‏ރ. އަލިފުށި ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ބަޔަކާއެކު ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ މަސައްކަތް 330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހު ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އުންމީދުކުރެއެވެ.

މި މަޝްރޫއު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ އަބްދުއް ރަހްމާނެވެ.