ޕީޕީއެމްގެ ފަރާތުން މިއަދު އައްޑޫ ސިޓީ ހިތަދޫގައި ވެހިކަލް ބުރެއް ބާއްވަން ހަމަޖައްސާފައިވާ ވާހަކަތައް އެ ޕާޓީން ދޮގުކޮށްފިއެވެ.

ADS BY SHEESHA

ޕީޕީއެމްއިން މިއަދު ހިތަދޫގައި ވެހިކަލް ބުރެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށްބުނެ "އައްޑޫ ލައިވް" ގައި ހަބަރެއް ޝާއިރު ކޮށްފައިވާއިރު އެ ހަބަރުގައި ވަނީ މި ވެހިކަލް ބުރުގައި ބައިވެރިވާ ކޮންމެ ސައިކަލަކަށް 1،200ރ. އަދި ކާރަކަށް 2،500ރ. ގެ މަގުން ފައިސާ ދޭން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި އަޑުފެތުރިފައިވާ ކަމަށެވެ.

މި ވާހަކަތަކާ ގުޅިގެން "ވަގުތު" އަށް މައުލޫމާތުދެމުން ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެއްވެސް އިރެއްގައި އައްޑޫގައި މިއަދު ވެހިކަލް ބުރެއް ބާއްވަން ހަމަޖެހިފައި ނެތް ކަމަށެވެ.

"ދޮގު ހެދުން ހައްދުން ނެއްޓީމަ އެންމެފަހުން އެ އޮތީ އަތަށް ގޮވާފަ. ބާއްވަން ހަމަޖެހިފައި ނުވެސް ނެތް ހަރަކާތަކަށް ފައިސާ ބަހާ ވާހަކަ އެ އޮތީ" އޮފިޝަލް ވިދާޅުވިއެވެ.

ވެހިކަލް ބުރެއް މިއަދު ނުބޭއްވިއަސް އެނގިފައިވާ ގޮތުގައި ހިތަދޫ ޒުވާނުންގެ މަރުކަޒުގައި މިއަދު ހަވީރު ޕީޕީއެމްގެ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތިން ދުވަސްކުރިން ފަށައިގެން ވެސް އެ ހަރަކާތް އޮންނަ ކަމާއި އަދި އޮންނަތަން ވެސް ވަނީ އިއުލާންކޮށްފައެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން އަންނަ މީހުން އުފުލުމަށް ހަމަޖެހިފައިވަނީ ބަސްތަކުގައެވެ.

ADS BY SHEESHA

މި ހަފްތާ ބަންދުގައި ޕީޕީއެމްގެ ހަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ADS BY ASTERS

3 ކޮމެންޓް

  1. އިދިކޮޅު މީހުން ފަސާދަ ކުރުމަކީ މިއަދު އާކަމެށްނޫން. އަބަދުވެސް ހިނގާކަމެށް އެއީ އެންނު ބިރަކާއި ނުލައި ހިޔާލުފާޅުކުރުމަކީ.

  2. އައްޑޫ ލައިވްއަކީ އަބަދުވެސް ދޮގު ހަބަރު ފަތުރާާ ތަނެއް

  3. ކޮން ދޮގެކޭ ކިޔާކަށްތަ ލާރިދީގެންވެސް ބާވެރިވާނެ ބަޔަކު ނުވި އެހެންވެ އެކަން ކެންސަލް ކޮށްލި