ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގައުމާ މުހާތަބު ކުރެއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރައީސް ގައުމާ މުހާތަބު ކުރެއްވުމަށް ހަމަ ޖެހިފައިވަނީ މިރޭ 19:00 ގައި ކަމަށެވެ. އެހެން ނަމަވެސް ރައީސް ގައުމާ މުހާތަބު ކުރައްވަނީ ކޮންކަމަކާއި ގުޅިގެން ކަމެއް ސާފު ކޮށްފައެއް ނުވެއެވެ.

ރައީސް ގައުމާ މުހާތަބު ކުރައްވަމުން އަންނަނީ ރާއްޖޭގައި ކޮންމެ ވެސް ކަހަލަ ކަމެއް ހިނގައިގެން އުޅޭ ދުވަސްކޮޅަކާއި ދިމާކޮށްގެންނެވެ.

އެގޮތުން ރައީސް މިރޭ ގައުމާއި މުހާތަބު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ވަނީ އާއްމު ކޮށްފައެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ވެސް ނިރުބަވެރި ހަމަލާއެއް ވަނީ ދީފައެވެ. އަދި ރާއްޖޭގެ ކޮވިޑް ހާލަތު ވަނީ ހީވެސް ނުކުރާހަ ވަރަށް ގޯސްވެފައެވެ. ރާއްޖޭގެ ހާލަތު ގޯސްވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ލޮކްޑައުން އަކަށް ދިއުމަށް ތައްޔާރު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސަނީ

    ކާކު އުޅެނީ މީނަ ހަދާ ދޮގު އަޑުއަހަން ؟

    14
    1
  2. ާއަހުމަދު

    ރައީސުކާރީ ބުނެލަ ދީބަލަ އިިންތިހާބު ބާއްވާ ވޯޓުލެވޭނެގޮތް ހަދާ ދިންގޮތައް އީދުނަމާދު ކުރެވޭނެގޮތްވެސް ހަދާދޭށޭ

  3. ޢީދު ސަޕްރައިޒް!

    މިރޭގެ ޚިތާބުގައި އިސްތިއުފާވެސް ދޭނެ ކަމަށް އުއްމީދު ކުރަން.

    17
    1
  4. ލޯބިވާ ވަޠަން

    ދު ވާލު ދެ އިރު ތިކަން ކުރިއަސް މަނިކުފާނު މިގައުމު އޮ ޔާ ނުދުއްވާ ކަމަށް ނެހެދޭނެ.

  5. މަބޭ

    މިރޭ ކީރިތުކުރެއްވީނުން 40 ލީަތަރުގެ ބާލިދީއެއް ފުރާލާނެ