އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހުނު ފައިސާގެ ތެރެއިން އެތައް ސިޔާސީ މީހުންނަކަށް ބަހާލި ފައިސާ ޣައްސާން މައުމޫނަށް ލިބުނުކަމަށް ބުނުމަކީ "ބުހުތާނު ދޮގެއް" ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރސީގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖްލިހަށް ހިއްސާކޮފައިވާ އެމްއެމްޕީއާރސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގައި ބައިވެރިވިކަމަށް ނުވަތަ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ މަޤާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ މީހުންގެ ލިސްޓްގައި ޣައްސާންގެ ނަން ވެސް އެބައޮތެވެ. އެލިސްޓް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވަނީ އާއްމުކޮށްފައެވެ.

ލިސްޓްގައި ޣައްސާންގެ ނަން އޮތުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ މިއަދު އަބުރު ކަތިލެވިދާނެ ކަމަށެވެ. ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ ވެސް ޣައްސާން ސުވާލު ކުރެއްވިއެވެ.

"ބުހުތާނު ދޮގު. ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަ ބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި." ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ކުރާ މަސައްކަތް ބިރުދައްކައިގެން ނުހުއްޓުވޭނެ ކަމަށެވެ. "މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރަން ގޮވާލަން! އެމަނިކުފާނުގެ ފަހަތްޕުޅުގައި މި ކުރާ މަސްކަތް ތިހެން ބިރުދައްކައިގެން އިންޝާﷲ ނުހުއްޓުވޭނެ." ޣައްސާން ވިދާޅުވިއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ލިސްޓާއިއެކު ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އެމްއެމްޕީއާރްސީގެ ފައިސާ ލިބިފައި ނުވާކަމަށް ވިދާޅުވަމުންނެވެ. އިއްޔެ އާއްމުކުރި ލިސްޓްގައި 119 ބޭފުޅެއްގެ ނަން އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރާގޮޑިރާޖަ

    ކަރުންހަން ދާވަރަށް ބާރުލާފަ ތިހެންބުންޏަސް ތިކަންއެގޭނެ ދުވަހެއް އެބައޮތް. ޥަގުތު ފާއިތުނުވަނީސް ތައުބާވުންބުއްދިވެރި.

    6
    2
  2. ގައްލާ

    މިނޫނަސް އަދި ދުވަހެއް އޮބެއް.

    5
    2
  3. ކާދަރި

    ޤިޔާމަތް ދުވަހުން ވިދާޅުވާނީ ކީކޭތޯ

    6
    2
  4. 13 ވގ

    މިހާރަކުނެތް ހަމަ އެކަކުވިސް ފައިސާލިބުނު މީން ކޮންމެމީހަކާ ނުބައްދަލު ތަނަވަސްކަމެއްލިބިދެން އުޅެނީ. ހަތަރު ފަސް އަހަރެއްގެތެރޭ ބިލްގޭޓައްވުރެ ކުޑަތަތަންކޮޅެއް ފަހަތުގަ ބައެއްމީހުން އަގުބޮޑު ކާރާއި ގެ ގަނެފަ އަނެއބަޔަކު ބޮޑެތި ވިޔަފާރި އަނެއްބަޔަކު އޮޑި ލޯންޗް ކާރާއި ސައިކަލް މީހަމަ ކުޑަދުވަސް ކޮޅަކުން ލިބުނު މުދާވެރިކަމެއް މީގެން މީހަކު އެއްބަސްވާނެތަ ކޮންމެމީހަކުވިސް. އަބުރު ކަތިލަން އަގުވައްޓާލަން މިތާކުނެތް އަބުރެއް ލަދެއް ހަޔާތެއް ކުޑަކޮންވެސް ހުރިމީހަކު އެމީހަކުއަތުޖެހުނުވަރެއް ހެޔޮވަރު

    4
    3
    • ޔޫތު

      އަސްލުވެސް. މިހަރު އުޅޭނީ ހުސް ފިތުރު ޒަކާތް ލިބުނު މީހުން. އެވެސް ނިކަމެތި ކަމުން. ހިއް ހިއް ހިއް

  5. އަލްޖިބްރާ

    ޖާބިރު އެބަބުނޭ ތިޔަ ބޭފުޅާގެ ބައްޕާފުޅަށް މިތަށްމިލިއަން ރުފިޔާ އޭނާ ދިނީމޭ ! މަނިކުފާނުގެ ބައްޕާ ފުޅު ވިދާޅުވަނީ ޖާބިރު އަތުން އެފައިސާއެއް ނުނަގަމޭ ! ދެން ތެދު ބުނަނީ ކާކު ކަމެއް ނޭގޭ ! މަނިކުފާނުވެސް ތިޔަވިދާޅުވަނީ ޚިޔާނާތުގެ ފައިސާއެއް ތިބޭފުޅާއަކަށް ނުލިބެއޭ ! ދެން އެހެންވީމަ ދޮގުހަނީ ކޮންބައެއްކަން އެގޭނެ ގޮތެއް ނެތެއްނު ؟ ތިމާގެ ދުލާއި ހުރިހާ ގުނަވަންތަށް ތިމާ ކުރި ހުރިހާކަމަކަށް މަޙުޝަރު ދުވަހުގައި ޖަވާބު ދޭނެ ! އެއީ އަންނާނެ ދުވަހެއްކަން ޤަބޫލު ނުކުރާ މީހުން މިއަދު އުޅޭނީ ހުރިހާކަމެއްގަވެސް މަތިޖަހަންވެގެން !