22:48

ރާއްޖެ އިން އިތުރު 1216 މީހުން ކޮވިޑަށް ފައްސިވެއްޖެ.

22:40

ކޮވިޑަށް މިއަދު ފައްސިވި މީހުންގެ އަދަދު އަދިވެސް އިއުލާނެއް ނުކުރެވޭ. ކޮވިޑަށް މިއަދު ފައްސިވި މީހުންގެ އަދަދު ހާމަނުކުރާ ސަބަބެއް އަދި ސާފެއް ނުވޭ.

18:54

ސްރީލަންކާގައި ހަލުވިކަމާއި އެކީ ކޮވިޑް-19 ފެތުރެމުން ދާތީ އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެޤައުމުގެ ހުރިހާ ފިހާރައެއް ބަންދުކުރަން ނިންމައިފި

18:05

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިފައިން ނުކުމެއްޖެ

17:16

ފަލަސްތީން ރައްޔިތުންނާއި އެއްކޮޅަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ފުލުހުން ހުއްޓުވައިފި

16:06

ޕާކިސްތާނުގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ޖެހި މީހުންގެ އަދަދުތައް މަދުވާން ފަށައިފި

15:50

ކޮވިޑް-19 ފެތުރެމުން އަންނަތީ އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގެ ސްކޫލްތައް އިތުރު އެއް ހަފްތާއަށް ބަންދު ކޮށްފި

10:23

ފުވައްމުލަކުން ގެމަނަފުއްޓަށް ދިޔަ މީހަކު ކޮވިޑަށް ފައްސިވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދާއި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު ހުއްޓުމެއްނެތި އިތުރުވަމުން ދާއިރު ބަލި ކޮންކޮންޓްރޯލް ކުރަން ކުރެވެން ހުރި ހުރިހާކަމެއް ކުރުން މިހާރު މިއޮތީ މަޖުބޫރުވެފައެވެ.

މެއި މަހުގެ ފުރަތަމަ ދުވަހު 402 މީހަކު ކޮވިޑަށް ފައްސިވިއިރު ކޮންމެ ދުވަހަކު އަދަދުތައް މައްޗަށް ޖެހެމުން ޖެހެމުން ގޮސް އެންމެ ފަހުން މިއަދު 1572 މީހުން ފައްސިވިއެވެ. ފާއިތުވި ހަތަރު ދުވަހު ފައްސިވި މީހުންގެ އަދަދު ހާހަކުން މަތީގައެވެ. މެއި މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބީ 161 މީހުންނެވެ. މިހާރު 263 މީހުން އެޑްމިޓް ކޮށްފައި އެބަތިއްބެވެ.

12 ދުވަހުން ހޮސްޕިޓަލަށް 102 މީހުން މިވަނީ އިތުރުވެފައެވެ. މިހާރު އެޑްމިޓް ކުރަން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތައް ބަލާއިރު މިހާރު އިތުރު ކުރަމުންދާ ޖާގަތައް ވެސް މިމަސް ނިމެންވާއިރަށް ފުލްވެދާނެއެވެ. އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ފަރުދީ ގޮތުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން މަޖުބޫރެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މޖވވޗފހޖ

  މަޝްވަރާ ކޮށްފަ ރައީސް ކީރިތި ކުރެއްވީމަ ނިމުނީ

  6
  3
 2. Anonymous

  ރައއޔިތުމީހާގެ ބޮލަށް ކަނޑާ އިންޑިއާ ގެރި ރައްޔިތުން އަދިވެސް ބޯކޮށް ރެސޯޓްތަކަށާ ރަށްރަށަށް އެތެރެ ކުރަމުން ދަނީ.! މިކަން ހުއްޓުވާޏލށޭ މި ގޮވަނީ.! ބީރު ނޫނިއްޔާ އަޑުއިވެންވާނެންނު!!!

  5
  1
 3. ޢަބުދުﷲދީދީ

  ޜަނގަޅު!