ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާތައް އޭރު ޓްއަރިޒަމް މިނިސްތަރަކަށް ހުންނެވި އަހުމަދު އަދީބު "ބަހާލި" ގޮތާއި، ފައިސާ ލިބުނު އެކިއެކި މީހުން ހިމެނޭ ލިސްޓެއް ލީކް ކޮށްލައިފިއެވެ. މިލިސްޓްގައި އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ.

ލިސްޓްގެ ސައްހަކަން އެއްވެސް ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ. ލިސްޓަށް ބަލާއިރު މިހާރު މަޖިލީހުގައި ތިއްބެވި 16 މެންބަރެއްގެ ނަން ވެސް ލިސްޓްގައި އެބައޮތެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވެސް ހިމެނެއެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އަށް ވެސް މިލިސްޓްގައި ހިމެނެއެވެ.

މީގެ އިތުރުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނާއި، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފާއި، ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި މިހާރު ރަައީސް އޮފީހުގެ މިނިސްޓަރ ޒަހާ ވަހީދާއި ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ކަން ކުރެއްވި މުހައްމަދު މަލީހަށް ވެސް އެމްއެމްޕީއާރްސީ ފައިސާ ދީފައިވާ ކަމަށް ލިސްޓްގައި ވެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު 281 މީހެއްގެ ނަން އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އެލިސްޓް މަޖިލީހުން އާއްމު ކުރުމަށް އެމްޑީޕީގެ މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ލިސްޓް އާއްމު ކުރަން އެމްޑީޕީގެ މެންބަރުން ދެކޮޅު ހެދުމުން ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ސްޓީލިންގޕެރެޑައިސްގެ ދިގުފިލްމު ރިލީސްކޮއްފި ، އަދީބާ ގުޅިގެން ގައުމުދަވާލީ ރީނދޫ ގުރޫޕު ހުސްވަގުން ބާރަށް އަތްޖަހާ....

 2. ޚަލީލް

  ވަގުން ތިބެގެން އެހެންމީހުންނަށް ވަގަށް މި ގޮވަނީ! ރީއްޗެއްނު؟

 3. އާދަމުގެދަރި

  ފްލެޓްތަކަށް ކުލީގެ ގޮތުގައި ރައްޔިތުން ފައިސާ ދެއްކުމުގެ ބޭނުމެއް ނެތް. ދައްކާނެވެސް ކަމެއް ނެތް. މިއަދުން ފެށިގެން ފްލެޓްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ހުއްޓާލަންވީ. މި ފައިސާ މި ސިޔާސީ މީހުން އަތުން އަތުލާފައި ފްލެޓްތަކުގެ އަގު ދައްކާލީމާ ނިމުނީ. އެކަކު އަނެކަކަށް ވަގަށް ގޮވާފައި ކުރިންވެސް މިހާރުވެސް މި މީހުން މިދަނީ ރައްޔިތުންގެ ފައިސާއަށް ހިތުހުރި ގޮތެއް ހަދައި އަމިއްލަ އެކައުންޓްތަކަށް ޖަމާކުރަމުން. ނޭވާ ހޮޅިން ވައްކަންކުރަމުން. ބޭހުން ވައްކަންކުރަމުން. ނުވިތާކަށް ކޮވިޑް ފެސިލިޓީއޭ ކިޔައިގެންވެސް ކުރަނީ ވައްކަން. ރައްޔިތުން ކައިރީގައި މިބުނަނީ އެމީހަކު އެމީހެއްގެ ރަށުގައި ހުރީމާ ތަރައްގީވާނެއޭ. އިހުއެވޭލާ ޒަމާނުއްސުރެ ރައްޔިތުން މިތިބީ ރަށުގައި. އެ ރަށެއް ތަރައްޤީއެއް ނުވޭ. މިކަހަލަ ހުވަފެނީ ވާހަކަ ދައްކައިގެން ރައްޔިތުން ތަނަކަށް ގިނަވިޔަނުދީ ބާރުވެރިވިޔަ ނުދީ މަކަރާއި ހީލަތުން ދައުލަތުގެ ފައިސާތައް ނަގައި މިހުުސްކުރަނީ.

  17
 4. ގަލަން ތުނޑު

  ބޭނުންވާ ނަންތައް ލިބިއްޖެ..ދެންއޮކޭ ވަގުތުން ޖަލައްލާ

 5. އެލެކްސް

  ބޭންކުތަކަށް ދައްކަންޖެހޭ ލޯނުތައްވެސް ކަޑަން ވީ މިބާގަޑު އަތުން . އެކިމީހުން ވައްކަން ކުރަނި އެކިގޮތަށް . ސޭޓްމެން ރިސޯޓްތަކުގައި މަސްފެކްޓްރީ އަޅާގެނެް އެއުޅެނީ ކޮންހުއްދައެއްގެ ަށުން؟؟