އައްޑުސިޓީގެ މޭޔަރުގެ ބައި އިލެކްޝަން އަލުން ބޭއްވުން ގާތް ކަމަށާއި އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ މުހައްމަދު ލަތީފްއަށް ވާނެ ކަމަށް ކުރީގެ ނައިބު ރައީސް، މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ދިރާސާ ކުރިއިރު، ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އައްޑޫގެ އިންތިހާބީ މޭޔަރު އަލީ ނިޒާރުގެ ނަން އޮތުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން ޖަމީލު ކުރެއްވި ޓުވިޓުގައި ވިދާޅުވީ، އައްޑޫ މޭޔަރުގެ ބައި އިލެކްޝަނެއް އައުން ކައިރި ކަމަށާއި، ނިމިގެންދިޔަ އިންތިހާބުގައި ނިޒާރު އާއި އެންމެ ގާތުން ވާދަކުރެއްވި ލަތީބެގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

"އަައްޑުއަށް ބޭނުންވަނީ ހަލުއި ފޯވާޑެއް. އިންޖަރީގައިވާ ކުޅުންތެރިންނަށް މިކަމެއް ނުވާނެ. ދަނޑުގޮވާން ކުރަން އުޅުނީ މުޅިން ގޯސްކޮށް" ޖަމީލުގެ ޓުވިޓުގައި ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން މިއަދު ނެރުނު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނިޒާރުގެ ނަން ލިސްޓުގައި އޮތްއިތު، އެއީ ޚިޔާނާތް ހިންގިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.

މިކަމާ ގުޅޭ ގޮތުން ނިޒާރު ވިދާޅުވެފައިވަނީ މަޖިލީހުން މި ލިސްޓެއް އާންމުކުރީ ބަޔެއްގެ އަބުރު ކަތި ލުމަށެވެ. އަދި ވަގެއް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. ދައުލަތް ފެއިލް ވެފައިވާ ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ. އަދި ޚިޔާނާތުގައި އޭނާ ބައިވެރިވި ކަމަށް އިންކާރު ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަމަހަމަ

    އެހެންވިއްޔާ ޕީޕީއެމް ހުރިހާ މަޖުލިސް މެންބަރުންވެސް އިސްތިއުފާ ދޭނެތާ ދޯ. ނިޒާރު ދަންޏާ އެމީހުންވެސް ދާންވާނެތާ. ތިޔޭ ކަލޭގެ މައްސަލައަކީ. ކަލޭ ބުނާ ގޮތުން އެމްޑީޕީ މީހުން އެކަނި އިސްތިއުފާ ދޭންޖެހެނީ

    18
    16
    • ާފޔ

      0000

  2. ރަދީފް

    ނިޒައްރޭ އައުޓް.

    6
    1
  3. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    އެއްޗެއް ބުނަން އަދި މާއަވަސް

    4
    1
  4. ކީކޭ ދެން ބުނާނީ

    ސޯބެ ހިތައް އަރާނެ ދޯ ތިމަންނަ މޑޕ ކެންޑިޑޭޓުން ކަޓްވާލަން ކުރި މަސައްކަތް ނުކުރެވުނު ނަމައޭ.
    ބައި އިލެކްޝަނަކަށް ދިޔަޔަސް މޭޔަރު ކަމަށް ސޯބެ ގެންނަން ކަމަކުނުދޭ.
    ހުޅުދޫ މީދޫ މީހުން މިތިބީ ސޯބެ ނޫންގޮތެއް ބޭނުންވެފައި.

    2
    1
  5. މޭޔަރު ނިޒާރ

    ޅިބުނަސް ހަވާލު ނުކުރާނަން

    1
    2
  6. އަހުމަދު

    ބޮނޑިބަތްބެ ތިހުރީ އަމިއްލަ އެދުމާއިގެން ހާދަވަރެކޭދޯ

  7. ކެރޭ ޢަބްދުﷲ

    ޖަމީލު ބުނީ ތެދެ. އެމް.ޑީ.ޕީ ހުރިހާ މަޖިލިސް މެންބަރުން އިސްތިއުފާ ދޭންޖެހޭނެ.

  8. ހަޖާމްބެ

    ޖަމީލު ތިޔަކަހަލަ ޑޮކްޓަރަކަށް މީހުން އިޖާބަދޭ ޒަމާން މާޒީވެ ނިމިއްޖެ

  9. އިބުރާހިމް

    ޖަމީލުއަކީ، އައްޱޫކަންކަމާބެހޭއްޖެހޭ ބޭފުޅެއްނުން ރައްއިތެއްތިބޭހިސާބެއް، އައްޱުއަކީ، އައްޱޫބޭފުޅުންގޮތެއްނިންމާނެ