މަރުމަތީގައި އޮވެވެސް އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބަވެރި ހަމަލާ އާއި ގުޅިގެން މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުންނެވެ. މަރުމަތީގައި އޮވެވެސް އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނަން ކަމަށް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓާ އެކައުންޓް "އެލެކްސް އަހުމަދު" އިން ކުރެއްވި ޓްވީޓެއްގައެވެ. މިއީ މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު އެމަނިކުފާނު އެލެކްސް އެކައުންޓުން ކުރެއްވި ފުރަތަމަ ޓްވީޓެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބަލާނަން ކަމަށް ނަޝީދު ވިދާޅުވީ ކުރީގެ ހާރިޖީ ވަޒީރު ޑރ.އަހުމަދު ޝަހީދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ޝަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ބެލޭނެ މުއައްސަސާއެއް ރާއްޖޭގައި ނެތް ކަމަށެވެ. ޝަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން އައުލާކަން ބޮޑީ އދ.ގެ ޓްރާންސިޝިއަލް ޖަސްޓިސްގެ މަގާމު އަދާކުރައްވާ މަންދޫބު ނުވަތަ އައިސީޖޭގެ ލަފާގެ މަތިން އައްޔަންކުރާ ހާއްސަ ޕްރޮސެކިއުޓަރެއް މެދުވެރިކޮށް ކަމަށެވެ.
ޝަހީދުގެ ޓްވީޓް ރީޓްވީޓް ކުރަމުން މީހަކު ބުނެފައި ވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ބަލާއިރު ވެސް މިއިން މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެޓްވީޓަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވީ "ކަލޭމެންގެ ހުރިހާ ހަރުބަހަކީ ދޮގުކަން އަހަރެމެން ސާބިތުކޮށްދޭނަން. އެކަން ކުރަން ޖެހުނީ މަރުގެ އެނދުމަތީގައި އޮވެގެން ކަމަށް ވީނަމަވެސް. މިއީ އަނެއް ދިވެހިރާއްޖެ" ކަމަށެވެ.
We are going to prove all your proverbs wrong. Even if that is from our death bed. This is #AnehDhivehiRaaje
— MN unofficial (@anedhivehirajje) May 12, 2021
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަޑު އަނެއްކާވެސް ގަދަވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ބަލަން ފަށައި އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓެއް އާއްމު ކުރުމުންނެވެ.
ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެނގޭތޯ؟މަރުމަތީގަ ގިނަ މީހުންނަށް އުޅެނީ ޝަހާދަތްވެސް ނުކީގެން
މިއަކީ އެކަންތައް ގަބޫލުކުރާ މީހެއް ނޫނޭ . މީނަގެ ތިމާގެ މީހާ ބުނެފި އެއްނު ލާދީނީ ކިޔާތީ އޭ ކަންބޮޑުވަނީ . މިފަދަ މީހުނަށް ކިޔާނީ ކީކޭ
މަރުމަތީގަ ނުކުރެވޭނެ.އެކަމުގަ ހުރި ބިރުވެރިކަން އެނގޭނަމަ މަނިކްފާނު ތިހެން ނުބުނާނެ.ބަލި އެނދުގަ ނުވަތަ ދާނުގަ އޮވެވެސް އެމްއެމްޕީއާރްސީ މައްސަލަ ބަލާނެކަމަށް ބުނިނަމަ ރަނގަޅު
ބުއްޅަބޭ ހާދަ ބިރުފުޅުން މިއުޅުއްވަނީ އެހެން މިނިވަން މުއައްސަސާއަކުން އެމްއެމްޕީއާރްސީގެ މައްސަލަ ބަލާފާނެތީ!!
"ބޮޑު ޚިޔާނާތް" މިފިލްމު ޕްރޮޑިއުސްކޮށް ޑައިރެކްޓް ކުރީ ކެރެފާގޭ ނަޝީދު (ބުއްޅަބޭ) އާއި އަދީބު (ބުރޯ)! އަދި މީގެ އިތުރުންވެސް ކެމެރާގެ ފުރަގަހުގައި ބުއްޅަބޭ އާއި އަދީބުގެ ބައިވެރިން މިފިލްމު ތިޔަ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށްޓަަކައި ވަރަށް ބުރަކޮށް ހަރަކާތްތެރިވި!
ކަށްވަޅުގަ އޮވެގެންވެސް ބަލާނެކަމަށް ނުބުނީ ރަނގަޅަށް، އެކަމާ މަރުމަތީގައި އޮވެގެން ބެލޭނެ ހެނެއް ހިއެއް ނުވޭ،
ސާބަސް ދެރައީސުން ނަށް
މަނިކުފަނު ކުރައްވަން ރަނގަޅު މަސައްކަތެއް ތިއޮތީ ފެނިފައި. އަޅުގަނޑުމެން ރައްޔިތުން ޤައުމައިގެން ކުރިއަށްދާން ދޫ ކުރައްވާ މާތް ކަލާކޮ!
ބަރުލަމާނި އައީމަ ތިޔަ ހުރިޙާ ރާކަނިމަސް ކެވުނީ
ކަލޭ ނިކަން އިބޫ ވެސް ހިމެނޭހެން ކުރީގެ ލިސްޓް ބަލާލަބަލަ އަނެއްކާ އަނެއްބޮޮޑި 2023 ގައިލިބޭނެ ހުސް ވާހަކަ
ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ ބަލަން ބޮޑު ކޮމިޝަނެއް ހަދާ ބޭރުގެ ކުންފުންޏަކަށް އެތައް މިލިއަން ޑޮލަރު ދީ ވީކަމެއް ހަރާން. ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ. ހުސް ކޮރަޕްޓް ސަރުކާރު. އަމިއްލަ ޖީބަށް ވަންނަން ފެށީމަ އޯ.ކޭ.
ނުވިތާކަށް އެއަރޕޯޓް ގީއެމްއާރ އަށް ދީގެން ނަގަމުން ދިޔަ ކަމިޝަން އެއީ ކޮން އެއްޗެއްބާ އެއީ ހަދިޔާ ދީ
މައްސަލަ ބައްލަވާލެއްވުމަކީ ވަރަށްބޮޑު އެދުމެއް މަނިކުފާނު ތިކަން ކޮށްދެއްވަވާނެ ކަމަށް އުއްމީދު ކުރަން
މަނިކުފާނަށް އަވަސް ޝިފާއަކަށް އެދެން
އެކަމް ހަނދުމަފުޅު އަބަދުވެސް ކުރައްވާތި މަރުގެ ވަގުތަކީ އިންސާނާ އެންމެ ނިކަމެތިވާ ވަގުތު ﷲގެ މަތިން ހަނދުމަކޮށް އަބަދުވެސް ހެޔޮކަން މަތީގައި މަރުގެ ވަގުތު ބައްދަލު ވުމަށް ދުޢާ ކުރައްވަވާތި ﷲ މަނިކުފާނަށް ރަޙުމަތް ލައްވަވާށި އާމީން
އެ އީ އެންމެ ފަހު ވަގުތާއި ހަމައަށްވެސް އެކަން ކުރެއްވުމުގެ ޢަޒުމުގައި ވިދާޅުވެފައިވާ ބަސްފުޅެއް ދެއްތޯ
ކަލެއަށް މާބޮޑަށް އެނގެނީ
ކަލޭ މަރުމަތީގައި ބޮޑުވަޒީރު..ބޮޑުވަޒީރު.. ބޫތު.. ބޫތު.. މިހެން ކިޔަކިޔާ އޮވޭ. ދެން ގާންދީއަށް ދުވާކޮއްދޭން ހުރޭ....
މިކަހަލަ ކަންކަން ނުއެނގި ތިބޭ ޖާހިލް މީހުން ވެރިކަމަށް ގެނެވުމުން މިކަހަލަ ވާހަކަ ދައްކާނެ. އަހަރުމެން ޙައިރާނެއް ނުވޭ.
މަރުމަތީގަ އޮވެގެން 19 ދިވެހިންގެ ލޭބުއި މީހުންގެ މައްސަލަ ބަލާ ދެއްވަން ވީނޫންތޯ......ހުވާ މިބުނީ
ތިކަން ބެލޭނެ މަނިކުފާނު ތިކަން ބައްލަވާ އިރާދަ ކުރެއްވިޔާ އެނބުރި އަންނާނެ.
މަރުމަތީގައި އޮވެގެން އެންމެ އައުލާކަންބޮޑީ އެމައްސަލަ ބެލުންދެއްތޯ. މަރާ ހަގުރާމަކުރަމުންދާއިރު އެމީހާއަކީ މަރުވާނެ ކަމަންދެކިގެން އެކަމަންތައްޔާރުވާވަގުތު ދެއްތޯ..
ތިޔައީ ވަރަށް ރަނގަޅު ކަމެއް ޝަހާދަތުގެ ދެކަލިމައިގެ ބަދަލުގައި އެމްއެމްޕީއާެުސީ މިކަލޭގެ ކިޔާނީ ހަހަހަހަ ހޭބަލި
އެމީހަކު މަރުވާނީ އެމީހަކު ދުނިޔޭގައި އުޅުނު ގޮތަކަށް.
ވެދާނެތާ....
މަރުމަތީގާ މިޔުޒިކު ކުޅޭ މީހަކަށް ޝަހާދަތްލައިދިނީމާ އޭނާ ކިޔާންފެށީ ލަވަ.
ކަލޭ ކުރިކަމެއްނު ކަލޭޔައް އެގޭނީވެސް ތިހިހުރިހާކަމެއް ކަލޭ އެންމެގިނައިން ތިފައިސާކެއީ
ހަމަހޭގަބާ ! ހިދުކޮޅުގަދޯ. ހައްހައްހާ
ފާހާނާ ތަށިމަތީި އޮވެ ބަލަާ..ކަލޭކަހަލަ މީހަކާ ބޮޑަށް ގުޅެނީ އެގޮތް
މީ ހަމަ ލާދީނީ އެޖެންޓެއް. މުޅިންވެސް ދައްކަނީ ކުފުރުގެ ވާހަކަ. ހުރި ފާފަ އެއްގެ ބޮޑު ކަމާއޭ
މަރުމަތީގަ އޮވެ ކިޔާނި މަގޭ ބޮޑުވަޒީރު ކަމުގެ ގޮނޑި މަގެ ބޮޑުވަޒިރު ކަމުގެ ގޮނޑި މިހެން.
މަރުމަތީގަ ޝަހާދަތް ކިޔާވާހަކަ ދައްކަބަލަ
ލާދީނިއްޔިތު ތިހިރީ ހިތުގަ ބިންވަޅުނެގިފަ
އަދީބުލަށްވާ ބޮޑުފަނި އެޅުވީމޭބުނެ ކުޅުނުގޭމު ނިމޭއިރު އެމްޑީޕީއެކަކުވެސް ލިސްޓަކު ނޯންނާނެ މިމީހުންކުޅޭ ގޭމްގެ ރިމޯޓުވަނީ މަޖިލީހުން ނަޝީދުބުނާގޮތަކަށް ބަދަލުކޮށްފައެވެ މިކަމުގެ ސަބަބުން ގައުމުގައި ފިތުނަފަސާދަ އުފެދި ގައުމުގަޑުބަޑު ވެދާނެކަމުގެ ބިރު އެބައޮތް.
ކޮބާ ރަށްރަށުގެ މާލިއްޔަތު ދިރުވާލީ
ހަމަ ތިގޮތައް ޖީއެމްއާރ އޭ ކިޔާބަޔަކައް އެއަރޕޯޓްދިންމަސްއަލާގައި ބައިވެރިވާ މީހުންނާއީ އެއަރ ޕޯޓްޖީއެމްއާރ އައް ދީގެން ކަޓްނެގި މީހުންގެ ވާހަކަވެސް ދައްކަންޖެހޭނެ ތިޔަ އެމްއެމް އެމްޕީއާރސީއަކައް ވުރެ މަދެއް ނުވާނެ މިގައުމުން ރައްޔިތުންގެ ތަރިކަމުދާ ބަޔަކައް ދިނުން ބެލިއްޔާ އެނގޭނީ ކިހާ ފައިސާއެއްތޯ ޖީއެމްއާރ އައްދިނީ
މަރުމަތީގައި އެއްމެ ރަނގަޅުވާނީ ޝަހާދަތް ކިއުން
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވިއްކާލައިގެން ހޯދި ފައިސާއަށްވެސް ވީގޮތެއް ނޭނގުނު. އެކަމުންލިބޭ ގެއްލުން ބޮޑުކަމުން އެއަރޕޯޓް އަތުލުމުން ބަދަލު ދައްކަންޖެހުނީ ޔާމީން ސަރުކާރަށް. ޔާމީން ނުދުވޭ މީހުން ފަހަތަކުންނެއް އަނގައަރުވަމަކުންނެއް. ކަންކޮށްފަ ދެއްކީ. އަސްލު މޭން އެކޭ ރައީސް ޔާމީނަކީ. އަދި ކޮބާ ދިރާގު، ފެންކުންފުނީގެ ހިއްސާ.