ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލި ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ހިމެނިއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމަށް ބަލާފައި ތަހުގީގީ އިދާރާތަކުން އެކުލަވާލި ލިސްޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ލިސްޓަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މިނިވަން މުއައްސަސާތަކުން ގުޅިގެން ތަހުގީގު ކުރި މައްސަލައެކެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ އެއްވެސް އިއުތިރާޒެއް ނެތުމުން އެ ލިސްޓް އާންމު ކުރީ ރައްޔިތުންގެ މަޖިލިހުންނެވެ. ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ ޖޮއިންޓް ކޮމިޓީން އެ ލިސްޓު އާންމު ކުރި އިރު، އެ ކޮމިޓީން ބުނެފައި ވަނީ އެއަށް އެއްވެސް ބަދަލެއް ވެސް އަދި އުނި، އިތުރެއް ވެސް ގެނެސްފައި ނުވާނެ ކަމަށެވެ.

މަޖިލިހުން އާންމު ކުރި ލިސްޓުގައިވާ ގޮތުން ކުރީގެ ފަސްޓްލޭޑީ ފާތުމަތު އިބްރާހިމްގެ ނަން އޮތީ ލިސްޓްގެ 120 ވަނައިގައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެކަން އޮތީ މައުލޫމާތު ހޯދުމުގެ މަރުހަލާގައި ކަމަށް އޭގައިވެއެވެ.

ނަމަވެސް އެ ލިސްޓުގައި ފާތުން އަށް ލިބިވަޑައިގެންނެވީ ކިހާ ފައިސާއެއް ކަމެއް އެނގޭކަށް ނެތެވެ.

ލިސްޓް އާންމު ކުރިއިރު، މިހާރު ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނަމާއި ކުރީ ސަރުކާރުގައި އިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބައެއް ބޭފުޅުންގެ ނަން ހިމެނެއެވެ. ގިނަ ބަޔަކަށް ހައިރާންކަން ލިބިފައި ވަނީ މިހާރު ވެސް އެކި މަގާމުތަކުގައި ތިއްބެވި 119 މީހެއްގެ ނަން ލިސްޓުގައި އޮތުމުންނެވެ. މިއީ މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 281 އަށް އަރައިފައެވެ. މި ލިސްޓުގައި ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ގިނަ އަދަދެއްގެ މެމްބަރުންނާއި ކުރީގެ މެމްބަރުން ވެސް ހިމެނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އައޝޫ

    ލާރި ބެހި އިރު ނުބުނޭ MmPrC ގެ ލާރި ކަމަށް@ އހަރެން ހީކުރީ ނައިބު ގެ އަމިއްލަ ލާރި ކަމަށް

    8
    1
  2. އަހުމަދު

    ބޮޑު ހިޔާނާތުގައި ހިމެނޭ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ނަންތަށް ހިއްސާ ކޮއްލަބަލަ، އެއިރުން ވަރައް ސަޅިވާނެ

    10
    1
  3. އަހުމަދު

    ބޮޑު ހިޔާނާތުގައި ހިމެނޭ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ނަންތަށް ވަގުތު ނޫހުގަ ހިއްސާ ކޮއްލަބަލަ، އެއިރުން ވަރައް ސަޅިވާނެ،

    11
    2
  4. އާތް ތޮރީ

    ދުނިޔެ ނުދެކޭހާ ވަރުގަދަ ދާތަ އެއްތީ. ދަތް ހުރި ދުވަހު ކާށި ކާލާނަމޭ ހިތު އަޅާލި ފަޙުލަވާނެއްތީ. ވާ ވާ ކހޭ..

    9
    23
  5. ޢަޒު

    ތިިލިސްޓްގައި އިބޫސޯލިހުގެ ނަން ނެތުމަކީ ހިޔާނާތް ފޮ ރރުވަން އުޅޭ ކަމުގެ ހެއްކެއް ކޮބާތައިބޫ އަށްދިން 37މިލިއަން ރުފިޔާ

    28
    5
  6. ޢަޅި

    ވައްތަރު ވަގު ލާރިކާ މީހަކާ

    4
    20
  7. ވގ

    މިދޯ މާހެޔޮއެދިގެން މިއުޅުނުކަމަކީ ހުސް ވަގުން ފިރިވަގެއް އަބިވަގެއް

    8
    20
  8. ކިޔު

    30 އަހަރު ވީއިރު ނަސްރީނާގެ ނަމެއް ތިޔަފަދަ ލިސްޓަކަށް ނާރާ. ނުބެހޭ ކަމަކާ ނުބެހޭ.

    2
    1