެ އާއިލާތަކުގެ އެތައް މެންބަރުންނެއް ޝަހީދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އިބޫ

    މުޖާހިދުން އިސްރާއީލަށް ފޮނުވާލި ރޮޖެޓްގިނަކަމުން ބިރުން ބުނެވުނު އެއްޗަކަާްވާނީ. އިސްރާއީލް ބަލިވާނެތީ.

    12
    3
  2. ޑެއި

    ރާއްޖެ އޮންނާނީ އިންޑިޔާ ކަނޑުގަ ކީރިތިކުރައްވަކުރައްވާ.

    11
    2
  3. ކަޅުބެ

    ތިހެން ރަށްޔަތުން ކައިރީބުނެފަ އެމެރިކާ އިންޑިއާ އިނގިރޭސިން ކައިރީގަބުނާނީ ފަލަސްތީނަކީ ޓެރަރިސްޓުންނޭ އޭރުން އެމީހުނާއެއްބައިވެވުނީ މިޔަށް ދިވެހިންކިޔާ އުޅެނީ ކަމުންސޯލިހު ނަމުން ވަށްކަން.....

    9
    1
  4. ޢިއްތިހާދު

    ފަލަސްތީނާއެކު ދިވެންތިބީ ތިބޭނީވެސް އަބަދު ވަގުންތިބީ މަޖިލީސްއާ ސަރުކާރާއެކް މިހާލަތުގަ ހެދި ގާނޫނު ތަކާގަވައިދުތަކާ ވިއްކާލިތަންތަނާ ކުރިހުކުންތައް ސައްހަވާނެތަ އަދިދައުލަތުން ދެމުންދާ ބައެއްވިއަފާރީގެބަދަލްތައް އިންތިހާބުތައް އެގޭނީ އީސީ އަށަ އަވައްޓެރި ގައުމުތަކައް.

  5. ފަރު

    ޖެޒުއިސްޓުންނަކީ ކޮންގައުމެއްގެ ބައެއްތޯ؟

  6. Anonymous

    ސާބަހޭ ލޮބުވެތި ރައީސް

    6
    8
  7. ނުރަބޯ

    ރާއްޖެގޮތެއް ނޭނގެ އެކަ މު ފަލަސްތީނުވެގެން އުޅެނީ ގިނައިން ހަރުކަށި މީހުންގެ ރުހުން ހޯދަން އުޅޭ މީހުން

    1
    10
  8. ޑައެލޯގް

    މިސަރުކާރުން އޮންނާނީ ދުލުން ފަލަސްތީނާއެކުއެވެ. އަޑިއަޑިން އިސްރޭލާއެކުއެވެ. އެހެންވެނޫންތޯ އަންނިދައުރުގައި އެވެރިންގެ ޑޮކްޓަރުގެނެސް އިސްރޭލާއެކު ގުޅުންގަދަކުރީ

    8
    1
  9. ސަފަރު ކައްދަގެ ތިއްތިބެ

    ރާއްޖެ އޮންނާނީ ފަލަސްތީނާއެކު، އެކަމު އ.ދ ގައި ވޯޓްދޭނީ އިޒްރޭލަށް!

    17
  10. Anonymous

    🤣🤣🤣🤣

    3
    2
  11. ކިޔުންތެރިއެއް

    ލޮލް. ދިސްގައި އިޒްއަ ކުލައުން.

    6
    2
  12. އައިޝާ

    ތިހެން އަނގައިން ބުނެލާފައި ދިއުމަކުން އަދި ޤަބޫލެއް ނުކު ރެވޭނެ އަމަލުން ދައްކަބަލަ ކަލޭމެން ތިތިބީ ފަލަސްތީނާއެކުކަމަށް.އޭ ރުން އިނގޭނެ ކަލޭމެންގެ ގޮތް