ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް، މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކަށް ބިރުވެރިކަމާއި، ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ނިރުބަވެރި ހަމަލާއެއް ކަމަށެވެ.

މި ހަމަލާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމެއް އެދި ދުއާ ކުރަމުން ރައީސް ވަނީ އެކަމުގައި ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށ ވިދާޅުވެފައެވެ.

އަދި އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން، ގައުމުގެ އިޖުތިމާޢީ ގުޅުންތަކަށް ވެސް ވަރަށް ބޮޑަށް އަސަރު ކުރާ ކަމަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި އުފާވެރިކަން ގެއްލިގެން ދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ޢީދު ފާހަގަކުރުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ހުރި ކަންކަމަށް ބަލާއިރު މުޅިންވެސް ފެންނަނީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް، އަދި އެއް އިންސާނަކު އަނެއް އިންސާނަކަށް، އޯގާތެރިވުމާއި އެހީތެރިވުމާއި، ހިތްހެޔޮކަން ފާޅުކުރުމާއި، އުފާވެރިކަމާއެކު ބައްދަލުކުރުމަށް މަގުފަހިކޮށްދޭ ކަންކަން." ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަހާ ބައްދަލުކުރިއިރު، ޢީދުގެ އުފާތަކަށް އެޅިފައިވާ އަނެއް ހުރަހަކީ، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން، މުޅި ދުނިޔޭގައި ފެތުރެމުންދާ، ކޮވިޑް-19ގެ ބަލިމަޑުކަން ކަމަށާއި މިބަލިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، އެތައް ދުވަހަކު ވެރިރަށް މާލެ ފުރަބަންދުގައި ބާއްވައި، ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ފަތުރުވެރިކަން މެދުކަނޑައިލެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން، ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ދަށަށްދިޔަ ނަމަވެސް، އިޤްތިޞާދަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑުވި ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އަދި މިހާރު ލުއިތައް ދިނުމުގެ ސަބަބުން އަނެއްކާ ވެސް ބަލި ފެތުރުން އިތުރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ ކަމަށެވެ. އަދި މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަޒޫ

    ތީނަވެރިކަމަހް އެރީންސުރެ މިހުންނަނީ ސިހިސިހި ދެން ކޮއްލާނީ ކޮންފަދަ ކަމެއްބާއޭ ހިތައް އަރައަރާ ޚާށްސަކޮށް އެމްޑީއެން މީހުނަށް މަތިފަޑިން ވަޒީފާ ތައްދީގެން ތިހިންގާ ޖަރަިމާ ތަކާހެދި ހަންދާން ކުރާތި ދުވަހެއް އެބަ އޮތް.

    6
    2
  2. ޢެހެން

    އެހެނޭ ވާނީ ވެރިކަންހިންގަން ނޭނގުމާއި ގާނޫނާއި ހިލާފަށް ރަށްޔަތުންނާދެކޮޅަށް ކަންކަން ކުރަން އުޅުމާއި ވެރިކަމަށް އަރަން އުޅުނުއިރު ކުރިވައުދުތަށް ނުފުއްދުމާއި ލާދީނީ މީހުން ސަރުކާރުގެ އިސްމަގާމު ތަކުގައި ތިބުން މިއީ މުސީބާތްތަށް އައުން މެދުވެރިވެދާނެ ކަމެއް ޔާ ﷲ ނުރަށްކާތެރި ބަލިތަކުން މި ގައުމު ސަލާމަތް ކުރަށް ވާންދޭވެ އާމީން.

    7
    1
  3. Anonymous

    ރައީސް އަށް އީދުމުބާރިކު ﷲ ރައީސް ކުރަށްވާ މަސައްކަތުގައި ހުރިހާ ގޮތަކުން ކުރިއެރުން ދެއްވާށިއެވެ އާމީން

    1
    11
  4. އެމަންޖެ

    އަޅުގަނޑައް ލިބުނު އެއްމެ ބޮޑު ސިހުމަކީ މަނިކުފާނު އަދިވެސް ރައީސް ކަމުގަހުރުން ، އެއްމެ މީހެއް ފައްސިވެގެން މަނިކުފާން ކަރުނަފޮދު އޮއްސެވީ ، މިހާރު ހާހުން މަތީގަ މިއުޅެނީ މަނިކުފާނުގެ ނާގާބިލިއްޔަތު ކަމުންކަން އިނގިލައްވާތޯ.

  5. ާޭަކަލޯ

    ބަލި ފެތުރުނީ ކަލޯ ކަލެ އިންޑިޔާ އިން މީހުން ގެނައިމާ