މި މަހުގެ ހަވަނަ ދުވަހުގެރޭގެ ބޮމުގެ ހަމަލާއެއްގެ ޒަހަމްވެވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވުމުން ގެންދެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް މިއަދު ފުރަވަޑައިގަންނަވައިފިއެވެ.

ވަރުގަދަ ސެކިއުރިޓީއަކާއި އެކު ނަޝީދު އެއާޕޯޓަށް ވަޑައިގެންނެވި މޮޓޯކޭޑް ދަތުރުކުރަމުން ދިޔަ މަގުގައި ގިނަ އަދަދެއްގެ ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވިއެވެ. އޭޑިކޭ ސަރަހައްދުވެސް އޮތީ އެ ވަގުތު ބަންދުކޮށްފައެވެ.

ނަޝީދު ޖަރުމަންވިލާތަށް ވަޑައިގަންނަވަނީ ޕްރައިވެޓް ޖެޓެއްގައެވެ. އެމަނިކުފާނުގެ އަރިހުގައި ޖަރުމަނަށް ވަޑައިގަންނަވަނީ އާއިލާގެ ކޮންކޮން ބޭފުޅުންނެއް ކަމެއް އަދި ސާފެއް ނުވެއެވެ. ނަޝީދުގެ އަނބިކަނބަލުން ލައިލާ ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭ ހޮސްޕިޓަލުގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. އެމަނިކުފަނަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ވަނީ ހައްދަވާފައެވެ.

ނަޝީދަށް ދިން ހަމަލާގައި ބައިވެރިވަކަމުގެ ތުހުމަތު ކުރެވޭ ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއީ ހަރުކަށީފިކުރާ ގުޅޭ ބައެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސިމްޕަތީ އެޓެންޝަން ހީރޯ

    ދެން ނަޝީދު އެނބުރި ރާއްޖެ އަންނަ ދުވަހު ދިވެހިންވީ އެއްކަލަހެން ހަމްދަރުދީއާއިއެކު މިކަލޭގެއަށް ހޫނު މަރުހަބާއެއް ކިޔަން! ހަމަ ސޭމް ސްޓަންޓު ތިޖައްސަވަނީ!
    #ބޮޑީގާޑުން؟

    63
    9
  2. ޕައިލެޓް

    ތިޔަ ޖެޓް ހަމަޖައްސާދިން ފަރާތެއް އެގެން ދިވެހިން ބޭނުން ވޭ. ތީގެ ބަދަލު ދޭންޖެހެނީ ކިހެނެއް ކަމެއްނޭގެ.

    71
    7
  3. ވެރިން

    އެއްކަމެއްވެސްނުވޭ، ބޮޑުކޮށްގެން ވާހަކަ ދައްކަނީ. ތިބުނާ އަނިޔާ ވެފަ ތިކިޔާވަރުގެ ބޮޑެތި ސާޖަރީ ކޮށްފަ ހުރިމީހަކަށް އެހާ އަވަހަށް ތެ ދުވި އެއް ނު އެޅެވޭނެ ، އެކަމަކު ތީނަ ފެއްނަ ފެނުމަށް ހީއެއްނުވޭ އެއްކަމެއްވެސް ވެފަހުރި މީހެނެއް ހެން. 2021 ވަނައަހަރުގެ އެއްމެ މޮޅު ތްރިލާ ޑްރާމާ.
    ދެން ޝަހިން ދާ ކާރިޔަށް ވެސް ޖައްސާ ލެވުނީ ތާ ދޯ. އަންހެނުންހުރީ ލަންޑަނުގާ އެކަމަކު ދިޔައީ ޖަރުމަށް

    63
    6
  4. ޙަސަނު

    ޕްރައިވެޓް ޖެޓް އެއްގަތަ ނަޝީ ދު ޖަރުމަނައް ފުރާވަޑައިގަތީ.

    45
    1
  5. އެދުވަސްމިދުވަސް

    އެދުވަހު ބުނީ މައުމޫން ސެކިއުރިޓީ އޮތީ މާބޮޑުކޮށޭ. މީ ސެކިއުޓީ ދޭންޖެހޭ ތަނެއް ނޫނޭ. ކާކުހޭ އުޅެނީ މަރާލަން. މިއަދު ފުރައިގެން ދިޔައީ ބަރުހަތިޔާރާއެކު ސިފައިން ނެރެފައި މަގުމަތީގައި ދޮޅަހަކަށް ފޫޓުން މީހަކު މަގުން އަތުރައިގެން. އަދި އިތުރަށް ފުލުހުންގެ ސްވޮޓް ބޮޑު ފައުޖެއް މަގުމަތީގައި އަތުރައިގެން. އެދުވަހު ބުނީ ކޮބައިހޭ އިންޖިނިއަރިންގ އަކީ ކާކުހޭ ބުނީ ބުރިޖް އެޅޭނެއޭ މައުމޫނޭ ދިވެހިރައްޔިތުން މޮޔަ ހައްދަން ނޫޅޭށޭ. މިއަދު ފުރައިގެން ދިޔައީ އެބުނާ ބުރިޖްމަތިން ބޫންބޫން ކަނޑާފައި ވަށައިގެން ބަރުހަތިޔާރު އަތުރައިގެން އެންމެ ޒަމާނީ ރައިފަލު ހިފައިގެން ތިބި ސިފައިންގެ ފައުޖެއްގެ މެދުގައި މޮޓޯކޭޓުގައި. ސުބުހާނަﷲ! އެމީހަކު ބުނި އެއްޗެއް އެމީހެއްގެ އަނގަޔަށް ވަންނަތަން ފެނުނީމާ ކުޅަދުންވަންތަކަށް ހިތަށް އަރާފައި މިހުރީ ހައިރާންވެސް އަންތަރީސްވެފައި. ތައުބާ ތައުބާ

    86
    3
    • ވެރިން

      ކީރިތި ގުރުއާނުގެ 27 ވަނަ ސުރަތުގެ 50 ވަނަ އާޔަތް ނަށީ ދު އަށް ހަ ދާން ކޮށްލަ ދެއްވާ

      16
  6. އައްޝައިޚް

    ދެން ނާން ނާތި އެތާއޮވޭ

    67
    3
  7. ސީނު

    އީދު ކުޅިވަރު ހެވިކަމުގެ ބައި ދޯ. ވަނެ އެއްޖެއެވެ ނިމުނީމަ ނިކުމެ ކޮން ތުޔެއް ތެޅެނީ.

    33
    1
  8. ޏަވިޔަނި

    ގައުމު ބަނޑު އަޅައިގެން ޖަރުމަނަށް ޕްރައިވެޓް ޖެޓްގަ... ކޮބާ ފްލޯޓިން ހޮސްޕިޓަލް؟؟

    53
    3
  9. ޚާރު

    ބޮޑު ވަގު ޕްރައިވެޓް ޖެޓުން ދޯ ދަނީ ވެސް

    52
    5
  10. ދޮންބެ2

    މިޖެޓް ޗާރޓަރު ކުރީ ދައުލަތުގެ ފައިސާއިންބާ؟

    53
    1
  11. ބޯރޮމްސަން

    ޔަހޫދިން ފޮނުވި ޖެޓަކަށް ވާނި

    59
    4
  12. ރެފްރީ

    ބާކީއޮތްރުފިޔާކޮޅުހިފައިގެން އެނައްޓާލީ މަޖާކޮށްލަން .. ސަޅި ؟ ނޫން ގަޅި !

    55
    4
  13. ކަޅުމަންޖެ

    ދެން މިގައުމު ފަސާދަކޮށް ގައުމުގެ އަޖުތިމާއީ ފޭރާން އިތުރަށް ވީދާ ކުދިކުދި ކުރަން މިތަނަކަށް ކޮފޭނެ ކަމެއްނެތް. ނިކަމެތި ފަޤީރަކަށް ކަމެއްވީމަ ރަމަން ރަމަން ފޯލި ކުޅޭ ގޮތަށް ދުވަން މިޖެހެނީ. ރައްޔަތުންގެ ޓެސް ފައިސާއިން ކިތައް ނަމުގަ މަހަކު މުސާރަ ބަނޱު އަޅަމުން ތި ގެން ދަނީ. ރައްޔަތުން ހަނާވެ އަނގަޔާ އަތާ ދިމާނުވރގެން އުޅޭ އިރު ވެސް ޕއރައިވެޓް ޖެޓު ގެނެސް ތން ތަނައް ތޮރު ފެނީ. ތީ ކޮން ގޮތަކުން ގެނައި ޚަރަދު ކޮއްގެން ގެނައި ޖެޓެއް ތޯ ބަލަން ޖެހޭ

    20
    1
  14. ވަނީވް

    ބޮލައްވެސް ބޭސްކުރައްޗޭ މިފަހަރު...

    20
  15. އިބްރާ

    އިބިލީސް ފުރާވަޑައިގަތީ.

    22
    1
  16. ޔުނިވާސަލް

    ޔުނިވާސަލުންދޯ ޖެޓު ހަމަޖައްސާނީ. ޔުނިވާސަލް ކުއްޖަކާ ބައްްދަލުކުރަންވިއްޔާ އެރޭއޮތީ.

    16
  17. ކަޑަ

    މި އިއްޒަތް ނުލިބިގެންދޯ ތެޅިބާލަނީ

    20
    3
  18. ޢ

    މި ގައުމުގަ ސިޔާސީ މީހުން މިގައުމުގެ ޙަޒާނާ އެއްކޮށް ކައިފަ އެވަރުން ނުވެގެން ގައުމު މޯގޭޖް ކޮއްފަ ލޮނު ނަގައިގެންވެސް އެކައި ހުސްކުރަނީ ........ ! މީ މިހާރުން މިހާރަށް ހުއްޓުވަން ވެފަ އޮތްކަމެއް.

    15
  19. މޮޔަމީހާ

    ޖެލެސް ވާނެ ... ހު ރިހާ ވަގުން

    7
    21
  20. ޢިންޖިނިއަރ އެޑިލް

    މިއީ ރިވެތި އަހުލާގު ލިބިފައި ވާ މުސްލިމުންނޯ ކިޔާބައެއް. ޙަސަދަ ވެ ރިކަން އިންތިހާ...

    9
    14
  21. ފަަގީރު ރައްޔިތުފުޅު.

    ރާއްޖޭގައި ސިއްހީ އިންތިޒާމުތައް ހަމަޖެހިފައިވާ ދޯދިޔާކަމުން ނިކަމެތި ރައްޔިތު މީހާ ވޭނުގައި މިތެޅެނީ މިކޮވިޑްގެ ހާލަތުގައި ބޭސިކް ސިއްހީ ފަރުވާ ނުލިބިގެން. ނަށީދަށް އަވަސް ޝިފާއަކަށް އެދެން

  22. ހހހހ

    ދުވަހުވެސް މިގައުމަށް ދެން ނާދެވުނިއްޔާ ހާދަރަނގަޅޭ. މިގައުމުގެ ހަލާކު ނަޝީދަކީ. ޖުޑީޝަރީއާ މަޖްލިހާ ސަރުކާރު އެއްކޮށްލާ ޑިމޮކްރަސީ މިގައުމުން ނައްތާލާފި.

    17
  23. Anonymous

    މާތްﷲ ކަމެއް ހިންމެވި ގޮތެއްގެ މަތީން އެކަމެއް ހިނގާދާނެ . ﷲ އިންސާނާގެ ފުރާނަ އެޅުއްވިފަދައިން އެފުރާނަހިއްޕަވާނެ. ނޭންގުމުގައިވަނީ ފުރާނަހިއްޕަވާނެ ވަގުތަކާ ތަނެއް. ޥަގުތު ޖެހުމާއެކު އެނބުރިި ދާންޖެހޭނެ
    ސަލާމަތް ބުއްދިހުރި މީހަކު ގަބޫލް ކުރަންޖެހޭ ހަގީގަތަކީ މިއީކަން ޔަގީން ވާހާލު ބުނެލަން އޮތީ ފިރްއައުނާއި ހާމާނާއި ގާރޫން ކޮބާހޭ؟؟؟ އެމީހުންގެ އައުވާނުން ކޮބާހޭ؟؟

  24. Anonymous

    މީގެކުރިން ސަރުކާރު ދަވައިލާގެން ކާލައިގެން ތިބިވަގުން ތަކުގެފުޓޯތައް އެެއޮތީ އާމް ކޮށްފަ ޖެލެސްވާނެކަންއިގޭ ދެންވެރިކަމަށް
    އައުމުގެފުރުސަތެއްނެތް ދެންލަލަލާ

    1
    9
  25. Anonymous

    ގަމުގައި ތިބި ވަގުންގެ ފުޓޯތައް އެއޮތީ އާމްކޮށްފައި ވަމްން ކުރާދުއާ ﷲ އިޖާބެއްނުކުރައްވާނެ ހައްގަށް ނަސްރުލިބޭނީ ވަގުން އަނގަނުގަޅާ މަޑުންތިބޭ އިތުބާރެއްނެތް

    1
    4
  26. ބޭރުމީހާ

    ތިވާނީ ދިވެހި ސަރުކާރުން ޖަރުމަނު ސަރުކާރުގައި ދަންނަވައިގެން ހޯދި ހިލޭ އެހީއަކަށް!

    4
    1