އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް އަދި އޭގައި ބައިވެރިވި ކަމުގެ ތުހުމަތު އޮތް މީހުންގެ ލިސްޓުގައި ހިމެނޭ، ސަރުކާރާއި ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން އެ މަގާމުތަކުން ވަކި ކުރަން، އެ މައްސަލަ ބަލަން އުފެއްދި ރައްޔިތުންގެ މަޖިލީހުގެ ސަބް ކޮމެޓީން ފާސްކޮށްފިއެވެ
އެ މީހުން އެ މަގާމުތަކުން ވަކި ކުރުމަށް ހުށަހަޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އީވާ ހުށަހެޅުއްވީ މަގާމުތަކުގައި ތިބި ބަޔަކު ލިސްޓުގައިވާނަމަ އެ ބަޔަކު މަގާމުން ވަކިކުރުމަށް ލަފާ ދިނުމަށެވެ.
އެ ހުށަހެޅުން ފާސްކޮށްފައި ވަނީ މިރޭ ބޭއްވި އެ ޖޮއިންޓް ކޮމެޓީ ސަބް ކޮމެޓީގެ ބައްދަލުވުމެއްގައެވެ.
މިރޭ ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ވަނީ ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކޮށް، ހުށަހެޅުންތައް ފާސްކޮށްފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ. އެކަމަކު މައްސަލަ ބެލުން ވަރަށް ބޮޑަށް އަދިވެސް އޮތީ ލަސްކޮށެވެ.
ނައިފަރު ޗަކޮޔާ ބުނީ ހަމަ ރަނގަޅަށް
ވަގުން ކުރާނެ ދެލޯ ބަޔަކު އެބަ ބަލާފަދެޔޯ
މިހާ ނުބާވެޔޯ ފަތްބޮއެގެން މަސްތުވާނެ ކަލޯ
މަޙްލޫފް ވެސްތަ؟؟؟
އެންމެ ފުރަތަމަ އީވާ އިސްތިއުފާ ދޭންވީ ފިރިސޮރު މެދު ވެރިކޮށް މިލިޔަނުން ލާރި ބަނޑުއެޅިކަމުގެ ތުހުމަތު އެއޮތީ ދިމާއަށް ފެންނަން އެކަން މަތިޖަހަން ނިކަމެތި އާދައިގެ ސަރުކާރު މުވައްޒަފުންގެ ބޮލަށް ފޫޅުކަނޑަން މިހާރު ތިޔަ އުޅެނީ..
ނަމަވެސް މަޖިލިސް މެމްބަރުން ތިބެންޖެހޭނީ ގޮނދީގައި ބަގުޑިބައްދައިގެން
މާނަޔަކީ އިބޫގެ ރައީސް ކަންވެސް ގެއްލުވާލަނީތޯ؟ ލިސްޓްގެ ތިން ހިސާބެއްގަ ޅ.ހިންނަވަރު/ ނޫރާނީއާގެ އިބްރާހިމް މުޙައްމަދު ސާލިޙް އޮތޭކިޔާ އަޑު އިވޭ މަގުމަތިން ހިންގާލާފަ ދާއިރު ބަންގާޅިންވެސް ހީހީފަ ކިޔާއަޑޫ،
ވަރަށް ހެޔޮހިތުން ހަމަ، ރަނގަޅު ކަންކަން ކުރަންޏާ ހަމަ ހިތްވަރުދޭނަން. އެހެންވީމަ ތިކޮމިޓީ އެންމެހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސް. އަދި ތިޔަނިމުނީކީ ނޫން. ނިމުންކަމަށްވާނީ ތިޔަކަން ވީމަ. ކެތްކޮށްލާނަން ފެންނަންދެން. ޝުކުރިއްޔާ އީވާ އަދި ކޮމިޓީ.
ބަލަ އީވާޔަށް ލިބުނު ލާރި ފިރިމީހާ އަތަށް ދިނަސް އެއީ އީވާއަށް ދިން އެއްޗެއް އެ ލާރި އިގިހުރެ ބޭނުން ކޮއްފަ ތިހުރީ. ހުދު އީވާ ވެސް ނާހަ އެއީ ކޮންތާކުން ގެނައި ފައިސާ އެއްތޯ. ފުރަތަމަ އެހެންވީމަ އީވާ ވަކިކުރަންވީ
ސްޓީލިންގ ޕެރެޑައިސްގެ ދިގުފިލްމު ރިލީސްކޮށްފި ރީނދޫގުރޫޕު ބާރަށް އަތްޖަހާ ގައުމު ދަވާލީ މިގުރޫޕު އަދީބާ ގުޅިގެން...
ތިމަޖިލީހުން ކެރޭނެތަ އާޒިމް އާއި ހަސަން ލަތީފް ވަކިކުރަން، އައްޑޫ ޝަރީފް ވެސް ހިމެނޭ ގޮތަށް
ފުރަތަ މިސާލު ދައްކަވާ! ތިމާމެން ތިބެފައި އެހެން މީހުން ވަކިކުރާ ވާހަކަ ނުދައްކާ! ފުރަތަމަ އީވާ، ދެން އަންނި ދެން އެހެން މީހުން. އީވާގެ ފިރިމީހާ ތިކަމުގައި ބައިވެރިވުމުން އީވާގެ ދައުރެއް އޮތްކަމަށް ބެލެވޭ. މިންޖުވާން މުޒާހަރާއަށް ޚަރަދުކުރުމުން އަންނީގެ ދައުރެއް އޮތްކަމަށް ބެލެވޭ. އަދި އެމްޑީޕީގެ އިސްވެރިންގެ ދައުރެއް އޮތްކަމަށް ބެލެވޭ. ތުހުމަތު ކުރެވޭ އެއްބަޔަކު މަގާމުތައި ތިބެފައި އަނެއް ބަޔަކު ވަކިކުރުމަކީ އަނެއްކާވެސް ބޭއިންސާފުގެ މައްޗަށް ބޭއިންސާފު ގާއިމުކުރުން.
އެންމެ ބޮޑު ވަގު އަދީބު އަތުން 37 މިލިއަން ރުފިޔާ ނަގައިގެން އެންމެ ބޮޑު ގޮނޑިގައި އިނީމާ އެވީ ދެން ކޯންޗަކަށް؟
މީ ހައްތަހާވެސް ބޮޑުވަޒީރު ކަމަށް ތާޢީދު ނުލިބުނީމަ ފެށިގެން އުޅޭ ޑްރާމާ އެއް . ކިތައްމެ ވަރަކަށް ޑްރާމާ ޖެއްސިޔަސް ދެން މިޤައުމުން އެމްޑީޕީ އަކަށް ތާއީދެއް ނުލިބޭނެ އިންޝާﷲ،ތިހެން ޑްރާމާ ކުޅޭތާ ލައްކަ ޒަމާން ވެޖެއްނު ދޯ؟ ދެން ރަނގަޅު ވާނީ އަވަހަށް ތި ދާތާކަށް ގޮސް ފަ ނައިއްޔާ.
ހުސްފޭކު ދެއްކުމަށްކުރާކަމެއް ބުނެލާބަހެއް
މީހަކު ވަގަށްނަގައިގެން އަންނަ ފައިސާއެއް ކަންމަތީފިހާރައިން އެއްޗެއް ގަތީމަ ސޭޓު މީހާ ހައްޔަރުކޮށް އޭނާގެ ނަން ވަގުންގެ ލިސްޓަށްލުމަކީ އަބުރު ކަތިލުން...އަބުރުގެ ދައުވާކޮށް ބަދަލު ހޯދަވާ..