އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން ހިމަނާފައިވަނީ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށާއި އެކަމާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައި، ރާއްޖޭގައި ހިންގި ބޮޑު ހިޔާނާތުގެ މަންފާ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މި ސަރުކާރާއި ކުރީގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ތަހުގީގީ އިދާރާތަކުން ގުޅިގެން އެކުލަވާލި ލިސްޓުން ވަނީ ހާމަވެފައެވެ.

އެކަމަކު، ގިނަ ބޭފުޅުން ވިދާޅުވަނީ ލިސްޓުގައި ނަން އޮތަސް، ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންފައި ނުވާނެ ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ފަސް ލައްކަ ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭ އެއް ބޭފުޅަކީ މުއާޒެވެ. އެކަމަކު މުއާޒް އެކަން ދޮގުކުރައްވައެވެ.

މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއަކީ ސަރުކާރުގައި ހުރި އިރު އަދީބުގެ އިސްތިއުފާ އަށް ގޮވާލެއްވި އެއް ބޭފުޅާ ކަމަށެވެ. އަދި މިކަމަށް ހެކި ވާނެ ވަރަށް ގިނަ ބޭފުޅުން ތިއްބަވާނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ އެއް މިސާލު ދައްކަވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭރުގައި އޮތް "ޓީމު އަދީބު" އަށް ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ.

" އަޅުގަނޑު ހުރި މަގާމް ޓީމް އަދީބުގެ ލީޒާ އަށް ނުލިބުމުން އަޅުގނޑާ އޭގެން އެއްވެސް މީހަކާ ގުޅުން ރަނގަޅެއް ނޫން،" މުއާޒް ވިދާޅުވިއެވެ.

އެހެންވެ އަދީބުގެ ފަރާތުން އޭނާ އަށް ފަސް ލައްކަ ރުފިޔާ ލިބުނު ކަމަށް ބުނުމަކީ ބުއްދި ވެސް ގަބޫލު ކުރާނެ ވާހަކައެއް ނޫން ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވީ ފަސް އަހަރު ވަންދެން އެއް މަގާމެއްގައި، ތެދުވެރިކަމާއި ސާބިތުކަމާއެކު ކަމަށް ވިދާޅުވިއެވެ.

"އިންޝާ ﷲ ސާބިތެއް ނުވާނެ،" ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ކުރިން ހިމެނިވަޑައިގެންނެވި މުއާޒް ވިދާޅުވިއެވެ.

"މިއަދާ ހަމައަށް މިކަމުގައި އަޅުގަނޑުގެ ގާތުން ހޭ ވެސް އަހާލާފައި ނުވޭ. މީހަކު ބުންޏޭ ކިޔާފައި މިފަދަ ބޮޑު ކަމެއްގެ ތުހުމަތު ކޮށް ނަން ތިޔަ އޮތީ އަރުވާފައި. މިއީ އިންސާނީ އަބުރަށް އަރައިގަތުން. ދައުވާ ކުރާނަން. އިންޝާ ﷲ"

މުއާޒް ވިދާޅުވީ ފޮރިން މިނިސްޓްރީގައި ދެ އަހަރާއި ރައީސް އޮފީހުގައި ފަސް އަހަރު ދުވަހު ހޭދަކުރެއްވި އިރު، މުހައްމަދު ހުސެއިންއާ ބައްދަލުވެފައި ނުވާ ކަމަށެވެ. އަދި އޭނާ އަށް އެއްޗެއް ދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް މުއާޒް ވިދާޅުވިއެވެ.

މުހައްމަދު ހުސެއިނަކީ އަދީބު ވިދާޅުވެގެން، އެކި މީހުންނަށް ފައިސާ ބެހުމުގައި އުޅުނު އެކަކު ކަމަށްވެއެވެ.

"ނަމާ ފޮޓޯ ޖަހައިގެން ބަދުނާމު ކުރިޔަސް ސާބިތު ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" މުއާޒް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މުނިޔާ

  ކަލޭމެންގެ އަބުރަށްވުރެ ރައްޔިތުންގެ ހައްގު މާބޮޑު، ކަލޭމެންވަނީ ރައްޔިތުންގެ ހައްގު ފޭރިގަނެފަ. ރައްޔިތުން މާފެއް ނުކުރާނެ،

  20
  7
  • އިބްރާހީމް

   ރައްޔިތުންނަކީ ހަމަ އެކަނި ލާދީނީ ގްރޫޕްބާ؟ ޕީޖީ ޝަމީމް ވީމަ އެއީ މަސައްކަތުގެ އަގު ސާބެ ވީމަ މަސައްކަތުގެ އަގު. ޢަލީ ހުސައިންވީމަ ޚިޔާނާތުގެ ފައިސާ. ވަގަށް ގޮވާ މިނަގަނީ މުޅިންވެސް ވަގުން. ރައްޔިތުންނޭ ވީދޭން ލަދެއްވެސް ނުގަނޭ.

 2. ރާކަނި ސައްތާރު

  ކޮން އަބު ރެއް ގެ ވާހަކަ އަހަ ރުމެން ގެ ނަ ން ތިލިސްޓްގައި ނެތީ ކީއްވެ...އެއީ ވަށްކަން ނުކު ރީ މާ...އެގިއްޖެތަ.

  19
  6
 3. މުހައްމަދު

  މުއާޒު ކަލޭމެން އޭރުވެރިކަމުގެ ކޮއިލުގައި އުޅުނު އިރު ކަލެމެނާ ސަތޭކަފޫޓަށްވެސްކާރިނުވެވޭ. ކޮންވާހަކައެއް ތިދައްކަނީ އޭރުން ފައިސާއިންކަލޭމެންފެންވެރީ. އެއީ އަހަރެމެން ދުއްތަން.

  15
  4
 4. ދޮން އިބިރާ

  ދޮން ކަލޯ ގެ ގެއްލުނު އަބުރު ދައުވާ ކުރި ނަމަ ވެސް އަނބުރާ ނުލީބޭނެ ކަން ޔަޤީން!

  19
  1
 5. ގަނޑުހެލޭ

  އަބުރޭ، އެއީއަނެއްކާ ކޮންޒާތެއްގެ އެއްޗެއް.

 6. ޙޯރަ

  ކަލޯ. ޚަލެއަށް އެ ފައިސާ ލިބުނު. ޢަދީބާެކު ކޮރެޕްޝަން ހިންގި އެް ވަގު ތިޔައީ. ޙޮޅިން ތެލުގެ ވައްކަންވެސް ކުރީ ހަމަ ކަލޭ އިސްވެ ހުރެ

  ދެން ލަލާ

 7. އިންސެންސޯ

  ހުވާކޮށްފައި ބުނި ގޮތަށް "ތިމަންނަ ބަލަހައްޓައިގެން ހުއްޓާ ވެއްޓުނު ފާހަަގަ" މިއީ ހުސް މިކަލޭގެ ދައްކާފައި ހުރި ވާހަކަތައް! ރާބޮއެ މިހާ ވާނުވާ ނޭނގޭ ހާލުގައި އަބަދުވެސް. ދެން ކިހިނެއް މިވަރު މީހުން ދައްކާވާހަކަ ގަބޫލުކުރާނީ؟؟

 8. ބޯގަަލި

  އޭ މިހިރަ ބުރާންޗާ. އަބުރުގެ ދައުވާއެއްނެތް. ޢެހެން ނުނަސަ ޕީޕީ އެމް ވަރުގަދަ ވާ އަތައް ޖެހުނީމަ ތިލަވެގެނަ މިތެޅެނީ ކެވުނު ވަރު މަދުވެ ރަހަ ކެނޑުނަިތަ. ބުރާންޗާ

  6
  1
 9. ޞައްދާމު

  ދައުވާ ކުރިޔަސް ކާމިޔާބެއް ނުވާނެ!

  1
  1
 10. އަލްޖިބްރާ

  އަބުރުގެ ވާހަކަ ދައްކާނީ އަބުރެއް އޮތް ބަޔަކު ! ފާހަގަ ދުއްވާ މީހުނެއް ނޫން !