ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރައްވައިގެން ކާމިޔާބު ކުރެއްވި އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އަލީ ނިޒާރް މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުންނެވެ.

އެ ލިސްޓުގައި ނިޒާރްގެ ނަން އޮތްއިރި، އެއީ ހިޔާނާތް ހިންގިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.

އަލީނިޒާރުގެ ނަން ލިސްޓުގައި އޮތީ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި ތިބި މީހުންގެ ނަންތަކުގެ ތެރޭގައެވެ.

ނިޒާރް ވިދާޅުވީ، އޭނާގެ ނަން ހިމަނައިގެން މަޖިލީސް އިން ނެރެފައިވާ ލިސްޓަކީ އަބުރު ކަތިލަން ހިންގާފައިވާ ޖަރީމާއެއް ކަމަށެެވެ.

"އިންފޮމޭޝަން ކަލެކްޝަން ޖަހައި، އެއީ ވަގެއް ކަމަަށް ނިންމައި، މީހުން ބަދުނާމު ކުރެވިގެން ނުވާނެ"،

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި އަލީ ނިޒާރު އިތުރަށް ވިދާޅުވީ، ފެއިލްވެފައިވާ ދައުލަތެއްގެ ސިފަ ސާފް ވަމުންދާ ކަމަށެެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކަށް ލިބިފައިވާއިރު، މަޖިލީހުގެ ކުރީގެ 44 މެންބަރަކަށް ލިބިފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަލީ ނިޒާރު

    ތިޔަށް ކިޔަނީ އަމިއްލައަށް ބޭނުން، ތަންކޮޅެއް އޮށްޓަރު ހުރި ސަބަބުތަކެއް ބުނެލިނަމަ ބައެއް މީހުންނަށް އޮޅުވާލެވިދާނެ، އަދީބު ނައިބު ރައީސް ކަމަށް މަޖިލީހުން ފާސްކުރި ގޮތް ހަދާން އަދިވެސް އެބަހުރި ދެއްތޯ.

    14
    1
  2. ކާފަ

    100 ގެ ވާހަކައެއް.. ރ ޔާމީން ވައްކަމެއްނުކުރާނެ... އަދީބު މީހުން ފްރޭމް ކުރަނީ.. އޭނާ ބުނަންވީ މަ ފައިސާދިނީމޭ މައުމޫނަށް.. އެހިސާބުން މައުމޫނުވާނީ ވަގަކަށް.. އަޅެފަހެ ފުލުސް ވަގުތަ މިކުޅެނީ..

    13
    1
  3. ޙަސަންކަލޯ

    ޙަހަ ހަ. ގައުމެއްގެ ޤާނޫނު ހަދާ މަޖިލިހަކުން އަބުރު ކަތިލާވަރުގެ މީހެއްނޫން ތީކީ. މޭޔަރަކަށް ހޮވުނަސް ތިވަރުގެ ފޮނިނުވޭ. ކޮންމެސް ކަމެއް ހިގައިގެން އެލިސްޓަށް ނަންއެރީ. މަ ވެސް މިހުރީ. މަގޭނަމެއްނެތް.

    15
    1
  4. ކޮމަލިކާ

    ދެން އިތުރުފުޅު ހައްދަވަން ނޫޅުއްވާ. ވާނެ ހައެތި ވެ ނިމެނީތި.

    13
  5. Anonymous

    އަބުރު ކަތިލެވޭނީވެސް އަބުރެއް އޮތްބައެއް ނަމަތާ؟؟؟

    18
  6. ގޫރިތޭ

    އަބުރޭ؟ ކަލޭ ދަންނަންތަ އިންސާނުންގެ އަބުރެއް އޮންނަކަން! ތިކަހަލަ އަޚްލާގު ނުބައި ކުނި އަނގަތަކުގެ ވެރިންނަކީ އަހަރުމެން ގާތު ފަނިފަކުސާތަކެއްފަދަ ބައެއް.

    18
    2
  7. ޠަންޑާ

    ނިޒާރު ލަދު ކޮބާ؟ ވެރިކަމުގަ އޮތީ ނިޒާރުގެ ޕާޓީ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ނިޒާރުގެ ޕާޓީ. ސުޕުރިމް ކޯޓުގަ ތިބީ ނިޒާރުގެ ޕާޓިން އައްޔަންކުރި މީހުން. އެހެންވީމަ ނިޒާރުގެ އަބުރު ކަތިލީ ނިޒާރުގެ އަމިއްލަ އަތުން ނޫންތަ؟ ދެން އެހެން ނޫނަސް ރރައްޔިތުންގެ ފައިސާ ގަނޑު ދަވާލީ ހުރިހާ ކުލައެއްގެ މީހުން އެއްވެގެން ކަން އެއޮތީ ފެންނަން.

    18
    1
  8. އިޖާ

    ދެން މަރަށް ތެޅެނީ ދީ؟؟؟ ދެން ލަލަލާ

  9. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    އެއީ އެއްގޮތަކަށްވެސް ހިނގާފައިނުވާ ކަމެއްހެއްޔެވެ ؟ ޙާލަތަކީ، ތުހުމަތަށް އިންކާރުކުރަންޖެހޭ ޙާލަތެވެ. އާނއެކޭ ! ނުވަތަ ނޫނެކޭ ! ބުނުން ލާޒިމުވާ ޙާލަތެވެ. ނަމަވެސް، ތިޔަވިދާޅުވަނީ، ތުހުމަތުން ބަރީއަވުމުގައި ދެއްކެން އޮތް ޙުއްޖަތެއްނޫނެވެ. އެމީހެއްގެ އަބުރު ގެއްލުވައިލަނީ އެމީހަކު އަމިއްލައަށެވެ. އެހެނީ ސީދަލަށް ހުއްޓައި ބުރަކަޢްޓަށް ނޭރޭނެއެވެ. ވަލުދޮރާށިންވަދެ ރައްޔިތުންގެ ފައިސާގައި ހިފާފައިވާނަމަ، އެއީ ވަރަށްބޮޑު ގޯހެކެވެ.

  10. އަލްޖިބްރާ

    އަބުރު ކަތިލެވޭނީ އަބުރެއް އޮތް ބައެއް ނަމަ !

  11. Anonymous

    ނިޒަާރު އަބުރު ޮވެގެން ކަތިލެވެޭ ނިީ

  12. ާދަލޭކް

    ބަެކާރު ވާހަކަ ނުދައްކަވާ ޒީއަތު މެން ގޮތައް ވެބަލަ. ޢެއަށް ފަހު ސާބިތު ކޮއް ދެއްވާ ޚިޔާނާތުގެ ފައިސާ ބޭނުން ނުކުރާކަން ވަރަށް ސާފް.