އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދާއި ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ހިމެނިއްޖެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު މީގެ އިރުކޮޅެއް ކުރިން ވަނީ އާއްމުކޮށްފައެވެ.
އެ ލިސްޓުގައިވާގޮތުން މަހްލޫފްގެ މައްސަލައިގެ ތަހުގީގު ނިމި އޮތީ ދައުވާ ކުރާ ހިސާބުގައެވެ.
އަދި އެ ލިސްުޓުގައި އަކްރަމް ކަމާލުއްދީންގެ ނަން އޮތްއިރު، އޭގައި ވާގޮތުން ޖިނާއީ މައްސަލަ ހިންގޭ ވަރަށް ހެކި ނެތުމުން، މަދަނީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
މި ލިސްޓުގައި ވަޒީރެއްގެ ގޮތުގައި އިނީ ހަމައެކަނި މަހްލޫފްގެ ނަމެވެ.
މިނިސްޓަރު މަހުލޫފުގެ އެކައުންޓަށް އެސްއޯއެފުން 33000 ޑޮލަރު ޖަމާކޮށްފައިވެއެވެ. އަކްރަމްގެ އެކައުންޓަށް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައިވެއެވެ.
އެ މައްސަލާގައި އަކްރަމް އާއި މަހްލޫފް ސަސްޕެންޑްވެސް ކުރިއެވެ.
މި ލިސްޓުގައި މިހާރު ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އެ އެންމެން ވަޒީފާއިން ވަކިކުރަން ކޮމިޓީން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އިންތިޚާބީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް ލިސްޓުގައި އޮތުމުން އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.
މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ.
މިފަހަރު ކުޑައީދަށް ކަތިލާލަން ނިމުނު ދެ ކަންބަޅި ބަކަރި. ހަހަހާ. ހަމަ ހިނި އަންނަނީ.
މިދެމީހުންނަކަ ނުކެރުނުދޯ އިސްތިއުފާ ދޭކަށް، މިމީހުންގެ ލަދެއްވެސް ނުހުއްނަނީދޯ،؟