ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަހްމަދު އަދީބު ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް ހައްޔަރު ކުރުމުން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް އެމްއެމްޕީއާރްސީގެ ފައިސާ އިން ތިން މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް "ދިޔަރެސް" ގައި ރިޕޯޓް ކުރުމުން ޝަމީމްގެ ދިފާއުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވާހަކަދައްކައިފިއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ޝަމީމަށް ދީފައިވާ ކަމަށް "ދިޔަރެސް" ގައި ރިޕޯޓް ކޮށްފައި ވަނީ މިހާރު ލީކް ވެގެން އުޅޭ ލިސްޓަށް ހަވާލާދީއެވެ. ޝަމީމާއި ތިން މިލިއަން ރުފިޔާ ހަވާލުކުރީ އެމްއެމްޕީއާރްސީގެ ފައިސާތައް ބެހުމުގައި އަދީބުގެ "ބޯއީއެއްގެ" ގޮތުގައި މަސައްކަތް ކުރި މުހައްމަދު އައްލާމް ލަތީފް ކަމަށް ލީކްވެފައިވާ ލިޔުންތަކުގައި ބުނެއެވެ.

އެކަން "ދިޔަރެސް" ގައި ރިޕޯޓް ކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވާ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ޕްރޮސެކިއުޓަރ އޮފީހުގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސިކިއުޓަރ ޖެނެރަަލްއަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާޤީންކަން އަރުވާކަމަށް ވެސް އަޙްމަދު ޝަފީޢު ވިދާޅުވިއެވެ.

ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާއި ހަވާލުވުމުގެ ކުރިން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމެއްގައި އަދި ތަހްގީގު ވެސް ކުރިއަށް ދަނިކޮށް އެމްއެމްޕީއާރްސީގެ ފައިސާ ޝަމީމަށް ނުލިބޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން "މައްސަލަ ނިންމައި، މާއަވަހަށް ގޮތެއް ކަނޑައެޅުން" އެއީ ޒިންމާދާރު ނިންމުމެއް ނޫނެވެ. މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ޖަވާބުދެވޭނެ މައްސަލައެއް ނޫން ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެއެވެ.

އެމްއެމްޕީއާރްސީގެ ފައިސާ ޝަމީމަށް ލިބުނުކަމަށް ބުނާ ރިޕޯޓް ޝަމީމް ވެސް ވަނީ ދޮގުކޮށްފައެވެ. އޭނާ އެކަން ދޮގުކުރީ ރޭ މެންދަމު ކުރެއްވި ޓްވީޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނާބެ

    ދެންތިއޮތީ ހުރިހާކަމެއް ހަމަވެފަ ހުދުކާފޫރަށް ވީި ތިކަން ސާބިތު ކޮށްދޭނެ ހަމަޔަގީނުންވެސް

  2. ކޮވިޑް

    ލޮލް ވަޓްއަ ނައިސް ޖޯކް.އެމް.ޑީ އެން ގެ ރައިސްކަމުގަ ހުރިވާހަކަ އެކްސް ވައިފް ބުނީމަ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ނުކުމެ ވަޑައި ނުގަތީ އެއީ ހަޤީގަތަކަށް ވީމަދެއްތޯ؟ތިދެން ހާދަ ހުތުރު ކަމެކޭ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ވިޔަސް ކުރަން، ތިއަށް ވުރެ ސަޅިވީސް ދޯ ހިޔާނާތާ ދެކޮޅަށް ނުކުމެ ސާބިތުކަން ދެއްކެވިޔާ،

  3. ހޯހޯ

    ތީގަވެސް އެބައުލޭ ގޯހެއް

  4. ކަނބާ

    "ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދެއްވާ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު ޕްރޮސެކިއުޓަރ އޮފީހުގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްއެމްޕީއާރސީ ޚިޔާނާތާ ގުޅުންހުރި ފައިސާ ޕްރޮސިކިއުޓަރ ޖެނެރަަލްއަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫސް "ދިޔަރެސް" ގައި ލިޔެފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާޤީންކަން އަރުވާކަމަށް ވެސް އަޙްމަދު ޝަފީޢު ވިދާޅުވިއެވެ."
    ޕީޖީ އޮފީހާ ފައިސާ ޙަވާލުކުރިކަމަށް އެބުނާ ލިސްޓެއްގައި ނެތެވެ. އަދި ޝާފިޢުއަށް އެކަން އެނގޭނެކަމަކަށްވެސް ލިސްޓުގައި ނެތެވެ. ލިސްޓުގައި އޮތީ ޕީޖީ ޝަމީމަށް ފައިސާ ދިން ވާހަކައެވެ.އެހެންވީމާ ޕީޖީ އޮފީހުން މިކަމުގެތެރެއަށް ވަދެ ވާހަކަދެއްކުމަކީ ލިސްޓުގައި އެވަނޫީ ތެދެއްކަމަށް ޤަބޫލުކުރެވެއެވެ.

    5
    1
  5. މާމީ

    މަޖިލިސް މެމްބަރުންނައް އެބޭފުޅުންގެ މުސާރަ ކަނޑައެޅުމުގެ ބާރު އޮންނަގޮތައް ތިބޭފުޅާއަކީ ތިކަންތައް ބަލަން ހުރިބޭފުޅާވީމަ ތިޔަނިއްމެވީ ފައިސާއެއް ލޮލައްވެސް ނުދެކޭކަމައް.. ވަރައްމަޖާ..

  6. ނޫރު

    ޝަމީމް އެއިރު ހުރީ ޕީޖީގެ މަގާމެއްގައިނޫން. އަދި ރައްޔިތުންގެ ޓެކްސްފައިސާއިން މުސާރަދީފަ ތިބޭ މުވައްޒަފުން ކުރަންޖެހޭނީ ފަރުދަކާމެެދު ކުރެވޭ ތުހުމަތަކުން އެމީހާ އޮފްކުރުމުގެ މަސައްކަތެއްނޫން. ތިއީ ޤާނޫނީ ކުށަކަށްވެދާނެ. . ޕީޖީ އޮފީހަކީ މުވައްޒަފުން ކުޅިކުޅެން ޤާއިމްކޮށްފައިވާ ތަނެއްނޫން. ޕީޖީ ޝަމީމުގެ ނަޒާހަތްތެެރިކަން ސާބިތު ކުރުމީ ފަރުދީކަމެެއް.

  7. ޢިއްތިހާދު

    އޭނަހިފާ ހައްޔަރުކުރޭ މަގާމުގެނުފޫޒު ފޯރުވުން ހުއްޓުވާ މީހުންމަގުމައްޗައް ނުނެރެނީސް ހުރިހާ ދައުލަތުގެ މަގަމުތަކުގަތިބި އިއްޒައްތެރި ވަގުން ވަގުތުން ވަގުތައް ހިފާހައްޔަރުކުރޭ އޭނަ އަދީބުގެ ދިފާއުގަ ނިކުތީހިލޭސާބަހައްތަ އަދީބުއަތުގަ ހުރީ ނަހަލާލު ހަރާންލާރިކަން އެގިހުރެ ކަމައްއަދީބު ބުނެފައޮތީ މީބުރުވެރި ހާލަތެއް މާފިޔާގުރޫޕެއް ގެސިފަހުރީ މުޅިއެތިބެލީމަ ތިލިސްޓުވެސް ދިރުވާލާނެ ވަގުން އިއްޒައްތެރި ވަގުން ރައްޔިތުންގެ މަގާމުތަކުން ބޭރުކުރޭ ވެންޓިލޭޓަރު ތައްވެސް ދިރުވާލީ ހަރުފައެއް ކަނޑުގެރިއެއް ދިރުވާލިހެން ރައްޔިތުންގެ ނޭވަލާނިޒާމުން ވައްކަން ކުރިބަޔަކު ޖެހިލުމެއްނުވާނެ ވިލިމާލެގަ ހުރިދިގު އެންޓަނާތައްވެސް ދިރުވާލަން

  8. ދަރަނި ދަންތުރަ

    މަގާމަށް އެއްވެސް ސައުގުވެރިކަމެއްނެތް ، އެކަމަކު މަގާމުގައި ބަނގުޑި ބައްދައިގެން ހަމަ ސާބަސް...

    • ޢައްބެެ

      ކިހިނެއްތޯ އެނގެނީ ޕީޖީއަށް އަދީބު އަތުގައި ހުރީ ހަރާން ލާރިކަމެއް އެނގޭކަމެއް؟ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރީމަ ދޭންވާ އުޖޫރަ ދޭންވާނެ. ޤާނޫނީ ޚިދުމަތަކީ އުޖޫރައަށް ކުރާކަމެއް. ޢެއިރު އެއްވެސް މީހަކަށް އެނގޭބާ އަދީބު ހޯދީ އެމްއެމްޕީއާރުސީގެ ފައިސާކަން؟ އެމްއެމްޕީއާރުސީގެ ފައިސާ އަދީބަށް އަދީބު އައްލާމަށް އައްލާމު ޝަމީމަށް ޝަމީމު އެހެންމީހަކަށް އެ ހާލަތުގައި މިއިން ކޮންމެ މީހަކީ ވަގެއްތޯ؟ ނޫނީ އެކަން ކުރި މުލު މީހާއަކީތޯ ވަގު؟ ކުރި މަސައްކަތެއްގެ މުޤާބިލުގައި އުޖޫރައެއްގެ ގޮތުން ފައިސާ ބަލައިގަތުމަކީ ކުށެއްތޯ؟ ތިބޭފުޅާ މޮޅު ތަހުޤީޤީ އިދާރާއަކަށްވުރެވެސް. ތިޔަ ލިސްޓުގައި ޕީޖީގެ ނަން ކުރިން އޮތްތޯވެސް ސުވާލު އުފެދޭ! ލިސްޓު ޢާއްމުކުރީ އިއްޔެ! ޢިއްޔެ އާއްމު ކުރި ލިސްޓެއްގައި ކުރިން ނަން އޮތްކަން އެނގުނީ ކިހިނެއްތޯ؟

  9. ޒަބީބު

    ޝަމީމު ކާކަށްތޯ އޮޅުވާލަން ތިޔައުޅުއްވަނީ؟ ބަލަ ހިންޏަށް ހަކުރު އޮޅުވާލާނަމޭ ހިތާ ހަކުރު ފުޅީގެ ބޭރުގަ "ލޮނު" ޖެހިއަސް ހަކުރު ވާނީ ހަމަ ހަކުރަށް ނޫންތޯއެވެ؟ އަދި ހިންޏަށް ހަކުރު އެއޮޅުވައެއްވެސް ނުލެވޭނެ ނޫންތޯއެވެ؟. ބުނަން މިއުޅެނީ އެމްއެމްޕީއާރސީގެ މުޑުދާރު ބިޔަ ބޮޑު ވައްކަމުގެ ނަޖިސް ފައިސާ ޤާނޫނީ ވަކީލެއްގެ ތާކިހާ އަޅައިގެން ހުރެ އެމަތި އަޅުވައިގެން ނެގުމެކޭ ވަގެއްގެ ތަކިހާ އަޅައިގެން ހުރެ ތިޖޫރީ ފަޅާލައިގެން އަތްބާނައި ނެގުމެކޭ ހަމަ ވާނީ އެކައްޗަކަށޭ. އަދި މިކަން ރައްޔިތުންނަށް އޮޅުވައެއްވެސް ނުލެވޭނޭ.

    އެމްއެމްޕީއާރސީގެ ބިޔަ ބޮޑު ވައްކަމުގައި ފޮށިފެޅި މީހާގެ ވަކީލުކަން ކުރި މީހާ އަކަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ދެމިއެއް ނުހުރެވޭނެ ނޫންތޯއެވެ. މަނިކުފާނުގެ ކުރިމަތީގައި އޮތީ އިންތިހާއަށް ކޮންފްލިކްޓް އޮފް އިންޓްރެސްޓް ބޮޑު މުޑުދާރު ވައްކަމުގެ ނަޖިސް މައްސަލައެއް ނޫންތޯއެވެ. މަނިކުފާނަކީ ދައުލަތުގެ ޖިނާޢީ އަދުލުގެ ނިޒާމަށް މިވަގުތު ހެރިފައި ހުރި މުސީބާތެއް ފަދަ ކައްޓެއް ނޫންތޯއެވެ. މަނިކުފާނަކީ ދައުލަތަށް އުފުލަން ޖެހިފަ އޮތް އެކްސަސް ބެގެޖެއް ނޫންތޯއެވެ؟ މަނިކުފާނު ތިޔަ މަޤާމުގައި ހުރެ އިންސާފު ހޯދައެއް ނުދެވޭނީ ކިހިނެތްތޯއެވެ؟ ވީމާ މަނިކުފާނު ތިޔަ މަޤާމުގައި ދެމިހުންނެވުމުގެ މޯރަލް އޮތޯރިޓީ ވަނީ ގެއްލިފައި ނޫންތޯއެވެ؟ ވީމާ މަނިކުފާނު ޖެހެނީ މިހާރުން މިހާރަށް އިސްތިއުފާ ދެއްވަން ނޫންތޯއެވެ؟ އިސްތިއުފާ ނުދެއްވައިފިނަމަ މަނިކުފާނަށް ކިޔަވައިދެއްވި ޕްރޮފެސަރުންނާއި، ޓިއުޓަރުންނާއި ޔުނިވާސިޓީ ތަކަށްވެސް މަނިކުފާނަކީ ކޮންފަދަ ބޮޑު ލަދެވެތި ކަމެއްތޯއެވެ.

    މަނިކުފާނު ކަމެއް ކުރައްވަންޏާ ކުރަންޖެހޭ ކަމަކީ މަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާގެ އަމިއްލަ ޑިފެންސް ގޭގައި އިންނަވައިގެން ތައްޔާރު ކުރުން ނޫންތޯއެވެ؟

  10. Anonymous

    ސައްޙަ ލިސްޓެއްނަމަ ލިސްޓްގެ އެއްމެ ކުރީގައިވާނީ ރައީސް އިބްރާހީމް.މ.ސާލިހުކަމަށް ވާންޖެހޭ،
    އެމަނިކުފާނަށް ޑޮލަރު މިލިއަންސްތައްދިން އަދަދާއިއެކު އަދީބުގެ ދުލުން ރައްޔިތުންނަށް ހާމަކޮށްދީފައިވާއިރު އިންސާފަށް ކުރާ ތަހުގީގެއްނަމަ ނަންތައް ފާޅުކުރަންޖެހެނީ އަދި ތަހުގީގު ކުރިއަށް ގެންދަންޖެހެނީ ރައީސަކަށްވީތީ ލިސްޓްގައި ނަންނުހިމަނައި ނަންހާމަނުކޮށް އެއަށްވުރެ ދަށްލެވެލް ވިއްޔާ ލިސްޓުގައި ނަން ބަހައްޓާފަ ނަން ހާމަކުރާ އުސޫލެއް ގެންގުޅުމަކީ އަނެއްކާވެސް ގައުމަށް ރައްޔިތުންނަށް ޢައްދާރުވުން ނޫންކަމަކަށް ނުވާނެ، ގިނައަދަދެއްގެ މީހުން ބައިވެރިވެރިވެފައިވާ ޚިޔާނާތެއްގައި އެއްމެ މީހަކަށް ޙުކުމްކުރެވި އަދަބުލިބެމުން އެދަނީ، ޚިޔާނާތުގެ މައިމުލު އަދީބު ގަނޑުވަރެއްގައި އަރާމު ދާންކޮޅެއްގައި ވަޑުވާފަ ބައްޓާފައި އެވަނީ މުއްދަތެއް ނެތްގޮތަށް، ބުނެވޭނީ ސަދޫމުގެ ޝައީއަތޭ ދެއްތޮ!!!

    21
  11. އާދަމުގެދަރި

    ދެން ދައުލަތުގެ ހުރިހާ މުވައްސަސާއަކުން ނުކުންނަންވީ އެއީ ވައްކަމެއް ނޫނޭ އެއީ ދެކެވުނު ސިޔާސީ ވާހަކައެކޭ ގޮވަން. މަޖިލީހުގެ ނައިބު ރައީސްގެ ފިރިކަލުން ބައިވެރިވާއިރު އެކަމަނާއަށް މިކަން ނޭނގޭނެތަ! އަންނި މިނިވަންކުރަން މިންޖުވާން މުޒާހަރާއަށް ފައިސާ ހޯދިއިރު އެމްޑީޕީގެ އިސްވެރިންނަށް ނޭނގޭނެތަ! އަންނިއަށް މިކަން ނޭނގޭނެތަ! ތިޔަ ފައިސާ ހޯދަން ތަހުގީގު ހިންގާގޮތަށް މިވެސް މިހާރު ބޮޑު ތަހުގީގެއް ހިންގަންޖެހޭނެ މައްސަލައެއް. ބޮޑު ސިޔާސީ ޕާޓީއަކުން މިވަރުގެ ކަމެއް ކުރީމާ އެޕާޓީގެ މައްޗަށް ފިޔަވަޅުއަޅަން އިލެކްޝަންސް ކޮމިޝަން ކޮބައިތަ!

    25
  12. ހުސޭނުބޭ

    ޕީޕޖީ އޮފީސް ތިކަމަށް ތި ނެރެނީ ތި ފައިސާ ދިނީ އޮފީހު އެންމެން ޕާޓީ ބާއްވާފައިތަ؟ މީނަ ހީކުރަނީ މީނަ ނޫން މީހަކަށް އުންސަރު ނޭގޭނެކަމަށް! ކަލޯ ޕީޖީ! ވައްކަންކުރަން މުޅި އޮފީސް ބައިވެރިކުރޭތަ؟

  13. ހަސަން

    އެހެން ވެއްޖެއްޔާ ރައީސް ޔާމީނަށް ވެސް އަދި އެހެން މީހަކަށް ވެސް މިފައިސާ ނުލިބޭނެ. ޝަމީމް އަކީ އަދީބުގެ ވަކީލަކަށް ހުރި މީހެއްކަމަށް ބެލެވޭ ނަމަ ފައިސާ ނުލިބޭނެއޭ ބުނުމަކީ ވަރަށް ނާތަހުޒީބު ވާހަކައެއް. ވަކީލަކު މީހެއްގެ ފަރާތުން ހިލޭ ވަކީލު ކުރާ ވަރުގެ ގުޅުމެއް އޮތް ނަމަ ވެސް އޭގެ މަންފާ ހުންނީ އެތައް ރޮނގަކުން ކޮށްފގައި. އަސްލު މިކަހަލަ މީހުން ތެދެއް ްނަހަދާނެ. ޟިނާއަކީ ވެސް އެއްކަލާ ރިޕޯޓާ ގުޅުން ވެސް އޮތް މީހެއް.

  14. ޕޭޖް

    މީ "އޮފީހުގެެ" ޒިންމާ އެއްބާ؟ އަޑުއެހިތާ މިހިރީ.

  15. އިބްރާހީމް

    އެބުނަނީ ވަށް ރަނގަޅު ވާހަކައެއް ޝަމީމަށް އެފަައިސާ ލިބުނު އިރު އޭނަ ހުންނާނީ އެމަޤާމަކު ނޫން އެހެން ވީމަ ޕްރޮސެކިއުޓަރ ޖެނަރަލް ޝަމީމްއަށް އެފައިސާ ނުލިބޭ ކަމަށް ބުނެވިދާނެ އެކަމު، މިހާރު ޕްރޮސެކިއުޜަތ ޖެނަރަލްގެ މަޤާމް އަދާކުރައްވަމުންގެންދަވާ ޝަމީމަށް އެފައިސާ ނުލިބޭކަމަށް ބުނާކަށް ނުކެރޭނެ. އެހެން ނުވެސް ބުނޭ އެހެންވީމަ، ލިބިފަ ވާކަން ޔަޤީން

  16. މަށޭ ކިޔާ ތޯ؟؟؟

    ބަލަ ޝަފީޢު އެހެންބުނާނެދޯ އޭގެން ބައެއް ސަމީމް ޝަފީޢުއަށް ނުދޭކަމެއް ކިހިނެއްއެނގެނީ މިސްކިތު ހުޅުޖެހިމީހާހާވެސް ބުނިދޯ މަށޭކިޔާހޭ ހައްހާ ތިޝަފީޢު މާއަވަސް އަ ރުވާލާފަ އޭނަޔާ ނުވެސްބެހޭކަމެއްގެ ތެ ރެއަސް އެއެރިގަތީ ކެވިފައޮތްއެއްޗެއްގެ ބޮކަުމުންކަމައްވެސްވެދާނެ އަސްލު ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެނގީމަދޯ ޝަފީޢު ތިހާއަވަސް އަރުވާލާފަތިއުޅުއްވަނީ އަނެއްކާ މަނިކުފާނުވެސް ބޮޑުޚިޔާނާތުގެ ފަޚު ރުވެރިބައިވެރިޔެއް ތޯ؟؟؟؟؟

  17. ނާޅި

    ބަލަ ޝަމީމް ކިޔާ މީހަކު ދިފާޢުކުރަން ޕީޖީ އޮފީސް ނިކުންނަންޖެހޭތޯ ؟ އެހެން ކަމަށްވާނަމަ ހުރިހާ ދިވެހިން ދިފާޢުކުރަން ޕީޖީ އޮފީސް ނިނުކުއްނަނީ ކީއްވެތޯ ؟ ޕީޖީ އޮފީސް ނިކުންނަނީ ހަމައެކަނި މީހުން ކުއްވެރި ކުރަންތޯ ؟

  18. ޑައެލޯގް

    ރީދޫ އެއވެސް ކުއްޖެއް ސަލާމަތްނުވާނެއެވެ. އަދި ފާޅޫގައި ތިމަންނާއޭ އެފަނިއެޅުވީބުނި ނަޝީދުގެނަމާއި އެއިރު ރީދޫކުދިންގެ ޕީޖީލީޑަރު މިހާރުގެރައީސް އިބޫ ނެތުމަކީވެސް ލިސްޓް ސައްހަނޫންކަމުގެ ހެއްކެކެވެ.

  19. ރައްޔިތުމީހާ

    ހޭކިލިއްޔާ ހަމަ ދާނީ ހަމެއް! ކިތަންމެ މައުސޫމްކަން ދައްކަން އުޅުނަސް ރައްޔިތުންނަށް ހުރިހާ ކަމެއް އެނގި ހާމަވެއްޖެ! ﷲ ގެ ކުޅަދުންވަންތަކަން ނިކަން ދެކެބަލާށެެވެ! މިވެރިން ވެރިކަން ހޯދުމަށްވެސް ރައްޔިތުންގެ ލޮލުގައި އެޅުވީ މި ހިޔާނާތުގެ އަނދުނެވެ! ކަންވެނިމުނު އިރު ބޮޑުބައި ދިރުވާލީ މިވެރިންނެވެ. ﷲ އީ ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތަ ރަސްކަލާންގެ އެވެ. ޔާﷲ އަދިވެސް މިކަމުގައި ބައިވެރިވީ އެންމެހާ ފަރާތްތައް ފަޟީޙަތްކުރައްވާ ދިވެހި ރައްޔިތުންނާ މި ޤައުމަށް ނަޞްރު ދެއްވާންދޭވެ! آمیـــــــــــــن یارب العالمین