ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ނަމަ ވަގުތުން އިސްތިއުފާދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި ވާއިރު އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ މީހުންގެ ލިސްޓެއް މިހާރު އަންނަނީ ދައުރުވަމުންނެވެ. 200 އަށްވުރެ ގިނަ މީހުންގެ ނަން އޮތް މި ލިސްޓުުގައި މަވޯޓާ ޝަރީފް ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ ނަން އެބަ އޮތެވެ.

މިކަމާއި ގުޅިގެން ޝަރީފް ކުރެއއްވި ޓްވީތެއްގައި ވިދާޅުވެފައި ވަނީ މިކަމަކީ ސިޔާސީ ބޭނުމެއްގައި ވަކި މީހަކަށް އަމާޒުކޮށް ކޮށްފައިވާ ކަމެއް ކަމަށާއި، އޭނާ ވޯޓު ދެއްވާފައި ވާނީ އެޕާޓީގެ ވިޕަށް ކަމަށެވެ. އަދި ލިބިފައިވާކަމަށް އެ ލިސްޓުގައި ބުނާ ފައިސާ ލިބިފައިވާނަމަ ވަގުތުން ހުންނެވި މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ތީން އެއްވެސް ފައިސާއެއް ލިބިފައިވާނަމަ އަޅުގަނޑު ވަގުތުން އިސްތިއުފާ ދިނީމުސް. ވަކި މީހަކަށް ޓާގެޓްކޮށްގެން ސިޔާސީ ބޭނުމަކަށް ކޮށްފައިވާ ކަމެއް ތިއީ. މަޖިލީހުގަ އަޅުގަނޑު ވޯޓު ދީފައިވާނީ އަޅުގަނޑުގެ ޕާޓީ ވިޕްއާއި އެއްގޮތައް. ރިކޯޑް ބައްލަވާލެއްވީމަ އެކަން ސާފުވާނެ" ޝަރީފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ގޮތަށް ލިސްޓު ދިރާސާ ކުރާ ކޮމިޓީގެ ސަބް ކޮމިޓީއިން ރޭ ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީގެ ރިޕޯޓް ވަނީ ނިންމައިފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ބޮކުރި

    😂😂😂

  2. ކަޅުބެ

    އެހެންވީމަ އެފައިސާދިނީ އަދީބު އަދީބުބުނިމީހުންތާ އެލިސްޓުގާ އެއޮތީ މިހާރު ތިޔަލިސްޓުވަނީ ވަރަށްބޮޑަށް ސިޔާސީވެފަ ރައީސްޔާމީނަށް ހުކުމްކުރުމަށް އަދީބުގެބޭނުން ހިފިގޮތަށްއަނެއްކާވެސް އަދީބުގެ ބޭނުން ވަރަށް ރޭވުން ތެރިކަމާއިއެކު މިފަހަރުވެސް ހިފައިފި ތިތިޔައީ ޑުރާމާ ބަޔަކު ދުއްވާލުމަށް ކުޅޭ ކެހިވެރި އަމަލެއް....

    11
    1
  3. ހުސޭނުބޭ

    އިސްތިއުފާ ދިނުމާމެދު ޝައްކު! ހިޔެއްނުވޭ ޝަރީފް ނައްޓާނެހެނެއް!

  4. Anonymous

    ޢިސްތިއުފާ ދެންޏާ ދޭންވީ، އަނގަ ވަށްކޮއްފަ ހަޅޭނުލިޔަކަސް، ރ.ޔާމީންގެ ދައުރުގަ އަހުމަދު އަދީބު ނާއިބުރައީސަކަށް ހަދަން އޭނަގެއުމުރާއިގުޅޭ އޭނަގެ އުމުރާއި ގުޅޭގޮތަށް ޤާނޫނު ބަދަލުކުރަން ފެންނަކަމަށް ތިބޭފުޅާ ވޯޓްދީފައިވަނީ އަދި އަދީބު ނާއިބުރައީސަކަށް އިސްކުރަން ފެންނަކަމަށްވެސް ޥޯޓްދިން ނޫންތޯ؟؟ އެދުމެއްނެތި ވެދުމައް ނުކުރާނެ އުސޫލުން އެފައިސާގައި ނުޖެހެމޭ ބުނެވޭކަށެއްނެތް، އަތުގައި ހޭކުނުއެއްޗެއް ދަތުގައިވެސް ނުހޭކިއެއް ނުހުންނާނެ، އަނގައެއް އޮތިއްޔާ ކާޅެއް ނުކާނެކަންވެސް އިނގޭ.

    11
  5. ޙުކުމް

    ޝަރީފަކަށް ނޭގޭނެ އެފަ އިސާ ވަންނާނީ އެކަ އުންޓަށޭ

  6. ޒަބީބު

    ޝަރީފް އެވެ!
    ތެދުފުޅެކެވެ! ޝަރީފު އަތަށް ދިން ފައިސާ ބޮޑީގައި ހުރި ނޫޓްތަކަކީ އެމްއެމްޕީއާރސީ އިން ނެގި ނޫޓް ކަމެއް އެހެނ އެއޗެއް ކަމެއް ޝަރީފަކަށް ނޭގޭނެއެވެ!
    އެކަމަކު ވިދާޅުވެދެއްވަ ބައްލަވާށެވެ؛
    ސުޕްރީމް ކޯޓުގެ ބެންޗްގެ އަދަދު 7 އިން 5 އަށް މަދުކުރަން ޤާނޫން ބަދަލުކުރަން ހުށައެޅުއްވީ ހަމަ އިޚްލާސްތެރިކަމުން ތޯއެވެ. ނުވަތަ ޤައުމުދެކެ ވާލޯތްބެއްގެ ބޮޑުކަމުން ތޯއެވެ ނޫނީ އަދީބު ހުށަހެޅި އަދަދު ދެކެ ވެވުނު ބޮޑު ލޯތްބެއްގެ ސަބަބުން ތޯއެވެ؟

    އެހެން ވެއްޖެއްޔާ ދެން މިހާރު 5 އިން 7 އަށް ބެންޗްގެ އަދަދު ގިނަކުރަން ޤާނޫން ބަދަލުކުރި ބިލަށް ވޯޓުދެއްވީ ކީއްވެގެންތޯއެވެ؟ އަދި އެއާއި ދެކޮޅު ނުހެދީ ކީއްވެތޯއެވެ؟

    ޝަރީފަކީ އަދީބުއާއި ޔާމީންގެ އަނދިރި ކިއްލާގެ ދޮރުގެ ތަޅުދަނޑި ހަދާދިން ތިލޭރު ކަލޭގެ ނޫންތޯއެވެ؟

  7. ގެރި

    އިސްތިއުފާ ދިނީމަ ނިމުނީތޯ؟ ސާބިތުވީމަ ޖަލަކަށް ނޫންތޯ ދާންޖެހޭނީ

    10
  8. ކައްބެ

    އުމުރުބަދަލުކޮށް އަދީބު އާ އެއްކޮޅަށް ވޯޓުދިން އެންމެންނަކީ ހިޔާނާތުގެ ބައިވެރިން އެމީހުންނަކީ އޭރުގަ އެމްޑީޕީހުން ދެންތިބީ ސަރުކާރުފަޅިމީހުން އެމީހުންނަށް އޭރު ރެޔަކާނުލާނެ އެހެންނޫނަސް އެމްޑީޕީމީހުން ސަރުކާރުފަޅިއަށް ވޯޓުދޭނީ އެދުންގަނޑެއް ހާސިލުވީމަ.

  9. ހަސަން

    އަދީބުގފެ ހެކި ބަސް ގަބޫލު ނުކުރެވޭނެ އިސްލާމީ ޝަރީއަތުގައި. އޭނާ އެހަދަނީ ސީދާ ތެދުކަމަށް ބަލައެއް ނުގަނެވޭ. ތެދު ހަދާނަމަ ދެން ވެސް ފައިސާ ދިން ވެރިންގެ ނަމާއި ވަކި ބަޔަކާއެކު ބާއްވާ ސިއްރު ގުޅުމާއި އަދީބު ހޭދަކުރި މިންވަރު އެއްކޮށް ބުނެދޭނެ. އސަދީބަކީ އެފައިސާއިން ވައްކަން ކުރި މައި ފަރާތް ކަމުގައިވަނީ ނަމަ އޭނާގެ ހެކިބަހެއް ގަބޫލެއްނުކުރެވޭނެ. ކޮންމެ މީހެއްގެ ނަން ވެސް ލިސްޓުގައި ޖެިދާނެ. މިފައިސާގެ ވައްކަން ކުރަން އަދީބު ލައްވާ ރާވައި އަދީބު ސަރުކާރުތެރެއަށް ކޮށްޕި މީޙާ މީގެ ހުރިހާ ނުބަޔއަކީ.

  10. ޑައެލޯގް

    މިސަރުކާރު ނެރޭ ލިސްޓެއްގައި ރީދޫ އެއްވެސް ކުއްޖެއްނުހިމެނޭނެއެވެ. އަދި އިންސާފުކަން ދައްކަން 2 ކުއްޖަކު ހިމަނާނެއެވެ. ދެން އެކުދިން ކޯޓުން ސާބިތުނުވާނެއެވެ. އެހެންވީމާ ޝަރީފު މާދެދުވެރިމީހަކަށްވާން ތިއަގަނުތަޅާށެވެ.

  11. ކަލޯ ކޮބާ

    ދީފިންތަ މިހާރު އިސްތިއުފާ؟؟ ފިސާރި ރީތިވެއްޖެ އެއްނު!