އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ލިސްޓުގައި ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ހިމެނިއްޖެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލިހަށް ފޮނުވުމުން މަޖިލިހުން ވަނީ އެ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައި "ސިއްރު" ޖަހާފައި އޮތަސް، މަޖިލިހުން ލިސްޓް އާންމު އާންމު ކުރުމުގައި އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ކޮމިޝަނުން އަންގާފައިވާ ކަމަށްވެއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި މަޖިލިހުން ލިސްޓް އާންމު ކުރީ އެއްވެސް އުނި އިތުރެއް ނުގެނެސް ކަމަށްވެއެވެ.

މަޖިލިހުން އާންމު ކުރި ލިސްޓުގައިވާ ގޮތުން ހިޔާނާތުގެ ފައިސާ ޝުޖާއު އަށް ލިބިވަޑައިގަތީ ބާރަށު ދާއިރާގެ މެމްބަރު ކަމުގައި ހުންނަވަނިކޮށެވެ. ޝުޖާއު އަށް ލިިބިވަޑައިގެންނެވީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ލިސްޓުގައި ބަޔާންކޮށްފައެއް ނުވެއެވެ. ޝުޖާއުއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ހޯދުމުގެ ސައްކަތް ދަނީ ކުރަމުންދާލިސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެކަމަކު، ޝުޖާއު "ވަގުތަށް" ވިދާޅުވީ އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއްގައި އެއްވެސް އިރެއްގައި ޖެހިފައި ނުވާނެ ކަމަށެވެ.

"އެމްއެމްއެޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިފައެއް ނުވާނެ. ތިއީ ކަނޑައެޅިގެން ދޮގު ވާހަކައެއް" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފައިސާ ނެގި ކަމަށް ތުހުމަތު ކުރަނީ ސިޔާސީ ގޮތުން އަނބުރު ކަތިލުމުގެ ނިޔަތުގައި ކަމަށެވެ. އަދި މިއީ އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ފުނޑާލުމުގެ ކުަރަމުންދާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި މި މައްސަލައިގެ ތަހުގީގު ހިންގަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގައި ދެފުށް ފެންނަގޮތަށް ހުޅުވާލައިގެންނެވެ. އަދި އެފަދަ ތަހުގީގަކަށް ފުރިހަމަ އަށް ތައްޔާރުވެވަޑައިގެން ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ފަހުގެ ތާރީހެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ހިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަންފާ

    ކަލޭ އެއްވެސް ހަރާން ލާރިއެއްގަ ނުޖެހޭނެ. އަހަރަމެން ނުދަން ޝުޖާއުއެއް ނޫނޭ ކަލޭ ތީ.

  2. މޮހޮރާ

    ކަލެއްށް ނުލިބި ދެން ލިބޭނެ އިތުރު މީހެއް މި ގައުމަކު ނުހުންނާނެ. ޕަޗަސް

  3. އިއްބެ

    ފުލެޓު ލިސްޓު ގަ ނަން އިން އެކަމު ފުލެޓު ނުލިބޭ

  4. ކިނބޫ

    ހޔާނާތު ގެ ފައިސާއިން 10 މިލިއަން އިބްެރާހިމް ސުޖާއު އަށް ލިބުނު ކަމަށް ލިސްޓް ގަ އެބައޮތް.