އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވި ގޮތުގައި، ހޯދަމުން އަންނަނީ އައިމިނަތު ހުމައިނާ ޒަކަރިއްޔާ ކަމަށެވެ. ހުމައިނާ ގެއްލިގެން ހޯދަމުން އަންނަނީ މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު 12:15 ހާއިރުން ފެށިގެން ފެށިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ހުމައިނާ އެންމެ ފަހުން ލައިގެން ހުރީ ހުދު ހެދުމަކާއި ކަޅު ޖިންސެކެވެ. މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، 3322111 އަށް ނުވަތަ 9631696 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ފުލުހުން ވަނީ ހުމައިނާގެ ދެ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. އާރިއްޕެ

  ކޮންތާކުން؟ ފޮޓޯއެއް ޝެއަރ ކޮއްލިނަމަ އާންމުންނަށް ފަސޭހަވީސްދޯ

  3
  16
 2. ޗަކޮއި

  21 ހެން ހީވެސް ނުވޭ....!!

  40
 3. ހުސޭނުބޭ

  ޢީދަށް ހެދުންގަންނަން އެކޮއި ދިޔައީ

  23
 4. ޅޖގ

  ޓިކް ޓޮކު ވެސް ކުޅޭ ކުއްޖެއް ދޯ

  15
 5. ކެނެރީ

  ޢީދަށް ކައިރި ރަށަކަށް ދިޔައީ ، މައިމޫނާޔަށް ސިއްރުން

  17
 6. ކަޑިންމަ

  ތި ވާނީ އީދައް ޝޯ އެއް ދޭން ދިޔައީ ކަމައް ކައިރި ރަށަކަށް. ތިމަންޖެ ވަރަށް މޮޅުވާނެ ނަށަން

 7. ޢާލިމް

  ވާނުވާ ނޭނގި ފާޑުފާޑުގެ ކޮމެންޓް ނުކޮށް ތިބެން ދަސްކުރަން ވެއްޖެއެއްނު ދޯ.

  1
  1
  • އަމައިކޮޅެ

   ވާނޫވާ ނޭންގި މިކަހަލަ މަޝްހޫރު ކުދިން ގެއްލެންޏާ ކޮމެންޓު ވެސް ކުރާނެދޯ

 8. ޔ

  ގެސްޓްހައުސްތައްވެސް ޗެކްކޮއްލަބަލަ