އާންމު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ހޯދުމަކާ ނުލާ، ކޮންމެ ތަނަކަށް ވަމުގެ ހުއްދަ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރަށް ލިބޭ ގޮތަށް އާންމު ސިއްހަތުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނެސް އެ ބިލް ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އާއްމު ސިއްހަތުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލްގައި ބުނެފައި ވަނީ އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، އެ ގާނޫނުން ލާޒިމުކުރާ މަގްސަދެއް ހާސިލުކުރުމުގެ ގޮތުން، ކޯޓު އަމުރެއް ހޯދުމަކާ ނުލާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ އާންމު
ތަނަކަށް ވަނުމުގެ ހުއްދަ މައިމޫނަށްއަށް ލިބިގެންވާ ކަމަށެވެ.
މީގެ އިތުރުން މި ގާނޫނަށް ވަނީ އިތުރު އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ހަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަންޖެހޭ ހަރަދު އިތުރުވާނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަޔާންކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެކަމަށްވެސް މި ބިލުގައި ވެއެެވެ
އަދި އެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ހަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސްދުވަހު ހަރަދުވާނެކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެ ޙާލަތު އިއުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ 60 ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި އެންމެހައި ހަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު، އާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ މި ބިލުގައި ކަނޑައަޅުއްވާފައެވެ.
ހަމަ ކޮންމެ ތަނަކަށްވެސް ވަދެވެޔޭ! ބިރުހުރި .......... ދެން އޮންނާނީ ލަޓިބުރިއެއް ހިފައިގެން. ނުކުރޭނެ މައިމޫނާއަކަށް ވަންނާކަށް!
މައިމޫނާ އަށް އެކަނި ތޯ ވަދެވޭނީ؟
މިދުވަސްވަރު އާންމުން ތަންތަނަށް ނުވަންނާށޭ ކިޔާފަ މައިމނާ އަށް..
މައިމޫނާއަކައް ކޯޓް އަމުރެއް ނެތި މައުޅޭތަނަކައް ވަންނާކައް ލާހިކައެއް ނޫން. ވަންނަން އުޅެފިނަމަ ދެފައިކަށިމަތި ބިންދާލާނަން
އެއީ މަިމޫނައަށް ދިން ބާރެއްނޫން.. އެއީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަލިކްހެލްތައް ދިން ބާރެއް .. އެއީ މަޤާމުގެ ބާރެެއް.. "ޕޮޒިޝަނަލް ޕަވަރ"
ތިޔަ މީހަކީ މާމަތީ މީހެއްތަ އަމުރެއްނެތި ވަންނަން...އެހެންވީމަ ދެމަފިރިން ދޭތެރަށް ވެސް ވަދެވޭނެބާ...
ބަދިގެއަށްވަދޭ
މައިމޫނާ ތިއީ މުޅި ގައުމަށް ފާކުރެއްވި ބޮޑު ވަބާއެއް. މިވީހާ ދުވަހު ކުރެވުނު ކަމަކީ ވެރިންގެ ޖީބު މުއްސަނދިކުރުމާއި އާއަހަރު ފާހަގަކުރަން ރިސޯޓަށް ދާން ހުއްދަ ދިނުމާއި ކައުންސިލް އިލެކްޝަން ބާއްވައިދިނުމާއި މިސްކިތް ބަންދުކުރުމާއި ރޯދަމަހު އާއްމުންނަށް ދުއްޕާންކުރުން. ޒިންމާ އަދާނުކުރެވެންޏާ އިސްތިއުފާދީފަ ގޭގައި އޮތިއްޔާ މާ ތާހިރުވާނެ ސިޔާސީ މީހުންގެ ތުންފުއްސަކަށް ވުމަށް ވުރެ.
މިހާރު ވެރިކަން ކުރަނީ ރައްޔިތުންގެ މަޖްލިސްިއިންތަ މަޖްލިހަކީ ގާނޫނުހަދާތަނެއް އެތަން މައްސަލަ ހުށަހެޅޭނީ ސަރުކާރު ހިންގާފަރާތުން އެއީޖުމްހޫރިއްޔާގެ ރައީސް ދެން ހުށަހެޅޭނީ އާއްމުންނައް
މިގެއަށް ވަންނަން ބޭނުމިއްޔާ ޖެހޭނީ ފުރާޅުން ޓިނުނަގަން. ބޭނުންހާ ވަގުތަކު ނުވަދެވޭނެ އިގޭ..
އަޅެ ނިކަން ވަދެބަލަ މިގޭ ފާޙާނައަށް....
ކޮންމެ ތަނަކަށޭ؟
ދެމަފިރިން ދޭތެރެއަށްވެސް؟
ކޮންތަނަކަށް ނުވަދެވިގެންތަ މިހާވަރުމިވަނީ؟؟؟
ލާހިކެއް ނޫން މައިމޫނާއަށް އަހަރެމެން ގެޔައްވަންނާކަށް
އެބިލުގައި މައިމޫނާގެ ނަމެއް ނެތޭ، އޭގައި އޮތީ އެޗްޕީއޭގެ ޑިރެކްޓާރ ޖެނެރަލް ގެ މަސްއޫލިއްޔަތު ގެ ވާހަކަ ބަލި ކޮންޓުރޯލް ކުރަން !
އެކަމަކުބުނަން އަހަރެން ފެންވަރަންހުއްޓާ ގި ފިއްޔަށްނުވަންނައްޗޭ !!!!!!!!!!!
އެއްކަމެއްވެސް ނުކުރާނެ. އެޗްޕީއޭ ބައެއް މުވައްޒަފުންނަށް ބައިއެޅޭގޮތަަށް ހިންގާ ވިޔަފާރިތައް އެބަހުރި.ގިނައީ ކާބޯތަކެތީގެ ކަންކަން. އެތަންތަންހިންގަނީ ހުއްދަ ނުނަގާ. އެޗްޕީއޭ ބައިއެޅޭ މީހުން ބަހަނާ ދައްކަނީ. ހުއްދަ ނުނަގާ ތަނަކަށް ނުވަެދެވޭބެކަމަށް. ދެން ގަވައިދުން ހުއްދަނަގައިގެން ހިންގާ ގުޅަވިއްކާ ތަންތަނަށް ދެއިރު ދެ ދަޅައަށް ވަދޭ ޖުރިމަނާކޮއް ބާރު ހިންގަނީ. ބަލަހުއްދަ ނެގިއަސް ކާބޯތަކެތި ވިއްކަންޏަ ރާއްޖޭގެ އެޗްޕީއޭއަށް ނުބެހެވޭނެ ގޮތެއް އޮންނަކަން ނުދެނަހުރިން. ހަމަފާޅުގައި ކޮރަޕްޝަން.
ފޭކުކޮވިޑް ވައްކަންކުރާ ކޮވިޑް އެލަވަންސް ނަގާ ކޮވިޑް ވެރިކަންކުރާ ކޮވިޑް ރަތްޔެތުންފެލާ ކޮވިޑް ރަތްޔެތުންގެ ވިޔަފާރިތައް ބަނގުރޫޓްކުރާ ކޮވިޑް އިއްސަފުގައި މަސައްކަތްކުރާމީހުން މިލިއަނަރުންނަށްހަދާ ކޮވިޑް
ދެން ތަންތަނަށް ވަންނަވަރައް ވުރެއް މުސް ކުޅި ދެއްތޯ. ޢެހެވެ ކަން ނޭންގެ ކޯޓް އަމުރެއް ބޭނު ނުޖެހެނީ . ތި ޔޮތީ ފެއިލް ވެފަ