ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު - ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު - ވަގުތު އިމޭޖްސް : އަޝްހާދް އަބްދުﷲ (ޖެރީ)

ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދަށް ދެމުން އައި އިނާޔަތްތައް ކަނޑާލައިފިއެވެ. މި އިނާޔަތްތައް ކަނޑާލީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

ADS BY SHEESHA

މިކަމާ ގުޅިގެން އިލްހާމް މިއަދު މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވީ އޭނާގެ ގޮނޑި ގެއްލިފައިވާކަމަށް މީޑިއާތަކުގައި ހަބަރުފެތުރިފައިވީ ނަމަވެސް އިލެކްޝަން ކޮމިޝަނުން އަދި ރައްޔިތުން މަޖިލީހުން ވެސް އެކަން އަންގާފައިނުވާ ކަމަށެވެ.

އެއްވެސް އިދާރާއަކުން ގޮނޑި ގެއްލިފައިވާ ކަމަށް އަންގާފައިނުވާނަމަ އާންމު އުސޫލުން އިނާޔަތްތައް ލިބެން ޖެހޭނެ ކަމަށާއި ނަމަވެސް އެ އިނާޔަތްތައް ކަނޑާލާފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިނާޔަތްތައް ނުލިބޭތީ އިލްހާމް ވަނީ އޭނާގެ މެމްބަރުކަން ގެއްލިފައިވޭތޯ ވަރަށް އަވަހަށް ސާފުކޮށްދިނުމަށް މަޖިލީހުގެ އިދާރާގެ ކިބައިން އެދިފައެވެ.

މަޖިލީހުގެ މެމްބަރުކަމުން އިލްހާމް ވަކިވީ އޭނާ ޕީޕީއެމް އިން ވަކިކޮށް އެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އިލެކްޝަންސް ކޮމިޝަން ރައްޔިތުންގެ މަޖިލީހަށް އިލްހާމް ޕީޕީއެމް އިން ވަކިވިކަން އަންގާފައިވާތީއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހަންމަދު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހަންމަދުގެ ގޮނޑި ގެއްލުނުކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެއީ ވެސް އެބޭފުޅުން ޕީޕީއެމް އިން ވަކިކުރުމުންނެވެ. އެ ދާއިރާތަކުގެ ބައިއިލެކްޝަން ބާއްވަން ހަމަޖައްސައި އެކަން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

ADS BY SHEESHA

އެ ހަތަރު ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ.

ADS BY ASTERS

11 ކޮމެންޓް

 1. އޭނައަށް ނުޖެހެޔޭ އިނާޔަތް ލިބޭކަށް އެއްވެސް އިރެއްގަ. ދާއިރާގެ ރަށަކަށް ވެސް އޭނަ ނާރުވާނެ. ރައްޔިތުންގެ ހައްގުގަ ދުވަހަކުވެސް މަސައްކަތް ކުރި މެމްބަރެއް ނޫން. އަމިއްލަ ޖީބު ބޮޑުކުރަން އުޅުނީ.

 2. މިހާރު ހުންނާނީ ސައިޒްވެފަ.... އުޅެފަ ނޫޅޭނެ ޕާޓީއެއް ނޭނގިގެން ބުރުމާ އަތުންވެސް ލާރިގަނޑު ކައިގެން ޔާމީނު ބޮލަށް ޗިޕް ޖަހައިގެން ސަރުކާރުން އާއިލާ އާއި ރަށު ރައްޔިތުންނަށް ސަރުކާރުގެ މަތީ ވަޒީފާތައް ހޯދަދީ މާ މޮޅުމީހަކަށް ހެދިގެން އުޅުނީމަ ވީ ކޮންކަމެއް... ކުރިއަށް އޮތް ދައުރުގަ ދެއަތްއުރައިގެން ހުންނާނި ބާ؟

 3. ޓެރަރިސްޓް އަންނި

  ބަލަ އިލްހާމޫ އެއީ ރިއަލިޓީއޭ ޔޫ ޑޯންޓް ނޯ ރިއަލިޓީތަ؟ އޯ ސޯ ސޭޑް.

 4. އެހެންތަ... ހޮސްމިޓަލުގަތަ. ނޫނީ ގޭގަތަ ކެނޑީ.

 5. ކޮއިފުޅާ ވަކިވެފަ ތި ހުރީ...ދެން ވަޒީފާއެއް ހޯދާ. ނޫނީ އެއްކަލަ ފައިސާ ގޯނި ހިފައިގެން ރާއްޖޭންބޭރަށް ދިރިއުޅުން ބަދަލު ކުރޭ.

 6. ކޮއިފުޅާ ވަކިވެފަ ތި ހުރީ...ދެން ވަޒީފާއެއް ހޯދާ. ނޫނީ އެއްކަލަ ފައިސާ ގޯނި ހިފައިގެން ރާއްޖޭންބޭތަށް ދިރިއުޅުން ބަދަލު ކުރޭ.

 7. ބަލަ ރިޝްވަތު ލާރިގަނޑު ހުންނާނެނު......؟؟؟ ހަހަހަ

 8. ރިއަލިޓީ ޗޮކުން ހަހަހަ

 9. ވަރަށް ރަނގަޅަށް ތިކަން ތިކުރީ. ތި އިލްހާމް އަށް އޮންނާނީ ހޫނުފެން ކެއްކިފަ

 10. ލީގަލް ކޮންސަލްޓެންސީ

  އަޅުގަނޑުމެންގެ ޢުމުރުގެ ފަހުކޮޅުގައި 62 އަހަރުގައި ދުނިޔެ ދައްކައިދޭ މަންޒަރުތައް ވަރަށްތަފާތެވެ. އިލްހާމައަކީ، ހުވަދު އަތޮޅުގައި ނަންމަޝްހޫރު ބޭފުޅެކެވެ. ކައްދާރަނާގެ މާމަދަރިއެކެވެ. ކުޑައިރު، ކަރުގަޔާއި ހަތަރެސްފައިގާ ރަނުގެ ގަހަނާތައް އަޅައި ޒީނަތްެތެރި ގޮތުގައި ރަނގަޅު ވެއްޓެއްގައި ސާފުބޯފެނާއި ރަނގަޅު ކާނާގައި ބޮޑުފުޅުވުމުގެ ޝަރަފު ލިބިފައިވާ ބޭފުޅެކެވެ. މަޖިލީހުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރަމުންދާ ޒުވާން ޤާބިލު ބޭފުޅެކެވެ. މިރާއްޖޭގެ މީޑިއާގައި އެމީހެއްގެ އެއްވެސް ދައުރެއްވާ އެއްވެސް ބޭފުޅަކަށް އިލްހާމުގެ ޚިދުމަތް އަދި ކުޅަދާނަ މަސައްކަތް އޮޅުވައެއް ނުލެވޭނެއެވެ. އިލްހާމަށް ކަމިޔާބީއަށް އެދެމެވެ. ދުނިޔޭގައި ހިނގާ ކޮންމެ ކަމަކީވެސް ވަގުތީ ކަންކަމެވެ. އެއްވެސް ކަމެއްގައި އެމީހަކު މާޔޫސް ވެއްޖެނަމަ، އެމީހަކު ވާހުށީ ފިނޑިއަކަށެވެ. ސިޔާސީ ބޭފުޅުންނަކީ، ދެރަ ޤަބޫލުކުރުމަށް އެއްބަސްވާ ބައެއްނޫނެވެ.

 11. ހާތްތެރީ ކަލޯ ހީވޭ '' ވިސްނުމެއް ނެތި ކޮށްފި ކަމަކުން .................... - ވ ސަލާމް -