އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފިއެވެ. މީގެ ކުރިން ރޭގެ ވަގުތެއްގައި މީސް މީޑިއާއަށް އާންމު ވެގެން ދިޔަ ލިސްޓާއި މި ލިސްޓު ތަފާތު ކަން އެނގިއްޖެއެވެ.

ރޭގެ ވަގުތެއްގައި މަޖިލީހުގައި އޮތް ލިސްޓު ކަމަށް ބުނެ މީސް މީޑިއާއަށް ލީކުވެގެން ދިޔަ ލިސްޓުގައި އޮތް ބައެއް ނަންނަން މަޖިލީހުން އާންމު ކުރި ލިސްޓަކު ނެތެވެ. މި ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަން ލީކުވި ލިސްޓުގައި އޮތްއިރު، މަޖިލީހުން އާންމު ކުރި ލިސްޓަކު ނެތެވެ.

ކުރިން ލީކުވި ލިސްޓުގައި ނެތް ބައެއް ނަންނަން މަޖިލީހުން އާންމު ކުރި ލިސްޓުގައި އޮތެވެ. މި ގޮތުން ޚިޔާނާތުގެ އެންމެ ބޮޑު ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން މަޖިލީހުން އާންމު ލިސްޓުގައި އޮތެވެ. ރޭ ލީކުވި ލިސްޓަކު ނެތެވެ. އަދި އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރުގެ ނަން މަޖިލީހުން އާންމު ކުރި ލިސްޓުގައިވެއެވެ. ރޭގެ ލިސްޓަކު ނެތެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުގައި ދައުލަތުގެ ވަޒީފާތަކުގައި މިހާރު ވެސް ތިބި 119 ނަމެއް އޮތެވެ. މީގެ ތެރޭގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ހިމެނެއެވެ.

ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުން އެ ވަޒީފާއިން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އިންތިޚާބީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް ލިސްޓުގައި އޮތުމުން އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ހަމަ ދައްޖާލުން. ޑިސީވަރސް. ރަޢްޔިތުން ގުނބޯ ހައްދަނީ. ތި އެންމރންގެ މައްޗަާް ދައުވާކުރޭ. ހަސަނާ ޝަމީމަކީ ހިޔަޅުން. އެމީހުންގެ މައްސަލަ އެންމެ ފުރަތަމަ ފޮނުވަން ޖެހޭނީ.

    9
    1
  2. ޢަލިބެ

    އެންމެގިނައިން ތިފައިސާބޭނުންކުރި އެމްޑީޕީގެ އިސްސަފުގެ މީހުން ތި ހާމަކުރާ ލިސްޓަކު ނޯންނާނެ. އަޞްލު ލިސްޓް އެއޮތްގޮތަށް ހާމަކުރާކަށް ނުކެރޭނެ.

    33
    4
    • ވަގަށްނެގި އިންތިހާބު

      މިރާއްޖޭގަ އުޅޭ ބުޅާތައްވެސް ގަބޫލު ނުކުރާނެ އެމްޑީޕީ ސުޕަ މެޖޯރިޓީ އޮތް މަޖުލީހުން އުނިއިތުރު ކޮށްފައި ނެރުނު ލިސްޓު!

      9
      2
  3. ތުރިޕުލްައެލް

    ސާބަސް ރައީސް ނަސީދު ތީ އަހަރެމެންގެ ރައީސް އަކީ [އިބޫސޯލިހު އައް ދަންނަވަން ] ލިސްޓުގަތިބި ސަރުކާރު ހުރިހާ އެންމެން މިހާރުން މިހާރައް ވަޒީފާއިން ވަކިކުރުމައް ގޮވާލަން

    12
    12
  4. ހުސޭނުބޭ

    އެންމެ ބޮޑެތި ވަގުންގެ ނަންތައް ކަނޑާލާފައި ލިސްޓްވެސް އެކުރީ ގަޑުބަޑު

    33
    3
  5. ޑެއިލް

    އިބޫގެ ނަމެއްނެތް.ކިހިނެއްމިވަނީ. ތީއަދި ރަނގަޅު ލިސްޓެއްނޫން. ކޮންމެ އިދާރާއަކަށް ލިސްޓެއް ހަދަންވީ.

    21
    3
  6. ތޮރާ

    ލިސްޓް ނެޔެންތިތިބީ ބޮޑު ވަގުން ދެންވާނެގޮތްވިސްނާ އެހެންވެ ބޮޑެތިވަގުންގެނަންތައްއުނިކުރީ

    5
    1
  7. ޢަހުމަދު

    ގެއްލުނު ނަންތަކާޢި އެކު ތިޔަ ލިސްޓްގެ ސައްހަ ކަން ގެއްލި، އިތުބާރު ގެއްލި ތާއީދުވެސް ގެއްލިއްޖެ...

    5
    1
  8. މިނު

    ކޮބާ އިބޫ އާއި ނަޝީދު ގެ ނަން

    5
    1
  9. ޑަބިޔާ

    އެހެން ވާންވާނެ އާޒިމް ވިދާޅުވި އޭބޭފުޅާގެ ނަންނަގަން. ބަދަލުވުން އެކަށީގެންވޭ

    6
    1
  10. ވަގުން ވަގަށް ގޮވަނީ..

    ވަގުން ވަގުންގެ ލިސްޓް އާންމުކޮށްފި!