ރަޝިއާއިން އުފައްްދާފައިވާ ސްޕުޓްނިކް ވީ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން އެމްއެފްޑީއޭ އިން ހުއްދަ ދީފިއެވެ.

އެމްއެފްޑީއޭއިން އެ ހުއްދަ ދީފައި ވަނީ މިއަދު އެވެ.

އެމްެއެފްޑީއޭ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި ހުއްދަ ދީފައިވާނީ މިހާރު އޮތް ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

އެހެންކަމުން އުމުރުން 18[އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި މި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށެވެ.

ސްޕްޓްނިކް 5 ވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ "ދަ ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ" އިންނެވެ.

މިހާރުވެސް 66 ގައުމެއްގައި އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި މި ވެކްސިން ބޭނުން ކުރަމުން ދެއެވެ.

މިއީ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ހަތަރު ވަނަ ވެކްސިނެވެ. މީގެކުރިން ރާއްޖޭގައި ކޮވިޝީލްޑް، ސިނޮފާމް، އަދި ފައިޒާ ވެކްސިން ބޭނުން ކުރަން ހުއްދަ ދީފައި ވެއެވެ. އަދި މި ތިން ވެކްސިންވެސް ގިނަ އަދަދެއްގެ މީހުންގެ ގަޔަށް ޖަހާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިންޑިއާ އައުޓް

    ފާޑު ފާޑުގެ ވެކްސިން ތަހުލީލު ކުރަން އެކިޒާތުގެ ޖަނަވާރު އެމްމެގިނައީ މިރާއްޖެގަ ވިއްޔާ ދޯ

    6
    1