"ވަގުތު" އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި ބޭއްވި ފުޓްސަލް މުބާރާތް ސްޕޮންސާ ކުރުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު އެއްބަސްވުމާއިއެއްގޮތައް "ވަގުތު" އިން އިސްތިހާރު ކުރުން ކުރިއަށް ގެންދިއުމުން ވެސް ސްޕޮންސާޝިޕް ފައިސާ އަދިވެސް ނުދޭތީ ޑްރީމްސް ޕިއްޒާގެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
"ވަގުތު" އިން ބުނީ މުބާރާތުގެ ޓައިޓަލް ސްޕޮންސާ ކަމަށްވާ ޑްރީމްސް ޕިއްްޒާ އިން މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި "ވަގުތު" އަށް ދައްކަން ޖެހޭ ފައިސާ ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް މިހާތަނަށް އައި އިރު ކާމިޔާބުވެފައި ނުވާ ކަމަށެވެ.
ޑްރީމްސް ޕިއްޒާގެ އިސްވެރިން މިހާރު ފޯނަށް ވެސް ޖަވާބު ނުދޭތީ މަޝްވަރާކޮށްގެން ފައިސާ ލިބިދާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ކަމަށް "ވަގުތު" އިން ބުނެއެވެ.
އެހެންކަމުން "ވަގުތު" އިން މިހާރު ވަނީ ޑްރީމްސް ޕިއްޒާ އަތުން ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައެވެ. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ނިމި، އަންނަ ހަފްތާގައި ކޯޓަށް މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް "ވަގުތު" އިން ބުނެއެވެ.
"ވަގުތު" އިން ބުނީ "ވަގުތު" ފުޓްސަލް މުބާރާތް ސްޕޮންސާ ކުރުމަށް ފަހު ފައިސާ ނުދޭ އިތުރު ކުންފުނިތަކުގެ މައްސަލަތައް ވެސް ކޯޓަށް ހުށަހަޅަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.
ރަނގަޅު ނިންމުމެއް. އިންޝާﷲ
ވ. ރަގަޅު ނިންމުމެއް. ވިޔަފާރިކުރާށޭކިޔާފަ ލޫޓުވަން އުޅޭމީހުން ގިނަ. ޑްރީމްސް ރާކަނި ޕިއްޒާ ކެވިފަ ހުންނާނީ.