ކ. އަތޮޅު އަކިރިފުށީގައި ހުރި ފަތުރުވެރިއަކު ގެނބިގެން ހާލު ސީރިއަސްވެއްޖެ އެވެ. ގެނބިފައި ވަނީ ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ފަތުރުވެރިޔާ މޫދަށް ގެނބިގެން އޭނާގެ ހާލު ދަރެވެގެން އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސީއެންބިއުލާންސްގެ އެހީގައި ފަށާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިރޭ 2:13 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، ރިސޯޓް މެނޭޖްމެންޓުން މައުލޫމާތުދިން ގޮތުގައި، އެ ފަތުރުވެރިޔާ މާލެ ފޮނުވަނީ ނޭވާލުމަށް އުނދަގޫވެގެން ކަމަށެވެ.

އޭނާގެ ހާލަތާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުލިބެއެވެ.

ފަތުރުވެރިޔާ ގެނބެން މެދުވެރިވި ސަބަބެއް ވެސް އަދި ސާފެއް ނުވެއެވެ.