ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެން ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ސައްހަ ތަހުގީގެއް، ބޭރުގެ މާހިރުންގެ އެހީގައި ހިންގަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އިސްވެރިންނާއި މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް 281 މީހެއްގެ ނަން ހިޔާނާތުގެ ލިސްޓުގައި ހިމެނެއެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު މިހާރު ވަނީ އާއްމުުކޮށްފައެވެ. ލިސްޓުގައި ޝިޔާމްގެ ނަންވެސް އެބައޮތެވެ. އެކަމަކު ހިޔާނާތުގެ ފައިސާގައި ޖެހިފައިނުވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

"މިއީ އަޅުގަނޑުގެ އަބުރު ކަތިލާ ސަރުކާރު ޖަވާބުދާރި ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސަރުކާރުން ކުރިކަމެއްކަން ވަރަށް ސާފު" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށް ބުނަމުން ދިޔައީ ސަބަބެއް އޮވެގެން ކަމަށެވެ.

"ހާދަ ލިސްޓު ގިނައޭ. އެ ގަހަކު ކޭލެއް މިގަހު ކޭލެއް ވަކިވާ ވަރެއް ނޫން. ނަންތައް އުފަންވެސް ނަންތައް ގެއްލޭ ޒާތުގެ ޖާދުލެއް މިވެރިން އެބަ ހަދާ،" މަޖިލީހުން ލިސްޓު އާއްމުކުރުމުގެ ކުރިން ލީކްވި ލިސްޓަށް އިޝާރާތް ކރުައްވާ ޝިޔާމް ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މަރީ

  ދިވެހިރާއްޖޭގައި ތަހުގީގުކުރާނެހާ ގާބިލު މީހުން ނެތީމަ ކަންނޭނގެ ކޮންމެކަމެއް ވާއިރަށް ބޭރުގެ އެހީ ހޯދަން އުޅެނީ

  8
  2
 2. Anonymous

  ކަލޭމެން ނޫންތަ ބުނީ ކަންކަން ނިންމާނީ އަމިއްލައަށޭ... ދެން މިހާރު ކޯޗެކޭތަ މިކިޔަނީ....

  11
  6
 3. އަނގޭ

  ބަލަ ސިޔާމު. ގިޔާމަތް ދުވަހު ލިބޭ ފަތުގައި ތިވާހަކަ އޮތަސް އިއްޒަތްތެރި މެންބަރަށް ބުނެލެވޭނީ ބޭރުން ތަހުގީގު ޓިމެށް ގެންނާށޭ. މިހަރުވެސް ތަހުގިގު ކޮށްފަ ނެރުނު ލިސްޓެއް ތީ. ތީގައި ތިމެންބަރުގެ ނަން އޮތީ ހެއްކާއެކު ކަމަށް ބުނަމުން ގެންދާ އަޑެއް މެމްބަރަށް އިވޭހެނެއް ހިއެއް ނުވޭ. އެވަނި ކިހިނެއްކަމެއް އަޅެ ބުނެދިބަލަ ވައްކަން ނުކުރިއެއްކަމަކު.

  9
  2
 4. ޓިނުސަރުކަ

  ތިޔަބުނާނީ ކީކޭކަން އެނގޭތޯ މަށަށް ވިސްނެނީ ވަށާގެން ތިބީ ވަގުންނޭ ނިމިދިޔަ މަހާ ވަގު ސަރުކާރާ މިހާރުގެ ސަރުކާރާ، ވާނީ މިހެންތާ ހަލާލްލެއް ހަރާމެއް ޢާހިރަތެއް ބެލުމެއްނެތި އަނނިދަރިންނަށް ކާންދޭން ފޫގެޅީމަ.

  7
  4
 5. ޢަހޮމަދު

  ނައިފަ ރު ފެނަކައަށް ސިއާމު -/30 ރުފިޔާޢަށް ތެޔޮލިޓަ ރެއް ވިއްކިންތޯ؟؟؟؟؟

  7
  1
 6. ރަބަރޭ

  މިސްކިތުގަ ހުޅުޖެހި މީހާ ވެސް ބުނީ މަށޭ އެބަ ކިޔާހޭ!

  8
  2
 7. އީސާ ތައްކާނު ބޭ

  ދައުލަތުގެ ޚަޒާނާ ލޫޓުވި އިރު ބޭރު ގެ އެހީ ހޯދީ ތިޔާގެ ތެރެއިން ކާކުބާ؟

  9
  3
 8. Anonymous

  ކަލޭމެން ނަކީ މިހާރު އަނގަ ތެޅެންއޮތް ބައެއްނޫން ދެން ރަނގަޅުވާނީ މަޑުންތިބީޔާ މިއީ ވަރަށްވާ ހަކަ

  8
  3
 9. ކާފަ

  މަންމާފުޅުގެ ނަމުގައި ފައުންޑޭޝަން ހަދައިގެން ޔާމީނު ވެރިކަމުގައި ނައިފަރުގައި ހިންގިހާ ހަރަކާތަކަށް ފަންޑު ހޯދީ ގޮތެއް ހޯދާ ބަލަންޖެހޭ. މިހާރު ކޮބާތޯ އެފައުންޑޭޝަން ތެޔޮ ވިއްކަން ހެދި ކުންފުނިހެން އެ ފައުންޑޭޝަން ވެސް ޝަޓްޑައުން ކޮއްގެންތަ ތިއުޅެނީ.

  3
  1