އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމަނާފައި ވަނީ ސިޔާސީ ގޮތުން އަގު ވައްޓާލުމުގެ މަގްސަދުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނުން މި ލިސްޓު ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކުރީ މި މަހުގެ ހަވަނަ ދުވަހުއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ލިސްޓު ދިރާސާކުރުމަށް ފަހު އިއްޔެ ވަނީ ލިސްޓު އާންމުކޮށްފައެވެ.
ލިސްޓުގައި ނަން ހިމެނޭ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ވެސް އޭނާ ހާޒިރުކޮށްފައި ނުވާ އިރު އެއްވެސް ވަރަކަށް ސުވާލު ވެސް ކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ޖަވާބުދާރީ ވާން ޖެހިއްޖެނަމަ އެ ކަމަށް ތައްޔާރުވެ ހުރި ކަމަށާއި ތަހުގީގަށް ދޭން ޖެހޭ އެއްބާރު ލުން ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ވެސް އަދި އެ ނޫން ވެސް ހައްގު ނޫން މުއަމާލަތާ ގުޅިގެން، މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ނުވަތަ ހައްގު ނޫން މަންފާއެއް ބޭނުންކޮށްފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެން،" ނާޒިމް ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ތިއީ ކަންކަމުން ރެކުމައް އެންމެސް ބޭނުންކުރާބަސް
ބާގީ ނާޒިމު ގެ އަގެއް އެބަ އޮތްތޯ ވައްޓާލާ ވަރު ގެ ..؟ ޥެއްޓިފަ އޮތް އެއްޗެއް ދެން ޖެހޭނީ ހަޖަމު ކުރަން. ތީ ގައްދާރެއް
ފުރަތަމަ ކަމަކީ އަދީބު އަކީ ފެށުނީންސުރެ ނާޒިން ދުއްވާލަން މަސައްކަތްކުރި މީހެއް އެހެން ކަމުން އަދީބު ނާޒިމް އަތައް ލާރިގަނޑެއް ދީފާނެ ކަމައް ސަލާމަތް ބުއްދި ހުރި އެކަކުވެސް ޤަބޫލް ނުކުރާނެ .. މި ސަރުކާރު ހިންހަމަ ނުޖެހޭ ހުރިހާ އެންމެން ތި ލިސްޓައް އަރާނެ...
ވަރަށް ފުރިހަމަ ކޮމެންޓެއް ނަޝީދުގެ ނަމުގައި އެވަނީ.
ކުރިއަށް އޮތްތާގައި ވަގެއްކަން އިގުނީމަ ސިޔާސީގޮތުންހުރެވެދާނެ އެކަމަކު ފުންނާބު އުހެއްނުވާނެއެވެ
ތިޔަނާޒިމަކީވެސް ގައްދާރެއް
ސިޔާސީ ގޮތުން އަގުވައްޓާލަން ބަޔަކު ކަލެއަށް ކުރާނެ ތުހުމަތެއް ނެތް ! ކަލެއަކީ މިޤައުމުގައި ބަޣާވާތް ކުރުމުގެ އެންމެ ކުރީގައި ހުރި އެކަކު ! ދެން ސިޔާސީ ގޮތުން ކަލޭގެ އޮތީ ކޮން އަގެއް ؟