ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކޮށް އެކުލަވާލާފައިވާ ރިޕޯޓުގައިވާ ގޮތުން ސާބެ އަށް ތިން މިލިއަން ރުފިޔާ ދިނީ އެމްޑީޕީން ނޮވެމްބަރު 27، 2015 ގައި ބޭއްވި "މިންޖުވާން" މި ނަމުގައި ބޭއްވި މުޒާހަރާގެ ހަރަދުތައް ހަމަޖެއްސުމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެންނެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ރޭވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ސާބެ އަށް އެ ފައިސާ ލިބިވަޑައިގަތީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ކުންފުނި މެދުވެރިކޮށް ކަމަށް ރިޕޯޓުގައިވެއެވެ.

"މިންޖުވާން" މުޒާހަރާއަކީ އޭރު ޖަލުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާގައި އެމްޑީޕީގެ އިތުރުން އޭރުގެ އިދިކޮޅުގައި ތިބި ހުރިހާ ޕާޓީއަކުން ބައިވެރިވިއެވެ.

މު މުޒާހަރާގެ ހަރަދުތައް ހަމަޖެއްސުމަށް މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) އަށް ދެ މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ލިސްޓުގައި މި ދެ ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވެސް ހިމެނިވަޑައިގަންނަވައެވެ. ލިސްޓުގައިވާ ގޮތުން އާޒިމަށް އެއް މިލިއަން ރުފިޔާ، އަދި ހަސަން ލަތީފަށް ފަސް މިލިއަން ރުފިޔާ ލިބިވަޑައިގަތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ލިސްޓުގައި ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ބުރާންތި

  ޑިމޮކްރެޓިކް ޕީޕަލްސް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން ހިންގެވި ޚިޔާނާތަކާ ގުޅިގެން އެކަމަނާ އިސްތިއުފާ ދެއްވީ. މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ ފިރިކަލުން ހިންގެވި ޚިޔާނާތާ ގުޅިގެން އެކަމަނާ އިސްތިއުފާ ދޭން ނުޖެހޭނެތަ!؟ އެކަމަނާ އިސްވެ ބަސްބުނަން އިން ޕާޓީއަކުން ބޭއްވި މިންޖުވާން މުޒާހަރާއަށް މިފައިސާ ޚަރަދުކުރި އިރު އެކަމަނާއަށް މިކަން ނޭނގޭނެތަ! އެކަމަނާގެ ގާތް އަޚަކު މިންޖުކުރަން މިހަރަކާތް ހިންގާއިރު އެކަމަނާގެ ބައިވެރިވުމެއް ނުވާނެތަ! އަންނިއަށް މިކަން ނޭނގި އޮންނާނެތަ! އެމްޑީޕީގެ އިސްވެރިންނަށް މިކަން ނޭނގި އޮންނާނެތަ! އިލެކްޝަންސް ކޮމިޝަނުން މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ތަޙްގީގެއް ހިންގަން ނުޖެހޭތަ!

  26
 2. ހަސަންބެ

  އިސްތިއުފާ ދީ.. ނޫނީ ވަކި ކުރޭ ހުރިހާ ވަގުން.. އަމަޔާއި ބަފަޔާއި ދަރިންގެ ނަމުގައި ވިޔަސް ކަޮރޮޕްޝަން ގެ ފައިސާގައި ޖެހިފައިވާނަމަ...

  މީ ރައްޔަތުންގެ ހައްޤަށް އަރައިގެން ފައިވާ ބަޔެއް.. އެމީހުންނަކަށް މާފެއް ނޯންނާނެ..

  އިސްތިއުފާ!

  26
 3. ޢިބްރާހީމް

  281 ބޭފުޅުން. ދައުވާ ކުރެވުނީ 1 ބޭފުޅަކަށް. މިވެ ސް އިންސާފު

  23
 4. މީރާ ބޯއީސް

  ހުދު އަނބިމީހާވެސް ނާހާނެ ގެއަށް ގެނައީ ހަލާލު ފައިސާތޯ

  16
 5. ހުސޭނުބޭ

  ތިކަމެއް ސިއްރުކުރަން މިއުޅެނީ އަލިފާން ކެވިފައިވާ މިންވަރު ގިނަކަމުން.

  21
 6. ޒަބީބު

  ކޮބާ އިވާ! މިހެން ވެގެން އަހަރެނެ ބުނީ މަންމަގެ ބާއައިޕެޑޭ ބުނެފަ އެހިސާބުން އަދި ނިއްމައެއް ނުލެވޭނޭ!

  ޔާމީން ކާރފިއު އިޢްލާން ކޮށްގެން ފުލުހުންނާއި ސިފައިން ނެރެގެން އަތްފުނާއެޅުވީ ހަމަ އަދީބު ބަހަމުން ދިޔަ ފައިސާ ހޯދަން. ރީނދޫ ޕޮމްޕޮމް ދީފައި އަޑުހަރުކޮށް ބޮޑުބެރު ލަވަ ޖަހާފައި ޗިއަރ ލީޑަރު ނައިމާއްތަ އާއި ކުދިންކޮޅު ހަރުގެ ކުރިމަތީގައި ނަށަން ބައިތިއްބާފައި ތިޔަބޭފުޅުން ކުރެއްވިކަމަކީ އެމްއެމްޕީއާރސީގެ މުޑުދާރު ބިޔަ ބޮޑު ވައްކަމުގެ ނަޖިސް ފައިސާ ޖަމާކުރުންނޫންތޯއެވެ.

  މިފައިސާ ހޯދަން ޔާމީނު ފުލުހުން ފޮނުވީމާ އީވާ ވިދާޅުވީމެއް ނޫންތޯ އެމީހުން ގެންދިޔައީ މަންމަގެ ބާ އައިޕެޑެކޭ. ހީކުރީތޯ އެހެން ބުނެފައެހިސާބުން ނިއްމާލައިގެން ހުރެވޭނެ ކަމަށް؟

  ހަމަހިލާ އެހެނެއް ނުވާނެ. އަދި އިތުރު ހެކިވެސް ހުންނާނެ.

  25
 7. އާކާޝް

  ހިތްވަރެއް ހުރިއްޔާ، ތެދުވެރިކަމެއްހުރިއްޔާ، އިޚްލާޞްތެރި ކަމެއް ހުރިއްޔާ މަޖިލިހުގައި ތިބި މެމްބަރުންގެ އަނބި/ފިރިން ގެ ބޭންކް އެކައުންޓް ތަކާއި، ޖޮއިންޓް ބޭންކް އެކައުންޓް ތަކުގެ ތަފްޞީލް ހާމަކޮށް ލަ ދީބަލަ، އޭރުން އެނގޭނެ ޚިޔާނާތުގެ ފައިސާ ނަގާފައި ހުރި ވަރު، މިކަން ސިއްރު ކުރަން ބޭނުންވާތީ މަޖިލިހުގެ ޤަވާޢިދު ބަދަލު ގެނައީ ކަމަށް ވުމަކީ ވެދާނެ ކަމެއް.

 8. ވަތަނީ

  ބޮޑު ޚިޔާނާތުގެ ފައިސާގެ ބޮޑުބައި ބޭނުންކުރީ މޑޕގެ
  އިސްމީހުންކަން ނިކަން ރީތިކޮށް ސާބިތު ވާނެއެ ވެ
  ރާއްޖޭގައި ހިންގާ ބޮޑެތި ވައްކަންތަކާއި ޚިޔާނާތްތައް ހިންގަނީ މޑޕ ކަން ޔަގީން ވާނެއެ ވެ. އެކަމަކު ޖަލުގައި
  އޮންނަން މިޖެހެނީ ރ ޔާމީނަށެ ވެ.

 9. ޢިއްތިހާދު

  މީގެނުރައްކާ ދަރިންގެ ދަރިންއާހަމަޔައް ދާނޭ ހަރާމެއް ހަލާލެއްނުބަލާ އާއިލާތަކައް މިކާންދީ ބޭރުގައުމުތަކުގެ ޑިސްކޯބރތަކުގަ ނަށާ ނާޗަރަންގިކުޅުނީ ނިކަމެތި ރައްޔިތުންގެނޭވަލާ ނިޒާމުން ވައްކަން ކުރިބަޔަކު ކޮއްފަނުކުރަނެ ކަމެއްނޮއޮއްނާނެ

  11
 10. ރައްޔިތު މީހާ

  މމޕރސ. ބޮޑު ޚިޔާނާތުގެ ވާހަކަ ދެކެވޭއިރު، އަދި އެ ފައިސާގަ ޖެހިފަ ތިބި އެންމެން ހާމަވެ ރާއްޖޭގެ ނޫސްތަކުގެ ފަލަ ޞުރުޙީ ތަކަށް މެދުކެނޑުމެއްނެތި އަރަމުންދާއިރު ބަލާލަންޖެހޭ، އެއްދުވަސް ވަރެއްގައި އަމިއްލަ ދޫފުޅުން “ އަޙުމަދު ޢަދީބަކީ ކުރީ ސަރުކާރުގެ ތެރަށް އަޅުގަނޑު ލީ ފަންޏެކޭ” ބޭފުޅަކު ބުނި އަޑު. އަދި އޭރު އެކަން ނޫސްތަކުގެ ފަލަ ސުރުޙީ ތަކަށް ވެސް އެރި. މިއަދު އޭސީސީން މައްސަލަ ތަޙުޤީޤު ކޮށް ރިޕޯޓް ނެރުނު އިރު ކޮންމެ ނަމެއްވެސް އަދި ފައިސާގެ ކޮންމެ ޢަދަދެއްވެސް މި އޮންނަނީ “ އަހުމަދު ޢަދީބު ހާމަކުރި” މިގޮތަށް. ދަޢުލަތުގެ ޚަޒާނާއިން މިވަރުގެ ބޮޑު ވައްކަމެއްކޮށް ފައިސާ ލޫޓުވުމަށް ހިތްވަރު ދިން ފަރާތެއް އަޑީގައި އެބަހުރިކަން މިކަމުން އެބަ ހާމަވެއެވެ. މިއަދު ހުދު ކާފޫރަށް ވެގެން، އިސްވެ މިހުރިހާ ކަމެއް ކުރުވުމުގައި ހުރިފަރާތަކީ ކޮބައިކަން މިއަދު ބަލަންޖެހޭކަން ރައްޔިތުން ޤަބޫލު ކުރަމެވެ! ކުއްލިއަކަށް މމޕރސ. ގެ މައްސަލަ ހިލުވާލީ ބަރުލަމާނީ އަށް އަމިއްލަފުޅު ޕާޓީން ދެކޮޅު ހެއްދެވުމުންކަން ހާމަވެއެވެ.

 11. ހެލޯ އީވާ

  އީވާ، އަޅުގަނޑު ވަރަށް ދެރަ ވެއްޖައިން އިނގޭ