މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ފައިސާ ލިބިފައިވާ ލިބިފައިވާ މީހުންގެ ލިސްޓުގައި ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރަކާއި ޖުވެނައިލް ކޯޓުގެ ކުރީގެ ގާޒީއެއްގެ ނަން ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓުގައިވާ ގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި، އަލީ ހަމީދުގެ އިތުރުން ޖުވެނައިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުލް ބާރީ ޔޫސުފަށްވެސް ފައިސާ ލިބުނު ކަމަށްވެއެވެ.
އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ އިތުރުން މީސްމީޑިއާގައި މިހާރު އާންމުވެފައިވާ ލިސްޓެއްގައި ވެސް މި ހަތަރު ބޭފުޅުންގެ ނަން ވަނީ ހިމެނިފައެވެ.
އެ ލިސްޓުގައި ވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ކަންފަތުގެ އޮޕަރޭޝަނެއް ކުރުމަށް 20،000 ޑޮލަރު (308،400ރ.) ދީފައިވާ ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފައިވާ ކަމަށެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީއަށް ދެ ފަހަރެއްގެ މަތިން 30،000 ޑޮލަރު ( 462،600ރ.) މުހައްމަދު ހުސެއިން ދީފައިވާ ކަމަށާއި، ފަނޑިޔާރު އަލީ ހަމީދަށް 20،000 ޑޮލަރު (308،400ރ.) ދިން ކަމަށް އޮއިއްޓޭ ބުނެފައިވާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން 2014 ވަނަ އަހަރު ބުރުޒުމަގު ކައިރިން ފަސް ލައްކަ ރުފިޔާ، ބާރީއާ ހަވާލު ކުރި ކަމަށްވެސް އޮއިއްޓޭ ބުނެފައިވާ އެ ލިސްޓުގައި ވެއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި ކަމަށް އެއްބަސްވެވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.
ނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި ހިޔާނާތުގެ އެންމެ ބޮޑު ޖަރީމާއެވެ. އޭރު މަޖިލީހުން ވަކި ގޮތަކަށް ކަންކަން ފާސްކުރުމަށާއި، ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް މި ފައިސާ ބޭނުންކޮށްފައިވެއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ވަނީ ހިޔާނާތްތެރިވެފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ފަޅުތަކާއި ފަޅު ރަށްތަކުން ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށް ޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.
ތި ލާރި ބެހި އޮއިއްޓޭ ހައްޔަރުކކޮށްގެން ގެންނަން ވެއްޖެ ނޫން
އެއިރު އެ މީހުން ޙުކު މް ޖަހަ މުން ދިޔައީ އެ ލާރި ގަނޑު ގެ ބާރުގައި ކަ މަށާއި އަދި ދީދީ އެއިރު ދިޔައީ މުޅި ޖުޑިޝަރީ ފުނޑަ މުން
ފަނޑިޔާރުން ސަލާންޖަހަނީ ލިބޭ މުސާރަ ކުޑަކަމުންތަ؟ މުސާރަޔަށް ދެތިން މިލިޔަން ދިނިއްޔާ ފުދޭނެތަ؟
ފެބް 1 ގައި ނެރުނު އަމުރު ވަގު އަމުރަކަށްވީ ދެއްތޯ؟
ރައީސް އ.ސާލިޙުގެ ނަމެއް ތިތަލިސްޜްގައި ނެތީ އެމަނިކުފާނަށް އެއިގެ ފައިސާފޮއްޗެއް ހަމަނުލުބެނީބާ؟؟؟ ޢަދީބުގެ ދުލުން އެއްމެފުރަތައަށް ހާމަކޮށްފައިވަނީ އެމަނިކުފާނުގެ ނަން ކަމަށްވެސް ވާއިރު، ރައީސަކަށްވީމަ އެނިކުފާނު ބޭނުންކުރި ޚިޔާނާތުގެ ފައީ އަމާނާތުގެ ފައިސާއަކަށްބަދަލުވީ ދޮތެ؟؟؟
ބަޔަކު ބުނެގެން ހުކުމްތައްް ނެރުނީ މި ލާރިގަނޑުކާލައިގެނ ތިބެ.
ތިޔައީ ޤާނޫނީ ގޮތުން ތަޞައްރަފު ފުދޭ ލިސްޓެއްނަމަ، ތިޔަ ލިސްޓުގައި ހިމެނޭ މީސްމީހުންނަށް ތުހުމަތުން ބަރީއަވުމުގެ ޤާނޫނީ ޙައްޤު ލިބިދެއްވާ އެމީސްމީހުންގެ ސީދާ ބަހެއް ހޯދަންވާނެއެވެ. އަދި ތިޔަ ލިސްޓުގައި ޒިންމާދާރު ވެރިއެއްގެ ސޮއިގެ އިތުރުން ލިސްޓް ނެރުނު އޮފީހުގެ ސިއްކަވެސް އޮންނަށްވާނެއެވެ.
މަށަށްވެސް ތިފައިސާއިން ހައްގުވާނެ މަށަށްވީބައި މަށަށްދީ މަށަކީވެސް ދިވެހި ރައްޔިތެއް.
މިމިހުންނައް އެއްބަޔަކައް ހުކުމްކުކުރެވުނަސް ކުރަންޖެހެ ، މިމީހުންގެ މުދާނެގެންޖެހޭ އަދި ދަޢުލަތުން އެއްވެސް ވަރެއްގެ އިނާޔަތެއް އަދި ސަރުކާރުގެ ވަޒީފާއެއް ދެވިގެންނުވާނެ. ކިތައް މައުސޫމުންގެ ޒިންދަގީ ދުއްވާލާފަ ތިބެނެ މިމީހުން ފައިސާއަށްޓްކައި . ޢެއްމެ ބޯދު ޖަޒާއެއް ލިބެންޖެހޭ ބަޔަކީ މިއީ
ކަލޯ ހުސްވަގުން ވަގުންނައް މިގަޢުމުގެ ސަލާމަތީ ބާރުތަކުނއވެސް މަސައްކަތްކުރަނި ، ޢާއްމު ރައްޔިތު މިހާ މަގުމަތިން ހުއްޓުވަފަ ފޭރިގަނެފަ މިފައިސާ މިދެނީ މިތިބަ ބޮޑެތި ވަގުންނާ ޙާއިނުންނައް، އަދި ނިކަމެއްޗެއް ވެއްޖެއްޔާ މަސަލައެއްވެސް ނުބެލޭނެ އިންސާފެއްވެސް ނުލިބޭނެ. މަގުމަތިން ފޭރޭކުދިން މިހާރު ފޭރެނީ ޤާނޫން ގެ މާތްމަގުސަދުގަޔޯ.