ކްލަބް މެޑް ރިސޯޓުގައި ރޯވެ އަނދަނީ - ވަގުތު އިމޭޖެސް

މާލެ އަތޮޅުގައި ހިންގަމުންދާ ކްލަބް މެޑް ކަނިފިނޮޅު ރިސޯޓުގެ ވޯޓާ ވިލާތަކެއްގައި ރޯވެ އަނދައިފިއެވެ.

އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:10 ހާއިރުއެވެ.

އެ ރިސޯޓުން ވާހަކަދެއްކި މީހަކު ބުނީ އަލިފާން ފުރަތަމަ ރޯވެފައިވަނީ އެއް ރޫމުގައި ކަމަށާއި އަދި އިތުރު ރޫމެއްގައި ވެސް އަލިފާން ރޯވި ކަމަށެވެ.

އަދި އަލިފާން ރޯވި ދެ ރޫމުވެސް އަނދާ ހުލިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ރިސޯޓުގެ ދެ ރޫމެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ.

ADS BY SHEESHA

 

ADS BY ASTERS

8 ކޮމެންޓް

  1. އަލިފާންތަ ...ޔަގީބް ތީގެ ފަހަތުގަ ހުންނާނީ 3 އަހަރުގެ ވަގު ޖިންނި! ޖިންނި ހުރި ތަނަކުން ގުރައާނުގެ އާޔަތްތައް ކިޔަވާފާ ނެތިކޮށްލަންވީ.

  2. ތިޔަބުނީހަމަތެދެކެވެ

  3. ދިވެހި އައިސިސް ކުދިންގެ އަތެއް އޮވެދާނެ. މިއޮތްހާ ޒަމާންވަންދެން ރޯ އޮރިޔާމުން ދޮން މީހުން އުޅުނު އިރުވެސް އަލިފާން ކަންޏެއްވެސް ނުބުރާ

  4. ތަންތަނުގައި ރޯވެ އަދަނީ ވެރިަކން ސަލާމްތަ ކުރަން އުޅޭތީދޯ! އެހެންނެއްނޫން! ވެރިކަން ނުލިބިގެން ވެރިކަން ހޯދޭތޯ ތަންތާ އަލިފާންޖެހީމަ ރޯވެއަދާނެއެއްނޫންތޭޭ! ކޮއިފުޅާ ދޫންޏާ!!

  5. ރޯވެ އަދާފާނެ އެއްނު ! މަށައް ކީއް ؟ މަމިއުޅެނީ ވެރިކަން ސަލާމަތްކުރެވޭތޯ !