އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ލިސްޓުގައި ކުރީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 12 ވަޒީރަކާއި މި ސަރުކާރުގެ ކެބިނެޓުގެ ތިން ވަޒީރަކު ހިމެނިއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު ވަނީ އިއްޔެގެ ވަގުތެއްގައި އާންމުކޮށްފައެވެ.
މަޖިލިހުން އާންމު ކުރި ލިސްޓުގައި މި ބޭފުޅުންނަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް މީގެކުރިން މީސްމީޑިއާގައި އާންމުވެފައިވާ ލިސްޓުން އެބޭފުޅުންނަށް ލިބިވަޑައިގެންނެވި ފައިސާގެ އަދަދުތައް އެނގެން ހުއްޓެވެ.
ކުރީ ސަރުކާރުގެ ވަޒީރުންނަށް ލިބިފައިވާ ކަމަށް ބުނާ ފައިސާ
އޭގައިވާ ގޮތުން ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް 200،000 ރުފިޔާ ލިބުނު ކަމަށް ކަމަށްވެއެވެ. ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަށް 579،286 ރުފިޔާ ލިބުނު ކަމަށް އެ ރިޕޯޓްގައި ބުނެއެވެ. އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމްއަށާއި، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންއަށް 200،000 ރުފިޔާ ލިބުނު ކަމަށް އެ ރިޕޯޓްގައި ތުހުމަތުކޮށްފައިވެއެވެ.
މީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއަށް 5،900،000 ރުފިޔާ ލިބުނު ކަމަށާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު ސައީދަށް 8،308،400 ރުފިޔާ ލިބުނު ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއަށް 608،400 ރުފިޔާ ލިބުނު ކަމަށާއި، ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއަށް 2،231،300 ރުފިޔާ ލިބުނު ކަމަށްވެސް އެ ރިޕޯޓުގައި ބުނެއެވެ.
ތަހުގީގުގެ މައުލޫމާތު އެއްކުރުރުމުގެ މަރުހަލާގައި، ފައިސާ ލިބުނު އަދަދެއް ނޭނގޭ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވަނީ ކުރީ ސަރުކާރުގެ 4 ވަޒީރެކެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރި ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި ކުރީގެ އެންވަޔަަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމްއެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ލިބިފައިވާ ކަމަށް ބުނާ ފައިސާ
މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ފައިސާ ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވެނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށާއި ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދަށާއި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށެވެ. ޒަހާ އާއި މަހްލޫފްގެ ނަން ލިސްޓުގައި އޮތްއިރު އެ މައްސަލަ އޮތީ ދައުވާ ކުރާ މަރުހަލާގައެވެ.
އެ ރިޕޯޓުގައި ބުނާ ގޮތުން މަހްލޫފަށް 33،000 ޑޮލަރު ލިބުނު ކަމަށްވެއެވެ. އަދި މަލީހްއަށް 200،000 ރުފިޔާ ލިބުނު ކަމަށް ތުހުމަތު ކުރާ އިރު، ޒަހާއަށް 300،000 ރުފިޔާ ލިބުނު ކަމަށް ލިސްޓުގައިވެއެވެ.
މި ލިސްޓުގައި މިހާރު ދައުލަތުގެ ވަޒީފާގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އެ އެންމެން ވަޒީފާއިން ވަކިކުރަން ކޮމިޓީން ވަނީ ހުށަހަޅައިފައެވެ.
މި ބޭފުޅުންގެ އިތުރުން ކުރީ ސަރުކާރުގެ ވަޒީރުކަމާއި އެއްވަރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ކޮމިޝަނުން ފޮނުވާފައިވާ ރިޕޯޓްގައި ތުހުމަތު ކުރެއެވެ. އެއީ
- ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހުސިން ހަމީދު
- ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ރިފާއު
- ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމް
- ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ތޮލާލް
- ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝާހް އިސްމާއިލް
- ރައީސް އޮފީހުގެ ކުރީގެ މީޑިއާ ކޯޑިނޭޓާ އައިޝަތު ލީޒާ
- ކުރީ ސަރުކާރުގެ ސްޕޯކްޕާސަން އިބްރާހިމް މުއާޒް އަލީ
ނަމަވެސް އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ އެއްވެސް ފައިސާއެއް ލިބިފައި ނުވާ ކަމަށް ކުރީ ސަރުކާރުގެ ގިނަ ވަޒީރުން ވިދާޅުވެއެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.
ނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.
މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.
ވަގުންގެއަތައް ލިސްޓްއެރީމާވާނެގޮތް މިވަނީ ކިތަންމެވަރަކައް
ލިސްޓައް ބަދަލުގެނަޔަސް އެމްޑީޕީން ޚިޔާނަތުގެ ފައިސާ ނުނަގާކަމަކައް ނުވާނެ މިހާރު އޮތީ ހުރިހާކަމެއް ހާމަވެފަ
އަދީބައް ހަމައެކަނި މި ލިސްޓޮގައި ނަންޖަހަން ކެރުނީ މިމީހުންގެ ނަންަތަން އެކަނިތަ ދޮގުހަދައިގެންވެސް ލިސްޓު ބޮޑުކުރެވޭތޯ ބަލަނީތޯ.
ލިސްޓުހަދައިގެންކުރެވޭނެކަމެއްނެތް މިހާރުގެ ސަރުކާރުވަނީ ތިޔަލިސްޓަށްމާކުރިން އަރާފަ ތިޔައުޅެނީ ވެންޓިލޭޓަރު ބޮޑު ހިޔާނާތް ފޮރުވަން މޮޅުއުކުޅެއް.
ލަދުކުޑަކަން ވަގުން ތައް
އަސްލު ތިފައިސާ ގެންގުޅޭ ކަމަށް މިހާރު ޔަގީނާ ގާތަަށް އެނގެނީ އަދީބާއި ޒިޔަތުއާއި ހާމިދު ސޭޓާއި އެމީހުން އެބުނާ އައްލާމަކާ އޮއިއްތޭ އަކާ އަދިވެސް ދެން ހުރި މީހެއް. ތިކަން ކުރުވީ ފަނިއެޅުވި މީހާ. މިހާރު ލިސްޓް ލިސްޓްތަކުގައި ތިޔަހުރީ އެމީހުން ފައިސާއަށް ހެދިގޮތް ހާމަ ނުކުރަންވެގެން ހިތަށް އެރި ބައެއްގެ ނުވަތަ އެންމެ ރުޅި އަންނަ ބައެއްގެ ބޮލަށް ޖަހާފައި. ތިޔަ ރިޔާސީ ކޮމިޝަނަކީ ވެސް ތިކަން ކުރަން އެންމެ އެކަށީގެންވާ ބައެއްނޫން. ސީދާ އެމްޑީޕީގެ އައްޑާއެއް. ޖާބިރުމެން ދޭތެރެ ދޭތެރެއިން ހަމަ ބުއްދި ފިލާއިރު އެދެއްކެނީ ހަގީގީ ވާހަކަ.