އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓެއް ރޭ ލީކުވެފައިވާ އިރު، އެ ލިސްޓުގައި މިހާރު ހިނގަމުންދާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ހިމެނިވަޑައިގެންނެވިއެވެ.

ލީކް ކޮށްލައިގެން އުޅޭ ލިސްޓު "ވަގުތު" އަށް ވަނީ ލިބިފައެވެ. މި ލިސްޓުގެ ސައްހަކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ކަށަވަރުކޮށްނުދެއެވެ. އަދި މަޖިލީހުގެ ކޮމިޓީގެ ބައެއް މެންބަރުން ވެސް ވަނީ ލީކް ވެގެން އުޅެނީ މަޖިލީހަށް ލިބުނު ލިސްޓު ނޫން ކަމަށް ވިދާޅުވެފައެވެ. އެކަމަކު މިއީ ސައްޚަ ލިސްޓެއް ކަމުގައި ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

އެމްޑީޕީގެ މެންބަރުން

 1. އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ)
 2. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
 3. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް
 4. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ

ޖުމްހޫރީ ޕާޓީގެ މެންބަރުން

 1. ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
 2. ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން

ޕީޕީއެމްގެ މެންބަރުން

 1. ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން
 2. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
 3. އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް
 4. ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ
 5. މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް
 6. ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް
 7. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

އަމިއްލަ / އެހެން ޕާޓީ

 1. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން (އަމިއްލަ)
 2. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހްސިން ހަމީދު (އެމްއާރުއެމް)
 3. ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓުގައި ހިމެނޭ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކިކުރާ ގޮތަށް ލިސްޓު ދިރާސާ ކުރާ ކޮމިޓީގެ ސަބް ކޮމިޓީއިން ރޭ ވަނީ ފާސްކޮށްފައެވެ. އަދި ކޮމިޓީގެ ރިޕޯޓް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ކެޔޮޅު

  ރައީސްޔާމީނަށް ހުކުމް ކުރުމަށް އަދީބުގެ ބޭނުން ހިފިގޮތަށް އަދީބުލަށްވާނެރުނު ލިސްޓު ބަލައިނުގަންނާނެއެވެ ކުއްވެރިޔަކު ލާންވެގެން ގަނޑުވަރެއް ހޯދާ އޭނަލަށްވާ ލިސްޓުހަދުވާ ހުރިހާސަކަރާތެއް މިޖަހަނީ ސޯލިހު ކުއްވެރިންދަށްކާވާހަ ޝަރުއީ މަރުހަލާއެއްގައި ގަބޫލުނުކުރެވޭނެ ކަން ސޯލިހަށް ބަޔަކު ވިސްނާދީބަލަ..

  35
  5
  • ކޖހގ

   ޖަލުގަ އޮތް ނާޒިމް އަދި އަދީބުގެ ދުޝްމަނު އަށް ފައިސާ ދޭނެ ގޮތެއް އޮންނާނެތަ؟ މިއީ ކަނޑައެޅިގެން ބޮޑު ދޮގެއް. ބައެއް ބަދުނާމު ކޮށް ބަޔަކު ބޭނުންވާ ނުބައި މަގްސަދު ތަކެއް ހާސިލްމުރަން ކުޅޭ ޑްރާމާ މިއީ....
   ބޮލެއް ހުރި މީހަކަށް އެނގޭނެ އަދީބު ފައިސާ ބެހީ ރައީސް ޔާމީން އަޒުލް ކޮށް އޭނަ ވެރިކަމަށް އަންނަންކަން. އޭނަ ފައިސާދޭނީ އިދިކޮޅު މީހުންނަށް. އަމުދުންވެސް ރައީސް ޔާމީނަށް އިހްލާޞްތެރި މީހަކަށް ފައިސާ ނުދޭނެ. %100 ޝިޔާމަށް އަދީބު ފައިސާ ނުދޭނެކަން.

   28
   7
   • އަދަދު

    ތާރީޚު ހަނދާން ނެތުނީތޯ؟ ޖަލަށްލުމުގެ ކުރިން އަދީބާއި ނާޒިމާ ދެމީހުންނަކީ އެއްކޮށް ޑީލް ހަދައި އުޅުނު މީހުން. އާރތުރަ ބްރަދާޒް ގެނެސްގެން އުޅުނުގޮތް މަތިންވެސް ހަނދާން ނެތުނީތޯ

  • Anonymous

   ނަޝީދު ބޮޑުވަޒީރު ކަމަށް އައުމަށް ނަގާ ވޯޓުގައި ދެކޮޅު ހަދާނެ އެންމެން އޭގަ ހިމަނައިގެން މިއުޅެނީ... ބަލަ މަކަރުވެރި ރޭވުންވެސް ރޭވޭނީ ކޮންމެވެސް ވަރަކަށޭ.. ﷲ އީ މޮޅަށް ރާއްވަވާ އިލާހު. ކަލޭމެން ކެރަފާ ނުބައިނުލަފާ ގައުމުގެ ދުޝްމަނު ދީނުގެ ގައްދާރުން ތިކުޅޭ ކުޅި އެނގޭ ދިވެހި ދަރިން އެބަތިއްބޭ.. ތި ލިސްޓުގައި ނުހިމެނޭނެ މައުމޫނު އެއް ދަރިވެސް... އެމީހުންނަކީ އަދީބު ރުހޭ މީހުނެއް ނޫން. ޝިޔާމެއް މުހައްމަދު ސައީދެއްވެސް ނުހިމެނޭނެ... ތީގަ އިންނަންޖެހޭ މަހުޖަނު ކަލޭގެ ކޮބައި؟

   18
   4
 2. އެޖެންޑާ-ވަގުޖާޑި

  ތިނެ ރުނުވަގުންގެ ލިސްޓުގައި ޝިޔާމް ޣައްސާން ސައީދު ނުވާނެކަން ހަމަޔަޤިން ކަށަވަ ރު އެފަދަބޮޑު ބަދުނާމެއް އެމްޑީޕީ ވަގުންގެ ލިސްޓުގައި އެތިންމެމް ބަ ރުންގެ ނަންހިމެނި ޖައްބާ ރަކަށް ގެއްލުމާއިހަލާކުހު ރި އެފަދަޖާހިލުން ނަށް މާތްﷲ ލައުނަތްލައްވާށިއާމީން

  49
  15
  • Anonymous

   މަޖްލިހުގައި މިހާރު ތިއިން ފ.ނިލަންދޫ ދާއިރާގެ މެންބަރު މުހުސިނަކީ، 2019 ގެ ކުރިން ކާކު؟ ބްރޯއަށް އެއްވެސް ކަމެއް ކޮށްދެވޭނެ މީހެއްތަ؟ އެއްޗެއް ހަދާފަ ނެރޭއިރު، އެ ފެންނަން މީހުންނަށްވެސް ގަބޫލުކުރެވޭގޮތަށް ދޯ ހަދަންވާނީ.
   އިބިލީސް ބުނިހެން، ދޮގުހެދިއަސް އެވެސް ހަދަންވާނީ ބަޔަކަށް ގަބޫލުކުރެވޭގޮތަށްނު.

   16
  • އ . ޖ . އ

   ހަޖަމެއް ނުވި ދޯ

   9
   1
  • ޝާއިން

   ޝިޔާމް ހިމެނޭކަން %100 ޔަގީންް.

   7
   11
 3. އުމަރު

  ދެން މި ބޭބޭފުޅުނަށް ހެދޭނީ ކޮން ޤާނޫނެއް.. ދެން ކޮން ހަޅޭކެއް މިލައްވަނީ. ކަރުން ނާރު ނަންގަވާފ

  32
 4. އަމީރު

  ކެންދޫ ދާއި ރާގެ ނަޒާހަތްތެ ރި މެންބަ ރުވެސް ފައިސާއާއި ޖެހުނީމަ ނަޒާހަތްތެ ރި ކަމަކަށް ނުވި އުތަ؟ ލަދުން ބޯހަލާކު.

  26
  3
 5. މުލުވަގު

  ތިމައްސލަ ކުރިއަކަށް ނުދާނެ

  22
  1
 6. ޞާރަ

  ދެން އަދީބުލަށްވާ ފަނިއެޅުވީ ތިމަންނަކަމަށް އަމިއްލައަށް އެއްބަސްވި މީހާ ނުހިމެނުމަކީ އަޖައިބުވާވަރުކަމެއް މުޅިދައުލަތް އިސްތިއުފާދިނުމަށް ހަރުކަށިއިބާރާތުން ގޮވާލަން.

  48
  3
 7. Anonymous

  މަށަކަށް ހިޔެއްނުވޭ މިއީ ރަނގަޅު ލިސްޓެއް ހެނެއް. މިސާލަކަށް ނިލަންދޫ ދާއިރާގެ މެންބަރު މިހުސިނަކީ 2019 ވަނަ އަހަރާ ހަމަ އަށް ސިޔާސީ ގޮތުން އެހެން މީހަކަށް މަންފާއެއް ކޮށްދެވޭނެ މީހެއްނޫން. ހަމަ އެގޮތަށް ނާޒިމަކީވެސް އޭރު ޖަލުަ އޮތް މީހެއް. މިލިސްޓަކީ ފެބްރިކޭޓެޑް ލިސްޓެއް.

  15
  2
 8. ހަސަން

  ކޮބާ ޖާބިރު އެބުނާ ( ޝައިނީއާއި އަނިލް ތިބި ކޮޓަރިއަކުން) 37 މިލިއަން ރުފިޔާ . އެފައިސާ ގެ ވާހަކަ ޚިއްވެ އަދީބު ލިސްޓްގައި ނުޖެހީ. ތިޔަ ލިސްޓް ބަލައެއް ނުގަނެވޭނެ. ތީ ވައްކަން ކުރިމީޙާ ތިމަންނަ ބޭނުން ގޮތަކަށް ނެރެފައިވާ ލސްޓެއް.

  9
  1
 9. ބޮލި މުލައް

  ލިސްޓުގަ އެބައޮތް މުލަކު ދާއިރާގެ އެމްޑީޕީ މެމްބަރު އިބުރާހީމް ނަޞީރުގެ ނަން
  20،000 ޑޮލަރު ނެގިކަމަށް 16 ތީ ރަނގަޅު ޢަދަދެއްނޫން

  • ޢެއްވެސް ހަގީގަތެއް ނެތހި މީހުންގެ އަބުރައް ހުތުރުކުރުން ހުއްޓާލައްވާ

   ނޫސްއިދާރާ އަކުން އެއްޗެއް ލިޔާއިރުގަ އެއްވެސް މީހެއްގެ އަބުރު ގެއްލޭގޮތަށް ހަގީގަތެއްނެތް ވާހަކަ ލިއުމަކީ ވަރައް ދެރަކަމެއް ސަބަބަކީ އަނެކާގެ އަބުރު ނަގާކުުމައްޓަކާ ތިމާ އެކުރާމަސައްކަތުގެ އަގު ދައްކަން ޖެހޭ ދުވަހެއް އެބަޮއތްކަން ހަމަ ކަސަވަރުންވެސް ޔަގީން އެދުވަސްމަތިން ހަނދުމަ ނެތޭ މީހުންކަން ޔަގީން

 10. ޑީމަކްރަތީ

  މިހާރު އަދީބު ކަހަލަނުބައި ރައްޔަތުންގެ ފައިސާ ފޭރި ކައިފާވާމީހަކު ލިސްޓް ދީފައިބުަނައްވި މިގައުމެގެކުޑަބޮޑުއެންމެއް ލިސްޓުގާވާނޭ ދެންގަބޫލުކުރަންވީތަ؟މިނުބައިނުލަފާ އަދީބު ހައްޔަރުކުރޭ މިކަލޭގެބޭނުންގޮތަކަން އެހެރެއުޅެބާލަނީ އިމްރާނާއެކު

  13
 11. ޙައްޕު

  ޢީވާގެ ފިރިމީހާއަށް ދިނުމުން އެދެވުނީ އީވާއަށް ނޫންކަމަށް ވަޏާ އޮއިއްޓޭ ދިނުމުން އެއީ އަދީބު ދިންކަމަކަށްވެސް ނުވާނެ.

  13
 12. ގައުމީ ލޯބި

  އެންމެ އިސްތިއުފާ ބާލަކަށް މައްސަލައެއް ނެތް.. ބެލޭނެ ތަނެއްވެސް ނެތް.. ހުސް ކޮރޮޕްޓް މީހުން..

  ރައްޔަތުްނގެ މާލިއްޔަތު ވަގައް ނަގައިގެން ތިބެ ރައްޔަތުން އުޅެންވާ ގޮތުގެ ޤާނޫނު ހެދުމުގެ ހައިސިއްޔަތެއް.. ގާބިލިއްޔަތެއް.. އަހުލިއްޔަތެއް ނެތް.. 3 ނަތި އެވަނީ އެއްފަހާރާ ގެއްލިފައި..

  ވަގުތުން އިސްތިއުފާ ދީ.. އަހަރުމެންގެ ރެޕްރެޒެންޓޭޓިވުންނަކީ ވަގުންކަމަށް ވާކަށް ބޭނުމެއް ނޫން.. އިސްތިއުފާ! ހަރުއަޑުން މިގޮވަނީ އިސްތިއުފާ..!

 13. ލީމަން ޒާހިރު

  މީ އެންމެ ކާރިން އެފައިސާގެ މަންފާލިބުނު މީހާ.. އަދީބުގެ ލޯޔަރެއްގެ ގޮތުގައި.. މިހާރު ކިހިނެތް އަދީބާއި ދެކޮޅަށް މައްސަލަ ބަލާނީ..

  ހުސްވަގުން.. ނެތް ހަމަ ރަގަޅު އެކަކުވެސް.. އެންމެ ޖަލަށް ލާފައި މުދާ ދައުލަތަށް ނަގާ..!

  މީ ގޮތަށް ހަދައިގެން ނޫނީ މިގައުމު ސަލާމަތެއް ނުވާނެ.. މި މީހުނާއި ހެދި ގައުމުދަރަނިވެރި ވަނީ.. ލޯނު ނަގައިގެން ޒަރޫރަތް ތައް ފުރިހަމަ ކުރަނީ..

  މި މީހުން ބޮޑު ގޮނޑީގައި ތިބެ މުސާރަ.. ވަގަށް އެވަރަށް ނަގަނީ.. އެންމެ ޖަލަށް މުދާ ނަގާ..!

  7
  1
 14. މޮޔަސޮރު

  ކ.ގުރައިދޫ ދާއި ރާގެ ނަޒާހަތްތެ ރި މެންބަ ރުވެސް ފައިސާއާއި ޖެހުނީމަ ނަޒާހަތްތެ ރި ކަމަކަށް ނުވި އުތަ؟ ލަދުން ބޯހަލާކު

 15. އައްލާ ގެ އަަހައްމައިދޯ

  ހުސް ވގން ދޯ؟

 16. ބަސް

  މިހެންވެ ދޯ މިހަންސްލަތީފު މާވަރަކައް ލިސްޓު ފޮރުވަން އުޅުނީ.. ސަހަރޯއޭ ހިތައްނާރާތަ.

 17. ވައިޖެ

  ދެން ކިޔަންވީ އެމް ޑީ ޕީ އެމް އެމް އާރް ސީ .. އެހެންނުން.

 18. އިސްތިއުފާ

  ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ ކަމަށްވަނީ މަމެން ގަބޫލު ކުރާ ގޮތުގައި ރައީސް އޮފީހުން ޒީރޯ ޓޮލެރެންސް ވަނީ އޮޅާލާފައޭ އެހެން ކަމަށްވާނަމަ އެއިރު ރައީސް އޮފީހުގައި މިކަން ބަލަހައްޓަން ހުރީ މިހާރުގެ ތިމާވެށި މިނިސްޓަރު ކަމަށްވާތީވެ މަމެން އެއްގޮތަކަށްވެސް އޭނާ އަށް އިތުބާރު ނުކުރަމޭ އެއީ ކޮރަޕްޓް މިނިސްޓަރެއް ކަމަށް ނިންމިދާނެއޭ ތިމާވެށި މިިނިސްޓަރު އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

 19. އިއްޒަތްތެރި ވަގު ފެމުނު

  ލިސްޓު ކުނިވަށިގަނޑަށް ލާފަ ހަތަރެސްފައި ދޮވެގެން ގެއަށް ވަދޭ. ތިމާމެނަށް ނުވާވަރު ކަންކަމުގަ ހަރުއަޑުން ފލނީމަ ލިބޭނީ ތިކަހަލަ ލަނޑު. ކޮންމެ އެއޗެކޭ ކިޔަސް ތިބައިމީހުނަށް "ވަގު" ލަގަބުން ނޫނީ މީހުން ދެނެއް ނުގޮވާނެ.

  4
  1
 20. ކަލާކޯ

  މަނީ މަނީ، ޔެސް ސަރ، އިޚްލާސްތެރި، ތަޤުވާވެރި، ތެދުވެރި، 100 ޕަސެންޓު މުސްލިމުން މި ފަޚުރުވެރި ގައުމުގަ އަރައިގަނެގެން ތިބި ފާފަ ދެކިބަލަ ވަގުންތައް.

 21. ބުނީމާ ސޯޅަ

  މަ ހީކުރީ ހައެއްކަ ވަގުން ކަމަށް ކޮރަޕޓު ވެފަ ތިބޭނީ