ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އަވަހަށް ގެނައުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު، ދައުލަތުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަންގަވައިފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި، މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކުގެ އިތުރުން އެ ދެ ބޭފުޅުންނަށް ހާއްސަކުރެވިފައިވާ ރަސްމީ ގެކޮޅު ހަމަޖެއްސުމުގެ މަސައްކަތް ގާނޫނުތަކުގެ ތެރެއިން ކުރެއްވުމަށް ރައީސް އިރުޝާދު ދެއްވިއެވެ.

އަދި މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން މިކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް މިކަންކަަން ކަށަވަރު ކުރެއްވުމަށް ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވެސް ރައީސް ވަނީ އެޓަރނީ ޖެނެރަލަށް އަންގަވައިފައެވެ.

އިއްޔެ އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ރައީސް ވަނީ މިކަން މަޖިލީހުގެ މެންްބަރުންނާވެސް ހިއްސާ ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮވިޑް

    ހޫމް ތީ މިޤައުމަށް އެންމެ ބޭނުން ޖެހިފަ އޮތް ކަމަކީ މިހާލަތުގަ. އަޅެފަހެ ތީ ހަމަ ބުއްދި ސަލާމަތުން ހުރި ހިއްސުތަށް ސަލާމަތުންހުރި މީހެއްތަ ޤައުމުގެ ރައީސޯ ؟ އިސްތިއުފާ ދީބަލަ ލިސްޓްގަ ނަން ތިން ހިސާބަކު އެބައޮތޯ؟

    23
    2
  2. ޑައެލޯގް

    ހަދާނަށް އަންނަނީ މައުމޫނު ތީމުގޭގައި އުޅުނީތީވެ، މިރީދޫކުދިން ގޮވިބަދިވަރަށެވެ. ކީއްކުރާ ގެޔެއްހޭ ކީއްކުރަންކުރާ ބޭކާރު ޚަރަދެއްހޭ. މިހާރު ރައީސްގެ އިތުރުން ނައިބުރައީސް، އުއްތަމަ ފަނޑިޔާރު، މަޖްލިސްގެ ރައީސް

    26
    1
  3. ށ

    ޙެޔޮނުވާނެ ރައްޔިތުންގެ ޚަޒާނާ ތިބޭފުޅުން ނަގައި ހުސްކުރަން . ޢަނެއްކާ ކޮންމެމީހަކަށް ގަނޑުވަރު ނޯކަރު ކަރަންޓްބިލް ސާބަސް .

    23
  4. ާަށ

    ޙެޔޮނުވާނެ ރައްޔިތުންގެ ޚަޒާނާ ތިބޭފުޅުން ނަގައި ހުސްކުރަން . ޢަނެއްކާ ކޮންމެމީހަކަށް ގަނޑުވަރު ނޯކަރު ކަރަންޓްބިލް ސާބަސް .

    19
  5. ހުސޭނުބޭ

    ދެން ނެތްތަ ގެއެއް އަޅާ ދައުލަތުގެ ޚަޒާނާއިން ހުރިހައި ޚަރަދެއް ދައްކަންޖެހިފައި ހުރި ބޮޑެއް؟

    16
  6. ދަރަނި ދަންތުރަ

    ހަމަ ސާބަސް ގައުމަށް ލިބޭހުރިހާ ފައިސާއެއް ތިޔަ 4 މީހުންނަން ތަޅާބުރުވާ ، އެތައްބަޔަކު މިގައުމުގައި އަނގަޔާ އަތާ ދިމާނުވެ އެބަތިބި ނިކަމެތިންގެ މަތިން ވެރިމީހަ ހަނދާންނައްތާލައިފި ސަރުކާރު ވަޒީފާގައި 12 ގަޑިއިރު މަސައްކަތްކުރީމަ 6000 ރުފިޔާ ނުލިބޭ ، މިހާރުވެސް ކުރީގެ ރައީސުންނަން މަހަކު އެތަށް ލައްކަ ރުފިޔާއެއް ހޭދަކުރޭ ކޮބާ ނިކަމެތި ފަގީރު މީހާގެ ހައްގު....

    15
  7. ބޯޖަލީލު

    މީހަކު ހޭބަލިނުވާވަރުތަ ؟

    12
  8. ލލ

    މުޅި ޤައުމު ލޮކްޑައުން ކޮށް ރައްޔިތުން އަގަޔާއި އަތާއި ދިމާ ނުވެގެން އުޅޭއިރު މިމީހުން ދައުލަތުގެ މާލިއްޔަތު ނޮޅާލަން މޮޅުކަމެއް !

    12
  9. ޙ

    ކޮންމެ ރައްޔިތަކައްވެސް ދޭނޥީނުން ގެއެއް. ތިއީ ރޭވުން ދަނޑިވަޅު ބަލާފަ މިހާރު އަންނި ތިއެދުނީ ގަނޑުވަރަކަށް ބޮޑުމުސާރަނަގައިފަ ގަނދުވަރުވެސް ދޭންވީ ހުރިހާއެއްޗެއް ކަލޭމެންނަށް. ސިވިލް ސާވެންޓައް އޮތްއެއްޗެއްނެތް. އިޅުއްވަނީ ޕެންސަންގެ ގޮތުގަ އެއްޗެއް ލިބޭތީ އެވެސް ކަނޑައިލަށް. 2 ރިސޯޓުން ގައުމު ހިންގާމީހުންނަށް ބާކީ ހުރިހާއެއްޗެއް

  10. ބަރުގޮނު

    ރ. ނަޝީދު ގެ ރައީސް ކަމުގައި ރައީސް މައުމޫނު ބަދުނާމުކުރަން ރިޔާސީ ގަޑުވަރު އުވާލާ ރަން ފާޚާނާ ތަށްޓެއް އެބަހުއްޓޭ ކިޔާ 3 ، 4 ދުވަސް ވަންދެން ހަވަރަށް ހުޅުވާލާ ، ކޮންމެހެން ރައީސުލްޖުމްހޫރިއްޔާ ހުންނާކަށް ބޭނުމެއްނޫނޭ ކިޔާ ހެދީ ނަޝީދާ އެމް.ޑީ.ޕީ މީހުން. ނަޝީދަށާ އެމް.ޑީ.ޕީ މީހުން މިހާރު ގަބޫލުކުރާނެތޯއްޗެއް ޤަވްމުގެ އިސްވެރިންނަށް ރަސްމީ ގެ ހުންނަން ޖެހޭނެކަން. ހަދާން އެބަހުރިބާ ރައީސް މައުމޫނުގެ ސެކިއުރިޓީ ކަޑުވާލިކަން. މިހާރު މިމީހުން މިއުޅެނީ "އުބަށް ޖަހައިގެން."

  11. ބޯހަލާކު

    އަނެއްކާ އަނެއް ދުއްޕާން