އެސެޓް ރެކަވަރީގެ ކޮމިޝަނުން ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ފޮނުވި ގޮތަށް އާންމު ކުރުމަށް އެ ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީއިން އާންމު ކުރަން ނިންމައިފިއެވެ.

ޖޮއިންޓް ކޮމިޓީއިން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވިދާޅުވީ، ރިޔާސީ ކޮމިޝަނުން ހިއްސާ ކުރި ލިސްޓު ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ޖަދުވަލުގައި ހިމަނާފައިވާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ އިދާރާއިން ކޮމިޓީގެ ރިޕޯޓް އާންމުކުރާއިރު، ރިޔާސީ ކޮމިޝަނުން ޚިއްސާ ކުރި ލިސްޓު ފެންނަން އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރިޔާސީ ކޮމިޝަނުން ފޮނުވި އެ ލިސްޓު އެންމެ ނަމެއް ވެސް އުނި އިތުރު ކުރުމެއް ނެތި މި ރިޕޯޓް އޮންނާނެ، ޖަދުވަލު އެކެއްގައި، އަޅުގަނޑުމެންނަށް ޔަގީންވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އަތްޕުޅަށް މި ލިސްޓު އައުމުން، މި ކޮމިޓީއާ ޚިއްސާ ކުރާނެ ކަން، އަދި ކޮމިޓީގައި ރައްޔިތުންގެ މަންދޫބުން އެ ގޮތުގެ މަތިން އެ ލިސްޓު އާންމު ކުރާނެ ކަން،" އިންތި ވިދާޅުވިއެވެ.

ޖޮއިންޓް ކޮމިޓީއިން ވަނީ މި ނިންމުމާއެކު ސަރުކާރާއި ތަހުގީގީ އިދާރާތަކަށް ހަތް ހުށަހެޅުމެއް ފޮނުވަން ވެސް ފާސްކޮށްފައެވެ.

ކޮމިޓީގެ ހުށަހެޅުންތައް

 1. އިސް މީހުންގެ މައްސަލައިގެ ތަހުގީގު އަވަސް ކުރަން ޖެހޭ
 2. އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް ހަމަޖައްސައިދިނުން
 3. ފައިސާ އަނބުރާ ހޯދުމަށް އިދާރާގައި ދެންނެވުމާއި މަޖިލީހުން އެ ކަން ބެލުން
 4. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން މަގާމުން ވަކިކުރުން
 5. އިންތިޚާބީ މަގާމުން ވަކިކުރެވޭނީ އަމިއްލައަށް ކަމުން އެ މައްސަލަ އަވަސް ކުރަން
 6. މާލީ ތަހުގީގީ ދާއިރާގެ މީހުން ތަމްރީން ކުރުން
 7. ޚިޔާނާތުގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ބޭންކްތަކުން ފޯރުކޮށްދިނުން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އޭގެ ފަހުން ރޭގެ ވަގުތެއްގައި ވެސް ވަނީ އެ ލިސްޓު ކަމަށް ބުނެ ލިސްޓެއް މީސް މީޑިއާގައި އާންމު ކޮށްލައިފައެވެ. އެކަމަކު ލީކު ވެގެން އުޅޭ އެ ލިސްޓަކީ ސައްޚަ ލިސްޓެއް ކަމަށް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްނުދެއެވެ. އެ ލިސްޓުގައި ހިމެނޭ ބައެއް މީހުން ވަނީ ޚިޔާނާތުގައި ބައިވެރިވި ކަމަށް އިންކާރު ވެސް ކޮށްފައެވެ.

މި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތުން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ހުސޭނުބޭ

  ސިއްރުކޮށްގެން އުޅުނީ. ފަޅާއެރީމާ މިހާރެ ދެން އެނޫން އެހެން ގޮތެއް ނެތް! މަތިން ދާ ކާޅުތައްވެސް މިހާރު އެ ގޮވަނީ ތި ލިސްޓުގައި ހުރި ނަންތައް!

  22
  1
 2. Anonymous

  ޜަނގަޅު

 3. ޚިޔާލު 3

  އަސްލު ލިސްޓް ނެރެދެއް ވާ އަސުލުލިސްޓަށް ބަދަލުގެނައުމަކީ ވެސް ވައްކަމުގަ ބައި ވެރި ވުން. އިންސާފުގެ ކުރިމަތީގައި ކުށެއްނެތްކަން ސާބިތު ކޮށްދެއް ވާ ޑޮލަރު ގަތުމާއި އުޖޫރައިގެ ގޮތުގައާއި އެހީގެ ގޮތުގައި ޖާއިޒު ކަންކަމަށް ކޮށްފައި ވާ ޚަރަދުތަކުގައި ވަގު ފައިސާ ހިމެނިފައި ވާކަން ސާބިތު ނު ވާނަމަ އެމީހަކީ ވައްކަމުގެ ބައި ވެރިއެއްނޫން. ރިޝް ވަތުގެ ގޮތުގައި މަގާމުގެ ނުހަމަފައިދާގެ ގޮތުގައި ކަހަލަ ކަމެއްނަމަ އެއީ ކުށެއް މިނޫންމީހުން ކުށުން ބަރީއްޔަ ވާނެ ކަމަށްދެކެއް. ޥައްލާހު އައުލަމް.

  9
  1
 4. އެލެކްސް ގަންޖާ

  އަރާ އުޑަށް ތީހުސްފޭކް އެއްކަމެއްވެސް ނުވާނެ ލިސްޓްވެސް އާއްމުކުރާކަށް ނުކެރޭނެ

  11
  3
 5. Anonymous

  މިވެރިން މިހެދިގޮތަކީ... ގޭކުދިންގެ ނަންތައް ނޫން އެއްޗެއް ނެތީމަ، މުގުރިހަ އަޅައިގެން ރަނގަޅަށް މޮޑެލީ.. ރައްޔިތުން ވާވައްދާލން އެއްޗެއް ލީކު ކޮށްލީ!!!!!!!!!! ދޮގުހެދުންނޫން ކަމެއް ކުރަންނޭނގޭ ޖާހިލު ފާސިގުންނާއި ދައުލަތެއް އެކީ ހަވާލުވީމަ ވާނެ 6 އެތި މިވަނީ.... ރައްޔިތުން ދެން ހިނގާ މަހަށްދާން..

  12
  2
 6. އެދުރުބެ

  ހަހަހަ. ހުންނާނީ ރާކަނިމަސް ކެވިފަ. އަޑިގަ ތިބެގެން ލިސްޓް ހާމަކޮށްފާނެތީ، އޭނަވެސް އެބަތޮތޭ މީނަވެސް އެބަތޮތޭ، ހުސް އެމްޑީޕީ މެމްބަރުންނޭ ކިޔައި ލިސްޓާމެދު ޝައްކު އުފައްދަން އުޅުން މީހުން އާވަހަކައެއް އަނެއްކާވެސް ހަދާނެ.

  8
  1
 7. ގައުމީ ލޯބި

  އެމް އެމް ޕީ އާރް ސީ ކިޔާ ފައިސާ އެއް ނުުހުރޭ އެއީ ވަރަށް ބޮޑު ތެދެއް..

  ދިވެހިފައިސާ ނުވަތަ ޔޫ.އެސް ޑޮލަރު ލިބުނީ..

  މި މީނުން ލަދެއް ވެސް ނުގަނޭ ރައްޔަތުންގެ މާލު ބަނޑު އަޅައިގެން އަދިވެސް ދިވެހީންނަށްޓަކައޭ.. ގައުމަށް ޓަކައޭ ކިޔާފައި މީހުން ކުރިމައްޗަށް ނިކުންނަ އިރު.

  މަގޭ ބަސްއަހާނަމަ މި ކޮރޮޕްޝަނާއި ގުޅޭ އެއްވެސް މީހަކު މިގައުމުގެ މައްޗަށް ބަސްކިޔަން ދެނެއް ނުހޮވާނަން

  ދިވެހީން ވެއްޖެ މި ކަހަލަ ވަބާތަކުން ސަލާމަތްވުމަށް އެކަށީގެންވާ ވަރަށް ވިސްނާފައި ވޯޓު ދޭން.. ކުލަ ބަލައިގެން މިކަމެއް ނުވިއެއްނު ދޯ؟

  9
  1
 8. ސޯލިހުބޭ

  ތިޔަލިސްޓްގައި އަދީބުގެ ނަމެއް ޔާމީނުގެ ނަމެއް ނެތެއްނު.

  7
  2
 9. ބަރުގޮނު

  ނޫސްވެރިންނާ ރައްޔިތުން ހަޅޭއްލަވާގަތީމާ އެއުޅެނީ "ޑިމޮކްރެސީ" އަންނަން. އިދިކޮޅު ޕާޓީތަކާ ސަރުކާރު ހިންގާ މައި ޕާޓީ ރަކަރަކަލާން ފެށީމާ އިތުރު ވާހަކަ ހުންނާނެ. ފަސް ގިނަވާނެ. ނުދައްކާން ހުރި ވާހަކަވެސް ދައްކާނެ.

 10. ގައުމީ ލޯބި

  އާންުމުކުރުމަކުން ނުފުދޭ.. އޭގެ ބައިވެރިންނަށް އަހަރުމެންގެ ޓެކްސް ފައިސާއިން ދެން މުސާރަދީގެން ނުވާނެ.. އަވަހަށް ގޮނޑިންފާބާ

  އެންމެ އިސްތިއުފާ ބާލަކަށް މައްސަލައެއް ނެތް.. ބެލޭނެ ތަނެއްވެސް ނެތް.. ހުސް ކޮރޮޕްޓް މީހުން..

  ރައްޔަތުްނގެ މާލިއްޔަތު ވަގައް ނަގައިގެން ތިބެ ރައްޔަތުން އުޅެންވާ ގޮތުގެ ޤާނޫނު ހެދުމުގެ ހައިސިއްޔަތެއް.. ގާބިލިއްޔަތެއް.. އަހުލިއްޔަތެއް ނެތް.. 3 ނަތި އެވަނީ އެއްފަހާރާ ގެއްލިފައި..

  ވަގުތުން އިސްތިއުފާ ދީ.. އަހަރުމެންގެ ރެޕްރެޒެންޓޭޓިވުންނަކީ ވަގުންކަމަށް ވާކަށް ބޭނުމެއް ނޫން.. އިސްތިއުފާ! ހަރުއަޑުން މިގޮވަނީ އިސްތިއުފާ..!

 11. ޟި

  ޢުތުރު ތިލަފަޅު ގެ އެއް ބަސް ވުން ވެސް ހާމަ ކޮއް ލަ ދިނުން އެދެން.

 12. ޒ

  މަޖިލީސް ދައުރު ނިމެންދެން ހަމަ ހޭވެސް އަހާނުލާނެ. ޣޮނޑިއެއް ގެލިޖެއިޔާ ދެން އެ ގޮނޑި ނުލިބޭކަން ކަށަވަރު ވާތީ.

 13. ކަޑަ

  ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ