ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ނަން ނެތި، އެ ދެ މީހުންގެ ނަން ގެއްލިއްޖެއެވެ.

ރޭގެ ވަގުތެއްގައި މަޖިލީހުގައި އޮތް ލިސްޓު ކަމަށް ބުނެ މީސް މީޑިއާއަށް ލީކުވެގެން ދިޔަ ލިސްޓުގައި އޮތް ބައެއް ނަންނަން މަޖިލީހުން އާންމު ކުރި ލިސްޓަކު ނެތެވެ. މި ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަން ލީކުވި ލިސްޓުގައި އޮތްއިރު، މަޖިލީހުން އާންމު ކުރި ލިސްޓަކު ނެތެވެ.

ކުރިން ލީކުވި ލިސްޓުގައި ނެތް ބައެއް ނަންނަން މަޖިލީހުން އާންމު ކުރި ލިސްޓުގައި އޮތެވެ. މި ގޮތުން ޚިޔާނާތުގެ އެންމެ ބޮޑު ބައިވެރިން ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން މަޖިލީހުން އާންމު ލިސްޓުގައި އޮތެވެ. ރޭ ލީކުވި ލިސްޓަކު ނެތެވެ. އަދި އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރުގެ ނަން މަޖިލީހުން އާންމު ކުރި ލިސްޓުގައިވެއެވެ. ރޭގެ ލިސްޓަކު ނެތެވެ.

މަޖިލީހުން އާންމު ކުރި ލިސްޓުގައި ދައުލަތުގެ ވަޒީފާތަކުގައި މިހާރު ވެސް ތިބި 119 ނަމެއް އޮތެވެ. ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުން އެ ވަޒީފާއިން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އިންތިޚާބީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް ލިސްޓުގައި އޮތުމުން އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުން އެ ވަޒީފާއިން ވަކިކުރަން މަޖިލީހުގެ ކޮމިޓީން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އިންތިޚާބީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް ލިސްޓުގައި އޮތުމުން އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.<

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ސީމާ

  ކޮރަޕްޓް މީހުންނަށް ލިސްޓުން ނަން އުނިކުރަންވެސް އެހާމެ ފަސޭހަ. ޕޖއަށް އިތުބާރެއްނެތް

  54
  2
  • ވަޓް ދަ ކެޓް

   މިރާއްޖޭގަ އުޅޭ ބުޅާތައްވެސް ގަބޫލު ނުކުރާނެކަން ޔަގީން އެމްޑީޕީ ސުޕަ މެޖޯރިޓީ އޮތް މަޖުލީހުން އުނިއިތުރު ގެނެސްގެން ނެރެފައި އޮތް ލިސްޓު!

   30
  • ގައުމެއް ނެތޭ..!!

   ވަގުން އެކަކު އަނެކަކަށް ވަގަށް މިގޮވަނީ ވެސް!

   24
 2. ބަޅ

  ޢަ ވަހަށް ލިސްޓުން ނަން އުނިކޮށްފަ ރިލީސްކޮށްލީ އަހަރެމެންނަށް އޮޅު ވާ ލެ ވޭނެކަމަށް..

  54
  1
 3. ވަގު ލިސްޓު

  ކަލޯ ރައްޔިތުންނަށް އިގޭ ބަޔަކު ކުޅޭ ޑުރާމާކަން.ކޮބާތޯ އަދީބު ބުނި ރއސ އަށްދިން ފައިސާ. ޢނނ އަށްދިންބައި.އަދީބު ލގްޒަރީ ލައިފް ވެދުންކުރީ ތިޔަ ދެނަން އުނިކުރަންދޭ ހެކިބަހަށްތޯ.

  49
  1
 4. ހަސީނާ

  ކުރިންވެސްނެތް، ލީކުވިއްޔޭ ބުނީ އަމިއްލަޔަށް ބަޔަކު ހިތްހަމަޖައްސަން ހެދި ފޭކު ލިސްޓެއް.

  22
  13
 5. ނިކް

  ނަން ގެއްލުނީއެއް ނޫން ފޭކު ލިސްޓެއް ނެރެގެން ޕީޕީއެމުން ސީޝިއަލް މީޑިއާގަ އެނބުރީ މަޖިލީހުން އަސްލު ލިސްޓު އާންމު ކުރުމުގެ ކުރިން

  3
  66
 6. ރޮޒޭނާ

  މަގޭ ނަން ލިސްޓުން އޮންނާނީ ގެއްލުވާލާފައި!

  26
 7. ޢަޒީމް

  އީވާގެ ފރިކަލުންގެ ނަންއޮތްތަ؟

  37
 8. ރެފްރީ

  ޖާދޫގެމަޖިލިސް.. ތިހެންކޮށާމަށާހަދާނިމޭއިރު އިދިކޮޅުނޫންމީހެއްގެނަމެއްނުފެންނާނެ!! އަލިފު ހާ

  37
 9. ބޮޑުގޮހޮޑާ

  ގެއްލޭނެ ގެއްލޭނެ އަދި އިތުރު ވެސް ވާނެ!!

  38
 10. ސާބެ

  ކޮބާ ސާބެ ގެ ނަމެއްވެސް ނެތް.

  33
  • ޑިޔާނާ

   ޖާބިރު ހާދަބާރަށް ހަޅޭއް ލެ ވިޔޭ ޚިޔާނާތުގެ ފައިސާ އިބޫ ކިޔާ މީހަކަށް ލިބުނޭ ކިޔައިގެން ވެސް އެމީހާގެ ނަމެއް ވެސް ނެތް ދޮއްތަ

   18
 11. ޙގގފ

  ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ

  18
 12. ޢަހުމަދު

  އީވާގެ ފިރިމީހާގެ ނަން ނެތް ވާހަކަ ވަޤުތު ނޫސް ލިޔާމީހުންނަށް ލިޔަން ނުކެރުނީތަ؟

  21
  1
 13. ރަދީފް

  އަހަރުމެން ތިޔަ ލިސްޓަށް އިތުބާރެއް ނުކުރަން.

  21
  • ސަލާމް

   ކަލެއާއި ކޮންބެހޭކަމެއް.
   ކަލޭގެ އިތުބާރެއް މިކަމަކަށް ބޭނުމެއް ނުވޭ.

 14. ރަށުމީހާ

  ތީބޮޑައްތިބި ދެމީހުނާއަދީބުގުޅިގެން މިހާރުމޮޑޭ ފުށްގަނޑެށް ތިޔަތްބޭނުން ބައްޓަމެގެނެވޭނެ

  18
  • އަގްލީ ބެޓީ

   އަދީބަކީ ތިބުނާހާ ގޯސް މީހެއްނޫން.
   އޭނާ ނެގި ފައިސާ އޭނާ ދިން މީހުންގެ ވާހަކަ އެބުނަނީ. ދެން އެމީހުން އަތުން އެފައިސާ އަތުލީމާ ދައުލަތައް އެފައިސާ އަނބުރާލިބުނީ.
   އޭނާގެ އެއްބާރުލުން ނުދިންނަމަ ކިހިނެއް ތިހޯދާނީވެސް.
   ހަގީގަތުގައި އޭނާ މިނިވަން ކުރަންވެސް ޖެހޭ. ސބަބަކީ މިކަމަށް ދިން އެއްބާރުލުން ރަނގަޅުކަމުން.

   • ޢަލްގީ ސިކު

    ބުރާންޗާ. ފާސިގުންގެ ހެކިބަހެއް ނުނެގޭނެ، މިމައްސަލާގެ އެންމެ ބޮޑު ކުއްވެރިޔާގެ ހެކިބަސް، ހައްގުގޮތުގައި މިމައްސަލައިގަ ނެގޭނެ އެއްވެސް ގޮތެއް ނޯންނާނެ. ކަލޯމެން އަދީބު ބުރޯގެ ބުރ ދޫލަން އޮވޭ، ފަަރެއްގަ ރުފިޔާއެއް ލިބިދާނެކަމަށް

 15. އެމަންޖެ

  ތިޔަ ދެމީހުން ތިޔައީ ނަޝީދާ ގާތް ބަޔަކަވީމަ ނަން ބިރުން ފިލީ.

  20
 16. އަލި

  އޯކޭ، މިއަދު ބޭނުންގޮތެއް ހަދަން ވީ. އެހެން ދުވަހެއް އޮތްކަން ހަނދާން ކުރަންވާނެ އެކަމަކު.

 17. ބަބުރެ

  ލަދު ހަޔާތުގެ ކަންފުޅެއް ވެސް ތިބި ބައެއް ނަމަ ރައްޔަތުން ނަށް ތިކޮރަޕްޓް މޫނު ތައް ދައްކާކަށް ނުކެރޭނެ..ކޮން ކުރިމިނަލް އެއް ބުނާނީ އާ ކުރީމޭ ނެގީމޭ.. ރައްޔަތުންނަށް ތިއިން ކޮންމެ ނަމެއް ކިޔާ މާސްކެއްގެ ތެޜޭ ފޮރުވިގަނެގެން ތިބި ކުރައިމް ފޭސްތައް ފެނޭ..އޮޅުވާ ނުލެވޭނެ..ނަން ޑިލީޓް ކުރިޔަސް ނޯ ފަރަގް.....

 18. ވަތަނީ

  ނު ފޫޒް ފޯރުވައިގެން ލިސްޓުން ނަން އުނިކުރުމަކީ ޚިޔާނާތުގެ
  ފައިސާގައި ނުޖެހޭކަމުގެ ސަޓި ފިކޭޓެއް ނޫނެވެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއު ފާ ދިނުމެވެ.

 19. ބުރާންތިސް

  ރައްޔިުން ހޭލުންތެރިކަން ކުޑައީ.
  މިދިޔަ މަޖިލިހުގައި އަދި މިހާރު ހިނގަމުންދާ މަޖިލިހުގައި މިގޮވާމުން ބައި އެޅުނުމީހުން ޓައި އަޅާފައި ގޮސް ރައްޔިތުންގެ ފައިސާއިން މަހަކު 80 ހާސް ރުފިޔާ ހިފައިގެންދާއިރު މިތިބެނީ ބަލަން. އެއްމެ ފަހަރަކު އިސްތިއުފާ ދޭން ރައްޔިތުން އެމީހުން ކައިރީ ބުނިތަ ؟
  މައްސަލަ ބަލަން ތިބީވެސް އެލިސްޓްގައި ތިބި ފަގީރު ނިކަމެތި ކުދިން. ދެންވެސް ރައްޔިތުން މިބުނަނީ އެމީހުން ކައިރީ މައްސަލަ ބަލއިދޭށޭ.