ރައްޔިތުންގެ މަޖިލީހުން އާންމު ކުރި އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދުގެ ނަން ނެތި ލިސްޓުން އޭނާގެ ނަން ގެއްލިއްޖެއެވެ.

އެސެޓު ރިކަވަރީ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކޮށް އެކުލަވާލާފައިވާ ރިޕޯޓުގައިވާ ގޮތުން ސާބެ އަށް ތިން މިލިއަން ރުފިޔާ ދިނީ އެމްޑީޕީން ނޮވެމްބަރު 27، 2015 ގައި ބޭއްވި "މިންޖުވާން" މި ނަމުގައި ބޭއްވި މުޒާހަރާގެ ހަރަދުތައް ހަމަޖެއްސުމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެގެންނެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ހަރަކާތްތައް ރޭވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ސާބެ އަށް އެ ފައިސާ ލިބިވަޑައިގަތީ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ކުންފުނި މެދުވެރިކޮށް ކަމަށް ރިޕޯޓުގައިވެއެވެ.

"މިންޖުވާން" މުޒާހަރާއަކީ އޭރު ޖަލުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ގޮވާލައި މާލޭގައި ބޭއްވި މުޒާހަރާއެކެވެ. އެ މުޒާހަރާގައި އެމްޑީޕީގެ އިތުރުން އޭރުގެ އިދިކޮޅުގައި ތިބި ހުރިހާ ޕާޓީއަކުން ބައިވެރިވިއެވެ.

ލީކުވި ލިސްޓުގައި ސާބެގެ ނަން އޮތަސް މިއަދު މަޖިލީހުން އާއްމުކުރި ލިސްޓުގައި ސާބެގެ ނަމެއް ނެތެވެ. މަޖިލީހުން އާއްމުކުރި ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ލިބުނު އަދަދެއް ވެސް ލިސްޓަކުން ފެންނާކަށް ނެތެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިންނާއި އާންމުން ވެސް ލިސްޓުގައި ހިމެނެއެވެ.

މި ލިސްޓުގައި މިހާރު ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އެ އެންމެން ވަޒީފާއިން ވަކިކުރަން ކޮމިޓީން ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން އިންތިޚާބީ މަގާމުތަކުގައި ތިބި ގިނަ އަދަދެއްގެ މީހުން ވެސް ލިސްޓުގައި އޮތުމުން އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު އަވަހަށް ނިންމުމަށް ވެސް ކޮމިޓީން ހުށަހަޅާފައިވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ދައުލަތުގެ ހުރިހާ ގުނަވަންތައް މެދުވެރިކޮށް ހިންގި ޚިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ޚިޔާނާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބޯހަލާކު

  ސާބަަސް

  14
  1
  • ދެ ބްރޯ ވެެގެން ޖަރީމާ(އަދީބު އެންޑް އަންނި)!

   އެންމެންނަށްވެސް އިނގޭ މަޖިލީހުން ނެރެގެން އުޅެނީ އުނިއިތުރު ކޮށްފައިވާ ލިސްޓެއްކަން.

   25
   3
 2. ހުސޭނުބޭ

  ބޮޑެތި ވަގުންތައް ފިލަނީ! އިންސާފު ތިހުރީ ޤާއިމްކުރެވިފައި. ތަޙްޤީޤު ތިއޮތީ އޮޅާލާފައި.

  36
  2
 3. ޟަލަސަ

  މިއަދީބު ބުނިކޮންމެ މީހަކީ މިފައިސާ ބޭނުންކުރިމީހުނައްވާނެތަ ނުބައިނުލަފާއަދީބު މީހާ ހައްޔަރުކުރޭ މިައީ ހިޔާނާތެރިއެއް މިކަލޭގެ ވާހަކައަހާނީވެސްހިޔާނާތެރިން ހައްޔަރުކުރޭ ގައުމުހސލާކް

  22
  2
 4. ކުރީން ހަނުހުރި މީހާ

  އެއް ވައްކަމެއް.. ނަމަވެސް ކޮމެ އިދާރާއަކުން ނެރޭނީ ތަފާތު ލިސްޓެއް.. ވަގުން ވައްކަން ފޮރުވަން ހާދަ ވަރެކޭ މިހުންނަނީ..

  ވަގުންގެ ބަލަދުވެރިންނާއި ވަގުންނާއި، އެމީހުންގެ ވައްކަމުގެ މަންފާ ލިބުނު އެކަކަށް ވެސް ދެންދައުލަތުން މުސާރަނުދޭތި..

  އެއި ރައްޔަތުން އަތުން ޓެކްސް ނަގާފައި މުސާރަ ދީނުން ހައްޤުވާ ބަޔެއް ނޫން.. އެންމެ އިސްތިއުފާ.. ވައްކަންކޮށްގެން އުޅެވެނެތީ ރައްޔަތުންގެ ތިޖޫރީ ފެޅީ.. ދެން އަހަރުމެން ބޭނުމެއްނޫން ތިބައި ގަނޑު މިގައުމުގެ ކަންކަމުގައި ބަސްބުނަން ތިބެންވެސް... ފައިބާ

  27
  1
 5. އެމަންޖެ

  އީވާމެން އަޑީގަ ތިބެގެން ހާވާ ހަޑި ތިޔަކީ މޑޕ ބޭފުޅުންގެ ނަން ތިޔަލިސްޓައް ތިޔަލީ ރައްޔިތުންނައް އޮޅުވާލަން ، ތިޔަ ހިޔާނާތުގެވެސް އެންމެ އަޑީގަ ތިއްބެވީ ކެނެރީ ނަޝާދާ އީވާމެން ކަހަލަ މީހުން.

  4
  1
 6. އަލީ

  އީ.ޓީ. ވެސް މިއޮތީ ލާރި ކައިފަތާ. އީވާ އަށް އެޅޭނެ ފިޔަވަޅެއްނެތް.

  3
  1
 7. ނަައީމް

  އަދީބު ފައިސާ ބެހި ކަމައްބުނާ ލިސްޓްގާ އޮތީ ހުސް އޭރުގެ އިދިކޮޅުމީހުން އަދީބު ބުނީ އެމީހުނައް ފައިސާދިނި އެއްކަމެއްކުރާކަށެއްނޫނޭ އެތައްބިލެއްފާސްކުރާށޭ އެ ހައްގުވާނޭ އޭރުވެސް އަދި މިހާރުވެސް ވޯޓްގައްނަނީއޭ ތިޔައިގެން އާހިރުގާ ކުއްވެރިވާނީ މިސަރުކާރުން ބަލާނަމަ ޕީޕީ އެމް މީހުން

  2
  1
 8. ނަައީމް

  ރޮޒޭގެ ފިރި ކަލޭގެ ނެތީމާ އާޒިމް ރަތައް

  2
  1
 9. ކިނބޫ

  މަރުހަބާ އިއްޒަތްތެރި ވަގާ!