ކޮވިޑް-19 ގެ ހާލަތު ގޯސްވެ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެެމުން އަންނަ މީހުންގެ އަދަދު 16 އަށް އަރައިފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީން ހާމަކޮށްފައިވާ ގޮތުގައި، މިހާރު 16 މީހަކު ދަރުމަވަންތަ ހޮސްޕިޓަލް އައިސީޔޫގައި އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަ އިރު އޭގެެ ތެރެއިން ފަސް މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ދަނީ ފެތުރެމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެމުންދާ ވަރު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދުތައް 1000 އިން މަތީގައި އުޅުނުއިރު، އޭގެ ތެރެއިން މާލެ ސަރަހައްދުން ފައްސިވި އަދަދުތައް އުޅެނީ 900 އިން މަތީގައެވެ.

މިފަހަަަކަށް އައިސް ރާއްޖެއިން ކޮންމެ ދުވަހަކުވެސް ދަނީ ކޮވިޑަށް ފައްސިވާ އަދަދުތަކުގެ ރެކޯޑް ހަދަމުންނެވެ.

މިހާރު ރާއްޖޭގައި ކޮވިޑް ޖެހިފައިތިބި 11،000 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ. އަދި ރާއްޖެއިން ކޮވިޑަަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 38،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، ބަލީގައި ނިޔާވި މީހުންގެ އަދަދު 87 އަށް އަރައެވެ.

ރާއްޖޭގައި ކޮވިޑް ފެތެރުމުންދާތީ ހަރުކަށި ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުންޑޭ

    މުޅި ރައްޖެއަށް އިންޑިއާ މުންޑުބުރިލާ ބަބުރުވަސްދުވާ ޓޫރިސްޓުންގެނެސް ބަލި ފަތުރާލަފައި ފެސިލިޓީތައް ނެތް ގައު މެއްކަން އެނގިހުރެ މި ޖަރިމާ ގަސްދުގައި ހިންގައި ރައްޔިތުން ނުރައްކަލަށް ހުށައެޅުވި ވެރިން ނަށް ޖިނާއީ ދައުވާކުރަންޖެހޭ!!