އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަން ބޭނުންވަނީ ލަައިވްކޮށް ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެެއްޖެއެވެ.

ރީކޯ މޫސަ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޖަމާ ކުރި އެސްއޯއެފް އެކައުންޓުން އޭނާ އަށް އެއް ލައްކަ ޑޮލަރު ޖަމާ ކުރި ކަމަށް މީގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމު ކުރި ރިޕޯޓްގައި ވެސް ހިމެނޭ އިރު، އެ ފައިސާގެ ހަގީގަތް މީގެ ކުރިން އޭސީސީއަށް ސާފުކޮށްދީފައިވާ ކަމަށެވެ. އެ ކަން ކުރީ ވެސް ސުވާލު ކުރަން ހާޒިރު ކުރަން އެންގުމުގެ ކުރިން އަމިއްލައަށް ކަމަށް ރީކޯ ވިދާޅުވިއެވެ.

"މި ފަހަރު ޓީވީއިން ލައިވްކޮށްފަ މަޖިލީހުގެ ކޮމިޓީގަ އަމިއްލައަށް ޖަވާބު ދޭން ބޭނުން،" ރީކޯ ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ތަހުގީގީ އިދާރާތަކުން މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު ޚިއްސާކޮށްފައިވަނިކޮށް، އޭގެ ލިސްޓެއް ރޭގެ ވަގުތެއްގައި ވަނީ ލީކު ކޮށްލައިފައެވެ. އެކަމަކު ލިސްޓުގައި ނަން ހިމެނޭ ބައެއް ބޭފުޅުން ގެންދަވަނީ އެ ކަމަށް އިންކާރު ކުރައްވަމުންނެވެ.

ލީކް ކޮށްލައިގެން އުޅޭ ލިސްޓު "ވަގުތު" އަށް ވަނީ ލިބިފައެވެ. މި ލިސްޓުގެ ކަށަވަރު ކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްނުދެއެވެ. އަދި މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުން ވެސް ވަނީ އެ ލިސްޓު ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމަކު މިއީ ސައްޚަ ލިސްޓެއް ކަމުގައި ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޒޫ.ކ

    ހުރިހާ މީހުންވެސް މިކަން ކޮއްފަ ހުރީ ޑޮލަރު ގަންނަން ވެގެން... ކޮބާތޯ ކުޑަހެންވޭރު މީހުންގެ ލޮލުގައި އެޅުވި އަނދުން.. ފޭކު މީހެއް...

    12
  2. ޜައްވެހު753

    3 ރިސޯޓު ލިބުނު ގޮތްވެސް ބުނެލަދޭތި ލައިވް ޓީވީގަ.

    18
  3. ބޭޗާރާ

    މިވެސް ވަގެއް، އެވެސް ވަގެއް، ދެންވެސް ވަގެއް. ވައްކަން ނުކުރާތީ އަހަރެމެންގެ ނަންތައް ތި ލިސްޓުގައި ނެތީ. ބަރާބަރަށް ލިސްޓް ފުރިހަމަކޮށްފިއްޔާ ދެތިން ސަތޭކަ ފަހުލަވާނުން ތި ލިސްޓަން އަރާނެ. ބައެއް ނަންތައް އަދިވެސް ފޮރުވިފައި ނުވަތަ ފޮރުވާފައި ހުންނާނެ.

  4. ހުސޭނުބޭ

    ރީކޯ ދެރަނުވެ! މައުމޫނަށް ނުލިބޭ ހަރާމް ލާރިތަކެއް ރީކޯއަށް ލިބުމަކީ މައުމޫނަށްވުރެ މަޝްހޫރުވާނެކަމެއް! ރީކޯ ތިއީ މައުމޫނަށްވުރެ މަޝްހޫރުވާން ގަދައަޅާ މަސައްކަތްކުރާ މީހެއްނު!

  5. ަަރޭރޭ

    ކަލޭ ތީ ލާރިއަށް ހޭބަލި ވެފަ ހުންނަމީހެއް ،ލިބުނޭ ބުނާނެތަ އެއްވެސް މީހަކު !

  6. ސޭލަ

    ޔާމިން އެކައުންޓުގައި ހުރި ފައިސާ އަކީވެސް އޭނައަށް ނޭގިވަތް ފައިސާ ރީކޯވެސް ތިބުނަނި މަސަކަށް ނޭގެއޭ ހީޙީ