އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކޮށް އެކުލަވާލާފައިވާ ރިޕޯޓުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ހަވާލާދީ ބުނެފައި ވަނީ އެކި ފަހަރުމަތިން ވަރަށް ގިނަ ފައިސާ ހަސަން ލުތުފީއަށް ދެއްވާފައި ހުންނާނެ ކަމަށެވެ.

އެގޮތުން 2014 ވަނަ އަހަރު 20،000 ޑޮލަރު (308،400ރ.) އަދި 2015 ވަނަ އަހަރު 20،000 ޑޮލަރު (308،400ރ.) ދިން ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފައިވާ ކަމަށާއި އަދި އެ ފައިސާ ހަވާލުކޮށްފައިވާނީ ހިރިޔާ ސްކޫލް ކައިރީ ހުންނަ ހަސަން ލުތުފީގެ ގެއަށް ގޮސް ކަމަށް އޭގައިވެއެވެ.

އޭގެއިތުރުން ލުތުފީ އަށް ދިނުމަށް މުއައްވިޒްގެ އަތަށް ހަތަރު ލައްކަ ރުފިޔާ ދީފައިވާ ކަމަށްވެއެވެ

އަދީބު އާއި އޮއިއްޓޭގެ ފޯނުގައި މިކަމާ ގުޅޭ މެސެޖްތައް ހުރިކަމަށް ވެސް އެ ރިޕޯޓުގައި ފާހަަގަކޮށްފައިވެއެވެ.

މުއައްވިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ހުކުމް އިއްވި ޝަރީޢަތުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ލިސްޓުގައި ހިމެނެއެވެ.

ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމެޓީއަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު ހިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައިނާ

    މަ ކަހަލަ ނިކަމެތި މީހުން ދެއްތޮ ނެތީ.. ކޯޓް ފަޓްލޫނު ތުރުކުރައްވާ ހުރިހާ ބޭފުޅުން ތީގަ އެބައޮތް.. ލޮލް

  2. ބަކުރު

    ރައީސްޔާމީނަށް ހުކުމްކުރި މީހުން ތީގެއިން އުނިކޮށްފަވަނީ އެމީހުންނަށްވެސް ބައިއަޅާ ފަވީ އަދި ރައީސްސޯލިހުއަށްވެސް ބައި އެޅިކަމަށްވޭ އޭނަގެނަންވެސް ވަނީ ކަނޑާލާފަ.

    12
  3. ދިވެހި ދިދަ

    މުއައްވިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުގެ ހުކުމް އިއްވި ޝަރީޢަތުގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެއްކެކެވެ. ކޮބާ ގާޒީގެ ހުރި ދަހިވެތިކަން..ނިކަން ވިސްނާބަލަ ބިރެއްނެތި ކުރާ ނުބައިހުކުމް. މިކަހަލަ ގައްދާރުން ދޭ ހެކިބަސް ގަބޫލުކޮށް ޔާމީނަށް ނުހައްގުން ހުކުމް ކުރީ..ޔާމީން ދޫކޯށްލާ

    15
  4. Anonymous

    މުވައްވިޒްކީ ބުރޯގެ ބޯއީއެއްކަން އެނގޭ... ރައީސް ޔާމީނާ ދެކޮޅަށް ކޯޓުގައި ދޮގުހަދަމުން ދިޔައިރު މީހާ ތުރުތުރުއަޅާ ދާހިއްލާ ފޯވި މަންޒަރު އެޝަރީޢަތް ބެލި އެންމެނަންވާނީ ފެނިފައި... ވަގުފައިސާ ކައިގެން ހަރާމް އެއްޗެހި ބޭރުކުރާ މީހުން ތިތިބީ... މީހެއްގެ ހައްޤެއް ދުއްވާލާފަ ގޮސް ގިޔާމަތް ދުވަހުން ތިމާއަށް ވާނެ ގޮތަކާމެދު ނުވިސްނަންތަ މުއައްވިޒޫ؟؟؟ ﷲ ތަޢާލާ އަފޫ ނުކުރައްވާނެ އެހެން މީހުންގެ ހައްޤުތަކަށް އަރައިގަނެފަ އަފޫއަށް އެދުނަސް. އަނިޔާ ލިބުނު މީހާނޫނީ މަޢާފު ދޭނެ ފަރާތެއް ނުވާނެ.. ކަލޭ ތިހުރީ ރައީސް ޔާމީނާއި އެމަނިކުފާނުގެ މުޅި އާއިލާއަށް އަނިޔާވެރިވެފަ.. ﷲ އީ މޮޅަށް ހުކުމް ކުރައްވާ އިލާހު.. އަހަރެމެން މިތިބީ ބަލަން ކަލެއަށް ދުނިޔޭގައި ޖެހޭ ދަންތުރައެއވެސް އޮތުމަކީ ދުރުކަމެއްނޫން...

    • ކަލޯ

      އަދިވެސް ކިޔަމާ ދޯ ސައްތައިން ސައްތަ މުސްލިމު ގައުމެކޭ.. ފަޚުރުވެރިވަމާ. އެކި މީހުން ފާފަ ކުރަނީ އެކި ގޮތަށް. ބޮޑެތި ފާފައިން ފުރިފަ

  5. ކޮސްވެއްޖެ ހަމަ ރީއްޗަށް ޝަހާދަތް

    އެންޓިކޮރަޕޝަން ކަމިޝަން ވެސް ކޮރަޕޓް ވީތީ ހަމަ އަޖައިބުވެ ހައިރާން ވެއްޖިން. ކުރިންވެސް އަޑު އިވުނު އެންޓިކޮރަޕްޝަން ކަމިޝަން އިޓްސެލްފް އިޒް ނައު ކޮރަޕޓެޑް އޭ ބުނާތީ، އެކަމަކު އޭރު ގަބޫލު ކުރަން ދަތިވި. ކިހާ ބޮޑެތި ފާފަ މީ. ކިތަަަށް ރައްޔިތުންގެ ލަޢުނަތް ތި މީހުންނަށް ލިބޭނެ؟