ފުވައްމުލަކުން ގއ.ގެމަނަފުއްޓަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭނާ ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. އޭނާ ކޮވިޑަށް ފައްސިވިއިރު ހުރީ ކަރަންޓީނަކު ނޫނެވެ.

އޭނާ ކޮވިޑަށް ފައްސިވިއިރު ކަރަންޓީން ނުވެ ހުރުމުން އޭނާ އާއި ގާތުން ބައްދަލުވި މީހުން ދެނެގަނެ، އެމީހުން ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އޭނާ ގެމަނަފުައްޓަށް ދިޔައީ މިމަހުގެ 04 ވަނަ ދުވަހުއެވެ. އެއީ ފުވައްމުލަށް މޮނިޓަރިންއަށް ލުމުގެ އެއްދުވަސް ކުރިންނެވެ. ފުވައްމުލަކުން ކޮވިޑަށް ބަޔަކު ފައްސިވުމުން މިމަހުގެ 05 ވަނަ ދުވަހު އެރަށަށް އަރައި ފޭބުން މަނާކޮށް މިހާރު ވަނީ ކާފިއު ވެސް އިއުލާން ކޮށްފައެވެ.

ފުވައްމުލަކުގައި މިހާރު ވެސް 45 ކޮވިޑް ބަލި މީހުން އެބަތިއްބެވެ. ފުވައްމުލަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ރަށްތަކުން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ 20

    وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا

  2. މާތް ކަލާންގޯ

    ޒިންމާނަގަންޖެހޭނީ ކޮންބައެއް؟

  3. Anonymous

    މިހާރު ހިނގަމުންދާ

  4. އަލީ20

    وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا