އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ކަމަށް ބުނެ ރޭގެ ވަގުތެއްގައި ލީކްކޮށްލާފައިވާ ލިސްޓުގައި ވެރިކަން ކުރާ ކޯލިޝަންގެ އެއް ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތިން ބޭފުޅުންގެ ނަން ހިމެނެއެވެ.

ލީކް ކޮށްލައިގެން އުޅޭ ލިސްޓު "ވަގުތު" އަށް ވަނީ ލިބިފައެވެ. މި ލިސްޓުގެ ސައްހަކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްނުދެއެވެ. އަދި މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުން ވެސް ވަނީ ލީކް ވެގެން އުޅެނީ މަޖިލީހަށް ލިބުނު ލިސްޓު ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމަކު މިއީ ސައްޚަ ލިސްޓެއް ކަމުގައި ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

މި ލިސްޓުގައި ހިމެނޭ ނަންތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫންއާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫންގެ ނަން ހިމެނެއެވެ.

ލިސްޓުގައި ބުނާ ގޮތުން ދުންޔާއަށް 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އޭނާގެ ގެ ކައިރިއަށް ގޮސް ދެ ލައްކަ ޑޮލަރު ދީފައިވެއެވެ.

ޣައްސާނަށް އެއް ފަހަރު ފަސް ލައްކަ ޑޮލަރު އަދި އެހެން ފަހަރަކު ދެ މިލިއަން ފަސް ލައްކަ ޑޮލަރު ލިބިފައިވާ ކަމަށް އެ ލިސްޓުގައި ލިޔެފައިވެއެވެ. މި ފައިސާ ޣައްސާނަށް ދީފައި އޮތް ކަމަށް ލިޔެފައިވަނީ އޭނާގެ ރަހުމަތްތެރިއެއް މެދުވެރިކޮށެވެ. އަދި އެ މީހެއްގެ އަތުން ފައިސާ ލިބުނު ކަމަށް ޣައްސާން ބުނި ކަމުގައި ޓެކްސްޓް މެސެޖްތަކުން ބަޔާން ކޮށްދީފައިވާ ކަމަށް އޮތެވެ.

ފާރިސް މައުމޫންގެ ކެމްޕޭނަށް ހަތަރު މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ލިސްޓުގައި އޮތެވެ. ފުރަތަމަ ފަހަރު ދެ މިލިއަން ރުފިޔާ ދިނީ އޭނާގެ އަތަށް ކަމަށް އޭގައި އޮތެވެ. ދެވަނަ ފަހަރު ދެ މިލިއަން ރުފިޔާ ދިނީ ޣައްސާން މައުމޫން މެދުވެރިކޮށް ކަމަށް ލިސްޓުގައި ލިޔެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ގޮތަށް ލިސްޓު ދިރާސާ ކުރާ ކޮމިޓީގެ ސަބް ކޮމިޓީއިން ރޭ ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީގެ ރިޕޯޓް ވަނީ ނިންމައިފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވެފައިވާ ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތެވެ. އެ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ރެފްރީ

    މިތިންބެއިންނަށް އެފައިސާނުލިބޭކަން ޔަގީންކޮށްދޭން އަހަރެ މެންވެސް ނިކުންނާނަން!
    ކޮބާ ތިޔަލިސްޓުގަ ޔު މްނާނުހި މަނަންތަ؟

    13
    4
  2. Anonymous

    ސައްޙަ ލިސްޓެއްނަމަ ލިސްޓްގެ އެއްމެ ކުރީގައިވާނީ ރައީސް އިބްރާހީމް.މ.ސާލިހުކަމަށް ވާންޖެހޭ،
    އެމަނިކުފާނަށް ޑޮލަރު މިލިއަންސްތައްދިން އަދަދާއިއެކު އަދީބުގެ ދުލުން ރައްޔިތުންނަށް ހާމަކޮށްދީފައިވާއިރު އިންސާފަށް ކުރާ ތަހުގީގެއްނަމަ ނަންތައް ފާޅުކުރަންޖެހެނީ އަދި ތަހުގީގު ކުރިއަށް ގެންދަންޖެހެނީ ރައީސަކަށްވީތީ ލިސްޓްގައި ނަންނުހިމަނައި ނަންހާމަނުކޮށް އެއަށްވުރެ ދަށްލެވެލް ވިއްޔާ ލިސްޓުގައި ނަން ބަހައްޓާފަ ނަން ހާމަކުރާ އުސޫލެއް ގެންގުޅުމަކީ އަނެއްކާވެސް ގައުމަށް ރައްޔިތުންނަށް ޢައްދާރުވުން ނޫންކަމަކަށް ނުވާނެ، ގިނައަދަދެއްގެ މީހުން ބައިވެރިވެރިވެފައިވާ ޚިޔާނާތެއްގައި އެއްމެ މީހަކަށް ޙުކުމްކުރެވި އަދަބުލިބެމުން އެދަނީ، ޚިޔާނާތުގެ މައިމުލު އަދީބު ގަނޑުވަރެއްގައި އަރާމު ދާންކޮޅެއްގައި ވަޑުވާފަ ބައްޓާފައި އެވަނީ މުއްދަތެއް ނެތްގޮތަށް، ބުނެވޭނީ ސަދޫމުގެ ޝައީއަތޭ ދެއްތޮ!!!

    33
    4
    • ސްނޭޕް

      އެ ލިސްޓްގަ ވަރަށް އެނޮނިމަސް ގިނަ

  3. Anonymous

    ޚިޔާނާތުގެ މޭސްތިރި އަދީބު ބޭރުގެ ބައެއްގައުމުތަކުގެ، ޖަރުމަންވިލާތް އަދި ދުބާއީފަދަ ބައެއް ގައުމުތަކުގެ ބޭންކުތަކުގައި އޭނަގެ އަމިއްލަ އެކައުންޓްތަކަށް ލާފައިހުރި ޑޮލަރުތަކުގެ ވާހަކަޔޯ؟؟؟ ރ.ޔާމީންގެ ވެރިކަމުގަ ބޮޑެތި ޕްރޮޖެކްތަކަށް ސައުދީސަރުކާރުން ދިން ބިލިއަންސް ޑޮލަރތަކާއި ހަވާލުވެ އެއްމެ ލާރިއެއްވެސް އޭނާ މިގައުމަށް ނުވައްދާ، އަދި އޭނަ ބޭނުންހާގޮތަކަށް ޝަރީއަތްތައް ނިންމުވަން ސުޕްރިންކޯޓާއި އެހެނިހެން ކޯޓްތަކުގެ ފަނޑިޔާރުންނައް ދީފައިވާ ފައިސާފުނިތަކާއި ގަނެދީފައިވާ ޕްލެޓްތަކުގެ ވާހަކަޔޯ؟؟ އެކަމަކު އެއައްވުރެ ތެދުވެރި މިނިވަނެއް މިއަދު މިގައުގައި ނެތްކަމުގައިވިޔަސް.

  4. ބޭޗާރާ

    އެއްވެސް ރައްޔިތަކު ދައުލަތުން ދޭ ފްލެޓަކަށް ކުލި ދައްކާނެ ކަމެއް ނެތް. މިފައިސާ މި މީހުންގެ އަތުން ހޯދާފައި އެތަންތަނަށް އަގު ދައްކާ! ރައްޔިތުން ހަނާކޮށްފައި މި މީހުން އަޗާތަޅަން ބޭތިއްބުމުގެ ބޭނުމެއް އެބައޮތްތަ؟!

  5. ޢަސި

    މިހާރު ހީވަނީ މި ލިސްޓަކީ އަދީބު އާއި ހެދުނު ޑީލް އެއްގެ ދަށުން ވަކިބަޔެއްގެ ނަން ހިމަނައިގެން ހެދުނު ލިސްޓެއްހެން.

  6. Anonymous

    މިލިސްޓްގައި ރ.މައުމޫނުގެ ދަރިކަނބަލުން ޔުމްނާ އާއި އޭނަގެ ފިރިކަލުންގެ ނަން ހިމެނާފައިނުވުން އަރަތެއް؟؟؟

  7. އައިޝް

    ނަންހާމަނުކުރިޔަސް ތިފައިސާ އެމްޑިޕީ މީހުން ފިޔަވައި އިތުރުބައަކަށް ލިބިފައެއްނުވޭ އޮޅުވާއެއް ނުލެވޭނެ ހުދު ތިމާމެން އެބޮޑު ވައްކަންކޮށްފަ ކަމާނުބޭހޭ މީހުންގެ ބޮލުގައި އެޅުވުމުގެ ނަތީޖާ އާއި އެމްޑީޕީ މީހުން ވަރަސް ހިތިގޮތަކަސް ކުރިމަތިލާންޖެހޭނެ މާޝަﷲ

    2
    2
  8. ކޮބާ އަސްލުވަގު ކިބޫ

    އަސްލު ވަގުންގެ ލިސްޓު ހަމަނުކޮށް ސިއް ރުކޮށްފަ ވަގުލިސްޓެއް ހަދަލީދޯ ފަހުނަގާ. ރާޅުބޮޑުވާނެކަން ދަނެގެންތިބޭތި އެމްޑީޕީ މީހުން ކު ރިވައްކަން ފޮ ރުވޭނެހަމަ އެއްގޮތެއްވެސްނޯންނާނެ

  9. ކޮބާ އަސްލުވަގު ކިނބޫ

    އަސްލު ވަގުންގެ ލިސްޓު ހަމަނުކޮށް ސިއް ރުކޮށްފަ ވަގުލިސްޓެއް ހަދަލީދޯ ފަހުނަގާ. ރާޅުބޮޑުވާނެކަން ދަނެގެންތިބޭތި އެމްޑީޕީ މީހުން ކު ރިވައްކަން ފޮ ރުވޭނެހަމަ އެއްގޮތެއްވެސްނޯންނާނެ

  10. ބަދަލުވަމުންދާ ސަޤާފަތް

    ރައީސް މައުމޫނު އާއި އޭނާގެ ކުދިން ހިމެނިގެން މިދިޔައީ ރާއްޖޭގެ ތާރީޚުގައި ހިންގާ ފައިހުރި އެންމެ ބޮޑު ދެޚިޔާނާތުގެ ފައިދާ ސީދާގޮތުން ލިބި އެކަމުގެ މަންފާ މެދުކެނޑުމެއްނެތި ލިބޭ ބައެއްގެ ގޮތުގައި، އެއީ އެފް.ޕީ.އައިޑީ އިން އޮނަރަބަލް އިލްޔާސް އިބްރާހީމް އާއި މާކުން ސަޓޯ ވަގަށް ނެގި 270 މިލިއަން ޑޮލަރު ގެ ތެރެއިން އިލްޔާސް އިބްރާހީމް އަށް ލިބުނު ފައިސާ ޚަރަދުކޮށްގެން އަލްމަރުހޫމް ދިއްދޫ އިބުރާހިމް ކަލޭގެފާނުގެ އަތުން ނުއަގުގައި ގަތް ބިންތައް ވަނީ މި މީހުންނަށް ބަހާފައި، އެމް.އެމް.ޕީ.އާރ.ސީ ގެ ޚިޔާނާތުންވެސް މިވަނީ ބައެއް ލިބިފައި، 1 ފެބުރުއަރީ ބަޣާވާތުގެ ތެރޭގައި ސްޕްރީމްކޯޓް ގެ ޙުކުމް ގައި އަދީބުގެ ނަން ހިމެނުމަށް ނެގި ފައިސާ އާއި ކަންކަން ތަޙުޤީޤު ކުރީމާ ލިބުނު ވަރު ސާފުވުން ވަރަށް ގާތް.

  11. ގަރުނު

    30 އަހަރު ވަންްދެން ދިވެހިންގެ ތިޖޫރި ކޮނޑަށް ލައިގެން މުޅިދުނިޔޭގައި ދުވި ބައެއްތީ. މައުމޫނު ދަރިއެއްނަމަ ސަހަލެއްނުވާނެ

    1
    1
  12. މޫސަ

    ހިޔާނާތުގެ ފައިސާ ނަސްރީނާ އިބްރާހީމްގެ އެއްވެސް ބޭފުޅަކަށް ލިބިފައި ނުވާނެ ކަމަަށް އެބޭފުޅުންގެ މަންމަ ނިންމަވައިފި. ޕީޖީ ޝަމީމާއަށް ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ޕީޖީ އިން ނިންމައިފި. ސާބެ އަށް ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް މަޖްލިސް ނައިބް ރައީސް އާ ސިސިލްފަރު ހައްޖު ގްރޫޕުން ވެސް ނިންމައިފި. ހަސަން ލަތީފަށް ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ބިގް ކުންފުނިންނާއި ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން ނިންމައިފި. އާޒިމް އަށް ހިޔާނާތުގެ ފައިސާ ނުލިބޭކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސްއާއި ކަނބާލިފަރު އިންވެސްޓްމަންޓް އިން ނިންމައިފި. ޔާމީން އާއި ފާތުމަ މެޑަމްއަށް ހިޔާނާތުގެ ފައިސާ ނުލިބޭ ކަމަށް ޗެނަލް 13 އިން ނިންމައިފި.

  13. ސްނޭޕް

    ތިޔައީ އަޒާނު ނަމަކަށް ކިޔުނު މަރުމޯލެއް ރޯދައަށް ހުރެ ވަރުބަލިވެގެން އައި ރުޅީގަ ހަދާފަ އޮތް އެއްޗެއް

  14. ރެއްކަބޭ

    ވޭތުވެދިޔަ 30 އަހަރުގެ ޥެރިކަމުގައި ކާލެވުނުވަރުވެސް މަދުވީ.

  15. ވިސްނާ

    އަނހެނުންގެ ހިތާނުވާހަކަނުދައްކާ މިމީހުން މިކުރާ ނުބައި ކޮރަޕްޝަންގެ އަމަލުތައް ފަޑުވިޔަނުދީ އމީހުނައް އެކަމުގެ ހައްގު އަދަބުދޭން ގޮވާލަން.