އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންތިޚާބީ މަގާމުތަކުގެ މީހުންގެ މަގާމު ގެއްލެން، އާންމު އުސޫލަކުން އޮންނަނީ ދެ ގޮތަކަށެވެ. އެއީ އަމިއްލައަށް އިސްތިއުފާ ދެއްވުން ނުވަތަ ޖިނާއީ ކުށެއް ކުރި ކަމަށް ޝަރީއަތުގައި ކަނޑައެޅުމެވެ. އެހެންވެ ޚިޔާނާތުގެ ލިސްޓު ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ހުށަހެޅީ އިންތިޚާބީ މަގާމުތަކުގެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަސް ކުރުމަށެވެ.

ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން މިހާރު ކުރިއަށްދާ ބައްދަލުވުމުގައި އީވާ ވިދާޅުވީ އިންތިޚާބީ މަގާމުތަކުން ދުރު ކުރެވޭނެ ގޮތެއް ނެތަސް ސިޔާސީ ޕާޓީތަކަށް މި ކަމުގައި އަމަލު ކުރެވޭނެ ގޮތްތަކެއް އެބަހުރި ކަމަށެވެ. އަދި އެމްޑީޕީއިން މިކަމުގައި ފިޔަވަޅު އަޅާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑު ނިސްބަތްވާ ޕާޓީއިން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން، އެމްޑީޕީއިން، މި ލިސްޓުގައި ހިމެނޭ އެމްޑީޕީގެ މީހުނާ މެދު، އެ ފިޔަވަޅު އަޅަން އޮންނަ މަރުހަލާއެއްގެ ތެރެއިން، ކުރިއަށް ގެންގޮސް ފިޔަވަޅު އަޅާނެ ކަން،" އީވާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މި ލިސްޓު އާންމު ކުރަން މަޖިލީހުން ވަނީ ނިންމައިފައެވެ. މަޖިލީހުގެ ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ޖަދުވަލުގައި އެ ލިސްޓު ހިމަނާނެއެވެ. މި ލިސްޓު މަޖިލީހަށް ޚިއްސާކޮށްފައިވަނިކޮށް އޭގެ ލިސްޓެއް ރޭގެ ވަގުތެއްގައި މީސް މީޑިއާއަށް ވަނީ ލީކު ކޮށްލައިފައެވެ. އެކަމަކު އެއީ ސައްހަ ލިސްޓު ކަމެއް އަދި ސާފެއް ނޫނެވެ.

މި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުލަތުން ގެއްލިގެން ދިޔަ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. މިހާރު މި މައްސަލަ ތަހުގީގު ކުރަމުންދަނީ ރިޔާސީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ގުޅިގެނެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ފަރުހަތު

    އަވަސް ކުރައްވާ، އަކުރަމް ކަމާލުއްދީން ޕްލޭނިންގ މިނިސްޓްރީން ވަކި ކުރޭ. މި ސަރުކާރުގެ ނަން ވެސް ހަޑިވަނީ މިހާރު ވެސް އޭނަ ހިންގާ ކަމަށް ބުނާ ހިޔާނާތުގެ ސަބަބަުން

    15
    1
  2. ރައްޔިތުން

    ޕާރޓީ އިން އެމީހުން ކަނޑާލަން ފެނޭ

    14
    1
  3. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    އައި ލަވްޔޫ އީވާ! ޔޫ އަރ ދަ މޭން އެން ވިމެން! މޫނަކަށް ކަދުރާ އަކަށް ނުބަލާ ފިޔަވަޅު އަޅާ. ސާބެއަށް ވެސް އަޅާ. އޭނަ ނެތިއްޔާ ޒައިތޫނި ފަތްކޯޅި އެއް ހިފައިގެން ކިއުގެ 1ވަނައިގައި މަ އެބަހުރިން. ވ. ސަލާން. ގައުމަށް ބޭނުންވަނީ އިޚްލާސްތެރިން. ވަގުންނަށް ސޭ ނޯ!

    13
    2
    • އޭބުރޯ

      ވަރަށް ކަޑައޭ، އީވާގެ ފިރކަލުންގެ ނަން އެބަ އޮތް، ކޮންފިޔަވަޅެއްބާ އީވާ އަޅުއްވާނީ...

  4. ކޮވިޑް

    އެ ގަޓް އެބަހުރިތޯ؟ މަތިން ރިތިޔަށް ދެއްތޯ؟ ފައްޓަވާނީ ރައީސުން ފެށިގެން ދެއްތޯ، އިބޫ އަކީ އެމްޑީޕީ މީހެއް ކަމަށް ވަންޏާ އެ ނަން ވެސް ލިސްޓްގެ ތިން ތަނެއްގަ އެބައޮތޭ ކިޔާ އަޑު އިވޭ، ކަމަނާ ފިރިކަލުންނޭ ވެސް ކިޔާ އަޑު އިވޭ ،

    20
  5. ޑައެލޯގް

    ކޮންފިޔަވަޅެއްއަޅާނީ. އެއޮތީ އަންނިބުނެފަ " ތިމަންނާއަށް އެގެޔޭ އަދީބަކީ ފަންޏެއްކަމާއި އެހެންވެ އަހަރެން ފޮނުވިމީހެކޭ އަދީބަކީ" މިއީ ޔޯލަވާހަކައެއްނޫނެވެ. އަހަރެންވެސް އިންމަޖިލީހެއްގައި ދެއްކިވާހަކައެވެ. އެއޮތީ ވީޑީއޯ ދެންކޮބާ އިބޫ ނުވާނެތިކަމެއް އީވާ

    22
    1
  6. ހަސަދު

    ފިރިކަލުން އެއްޗެއްގައި ޖެހޭ އިރު އަބި މީހާ އަކަށް ނެގޭތޯ.

    26
  7. ކާލީނަރީބުރޯ

    ފިރިމިހާވެސް ފިރިކަމުން ވަކިކޮށލަން ފެނޭ ދެގޮތެއް އޮތީ އޭނަ އަމިއްލަށް ވަކިވުން ނޫނީ ޖިނާއިކުށުގެ ހުކުމާކާއި އެކު ކޯޓުން ނިއްމާލުން

    21
  8. ބަރުގޮނު

    އީވާއަށް ހީވާގޮތް ބަހަކުން ބުނެލާހާ ފަސޭހައެއް ނުވާނެ. ޕާޓީ ތެރެ ދަރަހިލެގެން ދިޔާމާ ދެން ޖެހޭނީ އަޅަން އުޅޭ ފިޔަވަޅު ނާޅާ ހުއްޓާލަން.

    11
  9. ސަދޫމް

    ތިޔަނިމުނީ އެމްޑީޕީގެ މީހުންނައް ފިޔަވަޅު އަޅާފަ އެހެން މީހެއްވިއްޔާ މަޤާމުން ދުރުކޮއްފަ ޖަންގަލީގެ އުސޫލުދޯ ކަލޭމެންގެ ތިހުންނަނީ ބޮޑުއެތި ނުކުމެ ކުޑައެތި ކާލީމާ ނުިމުނީ ހަމަ ޔަހޫދީންގެ ގޮތް ތިމާމެން ކޮއްފިއްޔާ ކޮންމެ ކަމެއްވެސް ސައްހަ އެއީ ހެޔޮނިޔަތުގަ ކުރިކަމެއް އެހެޔޮ ޙަރާމް އެއްޗަކަސް އެމްޑީޕީ ވެއްޖެއްޔާ އެޙަލާލުވާނެ ކޮން ފިޔަވަޅެއްއަޅާކައް ވަކިކުރަން ޖެހޭނީ

    13
  10. އެމަންޖެ

    އީވާއާ ނަޝީދާ ދެމީހުނައް ކޮންބައެއްތޯ ފިޔަވަޅު އަޅާނީ....؟؟؟

    20
  11. ކޮރަލް

    ފިޔަވަޅު އަޅަން ވީ ޕާޓީ އަކުން ނޫނެވެ. ޕާޓީ އަށް ފިޔަވަޅެއް ނޭޅޭނެ އެވެ.

    15
  12. މާޒިން

    ހަހަހަހަހާ. ދެން ދިވެހިން ހެއްލިގެން ގޮސް އެކަންވެސް ގަބޫލު ކުރަންވީތޯ. ތިކަން ތިހެންކަން އޮތީ ހުދު ތިބޭފުޅުންނަށްވެސް އެނގޭ. މިރާއްޖެ އަކު ނެތް ތިބުނާ ހުދު ފޮތިކޮޅެއް. ހުސް ހިޔާނަތްތެރިން. އެހެންވެ ބުނަނީ ޕޮލިޓިކްސް އަކީ ޑާޓީ ގޭމް އެކޭ. ތި ސާފުކުރާކަށް ފަސޭހަ އެއް ނުވާނެ ކިތައްމެ ވަރަކަށް ނުކުރާ ކަމަކަށް ހަދާ ފަސް އަަަަޅަން އުޅުނަސް. އެެންމެ ރަނގަޅުވާނީ އިތުުރު ވާހަކަ ނުދައްކާ ދެންވެސް އެންމެން އިސްތިއުފާ ދިނީޔާ.

    15
  13. ހުސޭނުބޭ

    މީގަ އެބައުޅޭ އަމިއްލަ އަތުން ނުކައި، އެހެން މީހުން ލަވާދިނީމާ ވަރަށް ރަގަޅަށް އެމްއެމްޕީއާރުސީގެ ފައިސާ ކައިގެން ތިބި މީހުންވެސް. މި ބުނީ ފިރިކަލުންނަށްވެސް ލިބުނު ވާހަކަ!

    18
  14. ސަހަރޯ.

    ޕާޓީން އެކަނީ ފިޔަވަޅުއަޅަން ވީކީއެއް.. ޖިނާއީ ދައިވާކޮށް ތިލަފަތް ހަމަ ކުރަންވީ.

    17
  15. ދޮން ހަސަން

    ޕާރޓީގެ ފިޔަވަޅެއް ނޫން.. ދައުލަތުން މީން އެއްވެސް މީހަކަށް އަދި އޭނާގެ ކްލޯޒް ރިލޭޓިވްއަކަށްވެސް ޓެކްސް ޕޭޔަރުންގެ ފައިސާއިން ދެން މުސާރަދީގެން ނުވާނެ..

    އެއީ ޓެކްސް ޕޭޔަރުންގެ ފައިސާ ވަގަށް ބޭނުން ކުރި އާލާތުން.. ޚާއިނުން ޢައްދާރުން.. ހީލަތްތެރީން މަކަރުވެރި ވަގުން

    އެންމެ އިސްތިއުފާ ދީ..! އެންމެންގެ މުސާރަ ފްރީޒްކޮށް ފައި ގޮޑިން ވައްޓާލާ..! އަމަޔަސް ބަޔަސް ދަރިޔަށް ސްޕައުސްވިޔަސް ހެޔޮ..!

    ކަލޭމެން ވަގަށް ނަގާ އަދި މުސާރައިގެ ގޮތުގައި ނަގާ ދައުލަތް ކަވާ ހުސް ކުރަނީ..!

    15
  16. ޙުސެން

    ރާބުއިމާ ގަންޖާ ބުއިމަކީ ވެސް ޙައްދު ކަނޑައެޅިފައި ވާ ކުށްތައް މިކަންކަމަށް ތުހުމަތު ކުރެވި މިކަންކަން ކުރަނިކޮށް ބޮޑީގާޑުން ނަށް ފެނިފަ ވާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭނެ

    • ހޭބައްޔާ

      ތިޔަކަމުން ގެއްލުންވާނީ އެކަން ކުރާ މީހާއަށް، ރައްޔިތުންނަށް ބިލިޔަނުން ގެއްލުމެއް ނުވާނެ.

      1
      1
  17. ބަލާއެެއް

    ވަކި ކުރޭ އެނޫން ފިޔަވަޅެއް ނެތް

  18. ހުތް އަލި ދީދީ

    ދޮން ހަސަނުގެ ކޮމެންޓް ހަމަ ސްޕާރ، ވައްޓަ އަ މޭން ޔޫއަރ

  19. ޕަކާސް

    ފިރިކަލުންނަށް އީވާ ފިޔަވަޅެއް އަޅުއްވަންތޯ؟

  20. ބަލާމީހަ

    ހަމަ ތިޔަގޮތައް ބަލަންޖެހޭނެނޫންތޯ ޖީއެމްއާރއައް އެއަރ ޕޯޓް ދީގެން ފައިސާހޯދިމީހުން މީއެންމެން ދަންނަބޮޑުސިއްރެއް އެއީވެސް ރައްޔިތުންގެ ތަރިކަމުދާ މީހަކައް ވެރިކަން ލިބޭއިރައް ބޭނުންބަޔަކައްދީ ވިއްކާލާކައްނޫން ވެރިކަން ހަވާލް ކުރަނީ

  21. ކިނބޫ

    ނަޒާހަތްތެރި ވަގުން

  22. ސަލާމާ

    ލިސްޓުން ނަން އުނިކުރިމީހުންގެތެރޭގައި އިބްރާހީމް މުޙައްމަދު ޞާލީހް ، މުޙައްމަދު ނަޝީދު ، ޕީޖީ ޝަމީމު ، ޢަބްދުﷲ ޝާހިދު ، މާރިޔާ ، އީވާގެ ފިރިމީހާ ހިމެނެއެވެ. ފިޔަވަޅުއަޅަން ކެރޭނޭހެއްޔެވެ؟