އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ލިސްޓުގައި މި ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު ހިމެނިއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓު ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އަދި އެ ލިސްޓު ދިރާސާ ކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުން މިއަދު ވަނީ އާންމުކޮށްފައެވެ. ލިސްޓް އާންމު ކުރިއިރު، މިހާރު ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަމާއި ކުރީ ސަރުކާރުގައި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ނަން ހިމެނެއެވެ.
ގިނަ ބަޔަކަށް ހައިރާންކަން ލިބިފައި ވަނީ މިހާރު ވެސް އެކި މަގާމުތަކުގައި ތިއްބެވި 119 މީހެއްގެ ނަން ލިސްޓުގައި އޮތުމުންނެވެ.
މިއީ މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފައެވެ.
އެތަނުން، އެއް ބޭފުޅަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި، ދާދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރަކަށް ބަދަލު ކުރެއްވި ޒަހާގެ ނަމެވެ. އަދި އެ ލިސްޓުގައިވާ ގޮތުން ޒަހާގެ ނަން އޮތީ ތަހުގީގު ނިމި، ދައުވާ ކުރުމުގެ މަރުހަލާގައެވެ.
ޒަހާއަކީ އެމްއާރުއެމްގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.
ކިހިނެތްތިވީ މިދިޔަ ޓާރމްގައި އޭ ރިޕޯޓެއް. މިޓާރމްގައި ޖަލާ ކައިރިއަށް