އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވި އަހުމަދު އަކްރަމާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ނަން އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނިއްޖެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު މީގެ އިރުކޮޅެއް ކުރިން ވަނީ އާއްމުކޮށްފައެވެ.

އެެ ލިސްޓުގައި އަކްރަމްގެ ނަން އެބަ އޮތެވެ. އެހެން ނަމަވެސް އެ ލިސްޓުގައި އޭނާއަށް ލިބުނީ ކިހާ ފައިސާއެއްކަން ހާމަކޮށްފައެއް ނުވެއެވެ. އޭގައި ވާގޮތުން ޖިނާއީ މައްސަލަ ހިންގޭ ވަރަށް ހެކި ނެތުމުން، މަދަނީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އެ ލިސްޓުގައި ބައްސާމްގެ ނަން އޮތްއިރު، އޭގައި އޮތީ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.

މި ލިސްޓުގައި މިހާރު ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އެ އެންމެން ވަޒީފާއިން ވަކިކުރަން ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ވަކިކުރޭ

  ވަޒީރެއްގެ ގޮތުގައި ނަން އޮތީ މަހުލޫފުގެ އެކަނި ކަމަށްވާނަމަ މިހާރުން މިހާރަށް ރައީސް އިބޫ ޖެހޭނެއޭ މަޚްލޫފު މަގާމުން ވަކިކުރަން މަޚްލޫފު ވަޒީރު ކަމުން ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

  1
  3
 2. އިސްތިއުފާ

  ތިމާވެށި މިނިސްޓަރު ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ ޝައުނާ އިސްތިއުފާ

  1
  1
 3. ހަލީމަ ދައިތަ

  އަނެއްކާ މަ ނަމެއް ނެތްތަ ތިޔަކު.. 🤔😬🤣.. އާ ތީގަ ރާއްޖެ ރައްޔިތުން ހިމަނައިފި ވިއްޔާ.. 😆😆