އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން ރާއްޖެ އިން ވާދަކުރި އިންތިޚާބުގައި އިންޑިއާއިން ވޯޓު ދީފައިވަނީ ރާއްޖެއާއި ދެކޮޅަށް ކަމަށް އެޤައުމުގެ ނޫހަކުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ޙަވާލާދީ އެ ނޫހުން ބުނީ، މިމަހުގެ ނުވަ ވަނަ ދުވަހު، އދ. ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރަކަށް ވުމަށް އިންޑޮނޭޝިއާ އާއި ރާއްޖެ ވާދަކޮށް ބޭއްވި އެ އިންތިޚާބުގައި އިންޑިއާއިން ވޯޓު ދިނީ ރާއްޖެއާއި ދެކޮޅަށް ކަމަށެވެ. އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް މި އިންތިޚާބުގައި ވޯޓު ދީފައިމިވަނީ، ރާއްޖޭގެ ސިޔާސީ ކަންކަމުގެތެރެއަށް އެޤައުމުން ވަދެ، ސަރުކާރަށް ފާޅުގައި ފާޑުކިއުން އަމާޒުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނަށް ޙުކުމް ކުރި މައްސަލައިގައިވެސް އިންޑިއާގެ އިސް އޮފިޝަލުން ބަސް ބުނެފައިވާއިރު، އެފަރާތްތަކުން ވަނީ އެ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫންކަމަށް ސިފަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި މެދުވެރި އިންޑިއާއިން ދަނީ ސުވާލު އުފައްދަމުންނެވެ.

އިންޑިޔާއިން އދ. ގެ ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރުކަން ދިނުމަށް ރާއްޖެއާއި ވާދަކުރި އިންޑޮނޭޝިއާއަށް ވޯޓު ދީފައިވާކަން އެޤައުމުގެ އޮފިޝަލަކާއި ޙަވާލާދީ ނޫހަކުން ބުނެފައިވާއިރު، މި ވޯޓުގެ ކުރިން ތިން ފަހަރެއްގެ މަތިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑޮނޭޝިއާއަށް ޒިޔާރަތްކޮށްފައެވެ.

މި އިންތިޚާބުގައި ނެގި ވޯޓުން އިންޑޮނޭޝިއާއަށް 144 ޤައުމެއްގެ ވޯޓު ލިބުނުއިރު، ރާއްޖެއަށް ލިބުނީ 46 ޤައުމެއްގެ ތާޢީދެވެ. ގޮނޑި ކާމިޔާބުކުރަން ހޯދަން ޖެހެނީ 127 ޤައުމެއްގެ ވޯޓެވެ. މި ވޯޓުގައި ބައިވެރިވެފައި ވަނީ ޖުމްލަ 190 ޤައުމެވެ. އދ. ގެ މެމްބަރަކަށް ރާއްޖެ ވިތާ 50 އަހަރުގެ ތެރޭގައި، މިއީ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. މި ގޮނޑިއަށް އިންޑިއާއިންވެސް އެންމެ ފުރަތަމަ ވާދަކުރި ފަހަރު ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވެފައިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ފިރުޓޭ

  ތި އޮތީ ރާކަނިމަސް ކެވިފައެއްނު ދެން!

 2. މަހަށްދޭބަލަ

  ކޮބާ އިންޑިއާ އެމްބަސޭ ރާކަނި މަސް ކެވުނުތޭ އެންމެ ފަހުން ނާށިގަނޑު ހިފައިގެން ސަލާމް ޖަހަން ޖެހުނީ ދޯ. ނުލިބޭނެ ދެން ވާރކް ވިސާ އެއް އިންޑިއާ މީހުންނަށް މަހަށް ދޭބަލަ ދެން މަހަށް މަހަށް މަހަށް ދޭބަލަ ދެން.

 3. ބުއްޅަބޭގެ ކާފަ

  ބަލަ 1965 ވަނަ އަހަރުންފެށިގެންވެސް އިންޑިޔާއަކުން ގަބޫލެއްނުކުރެއޭ މިއީ މިނިވަން ދައުލަތެއްކަމެއް، ޕޮރޮފެސަރ އުގައިލު އިންޑިޔާއަށް ގެންގޮސްގެންވެސް ވަރަށް މަސައްކަތްކޮށްފި، ބުރުމާ ސިންގަޕޫރުމަގުން އިންޑިޔާއަށް ގެންދިޔަ، ނާޒިމްސޯ ދެފަހަރަށް ގެންދިޔަ، ހަމަ އެއްވާހަކައެއްދައްކަނީ، ވެރިކަން ބަދަލުކުރަން! އެކަމަކު އެކަންނުވެ 5އަހަރު މިނިމެނީ!

 4. ޙަަސަން

  ގެއްލުނު މަންޖެ އަހަށް ހެޔޮހާލުގައި ފެނުމުގެ ނަޞީބު މިންވަރުކުރައްވާށިއެވެ. آمين

 5. ޕާކްދޮންބެ

  ކޮބާ އަންމަޑޭވެސްބުނި އިންޑިއާވޯޓުދިނީއަހަރެމްނަށޭ

 6. ޗިއްލޫ

  އެންމެ ފުރަތަމަވެސް އިނގޭ އިންޑިޔާއަކުން ރާއްޖެއަށް ތިޔަވޯޓެއް ނުދޭނަކަން، އިންޑިޔާއަކީ މިދުނިޔޭގަވާ ހުރިހާގައުމު ތަކުގެތެރެއިންވެސް ރާއްޖެއަށް އެންމެ ހިތްނުބައިގައުމުކަން ދިވެހިން ދަންނަން އެބަޖެހޭ!

  • ނޭޝަން ފަރސްޓް

   އިންޑިޔާއަށް އަހަރުމެން މުހިންމު ނުވަންޏާ އަހަރުމެންނަކަށް އިންޑިޔާއެއްވެސް މުހިންމެއް ނުވާނެ..! ދިވެހިންނަކީ އާދައިގެ ބައެއްނޫން..!

 7. މައިކުރާ ކޮޕުސް

  އަޅައިގެން ބެލީމަ ފެންނަނީ އިންޑިޔާއަކީ އަހަރުމެންގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ހިލަކޮޅުވެސް ނުދީ އަހަރުމެންގެ ކުރިމަގަށް ހުރަސްއަޅަމުންދާ ބައެއް..މަކަރާއި ހީލަތުން އުޅޭ ބައެއް..އެމީހުންނާނުލާ އުޅެން އެބަ ދަސްކުރަން ޖެހޭ...

 8. ނިދާ

  މޯދީ އިންޑޮނީޝިޔާ އަށް ދިޔައީ އެތާތިބި މުސްލިމުންނަށް އީދު ހަދިޔާ ހފައިގެން. .

 9. ނަސީމާ

  ތެދެއް. އިންޑިޔާ، ރާއްޖެ މިނިވަންވުމުން އެކަން ވެސް ގަބޫލެއްނުކުރި. ރާއްޖެއާ ގުޅުން އުފެއްދުމަށް އިއުތިރާޒުކުރި. މިހާރުގޮތަށް ނޫސްތަކުގައި ޗައިނާއޭ، ލަސްކަރޭ ކިޔައިްގެން، އޭތިމީތި ކިޔަން ފެށި. ރައިސް ނާސިރު، އެއްޗެް ވިސންިވަޑައިގެން، އަވަސްއަވަހަށް އދ ގެ މެންބަރުކަން ހޯއްދެވައި މިނިވަންކަން ތަޅުލެއްވީ. ވަރަށް ދަތި އުނދަގުލުން އެކަން ކުރެއްވީ. ދެން ނޮވެންބަރު 1 ގަ އިންޑިޔާ ރާއްޖެއާ ޑިޕްލޮމެޓިކު ގުޅުން އުފެއްދީ. އަދި ރައީސް ނާސިރު، ނުވިތާކްށަ ލަސްތަކެއް ނުވެ ވޮޝިންގުޓަން ގައި އެންބަސީއެއް ވެސް ހުޅުވި. އެއިރު އެމެރިކާ އަކީ އިންޑިޔާއާ ހަތުރުބައެއް. އިންޑިޔާއަކީ ރޫސީންގެ ފަޅި. ނަސީބަކުން އެއިރަކު ރާއްޖެއަކު އިދިކޮޅު ޕާޓީއެއް ނެތް. އަލްހަމްދުލިއްލާހި! އޮތް ނަމަ، ރާޢްޖެ އދ އަށް ވަނަ ނުދިނީސް އަދި އެމެރިކާއާ ގުޅުން އުފެއްދިަޔަ ވެސް ނުދިނީސް. އެއީ މިހާރު ކަށަވަރުވާ ކަމެއް. އދ އަށް ވެއްދުން ތަންކޮޅެއް ލަސްވި ނަމަވެސް، އިންޑިޔާ ލަސްކަރުވެސް ގެނައީސް. މިނިވަންކަން ވެސް އޮޔާ ލީސް.

  • އިންސާނާ

   ތިވަރުގެ ވާހަކައެއް އިންސާނަކަށް ނުބުނެވޭނެ..އެކަމަކު ގޭހުގަ ޖެހިފަ ޢާފިލުކަންމަތީ މަދުބަޔަކު ތިބިކަން އެއީ ދިވެހިންނަށްލިބޭ ހުތުރެއް...މިހާރު ދުނިޔޭގެ ގިނަބަޔަކު އެބަގަބޫލުކުރޭ ސިޔާސީވެގން ނިކުމެގެން މިއުޅެނީ ގައްދާރުންކަން

 10. Anonymous

  އޮބްވިއަސްނު. އިންޑިޔާ ބޭނުން ގޮތެއް ހަދާ ބައެއްނޫން ދިވެހިންނަކީ. ދިވެހިންނަކީ، މިނިވަން ކަމަށް އަބަދުވެސް ލޯބިކުރާ ބައެއް. އެހެންވީމަ، އިންޑިޔާ ދުވަހަކުވެސް ދިވެހި ގައުމަށް ހެޔެ އެއްގޮތެއްވެސް ނުހަދާނެ. ދެން އަނގަ ފޭކޮށްފަ ބުނާނެ ނޮވެމްބަރ 3 ކޭ. އެއީވެސް، މިތަނުގަ ފައި ހަރުކޮށްލަ އައި އައުމެއް. މައުމޫނު ބޯ ބަހައްޓައިގެން ފޮނުވާލިކަމުން މިިގައުމު އިންޑިޔާގެ އަޅުވެރިކަމުން ސަލާމަތްވީ.

 11. ޢަފްލާ

  ޢަހަރެމެން ބޭނުމެއްނޫން ގެރިމޯދީއެއް މުޅި އިނޑިއާ ރޭޕް އަރުވާިރު މޯދީ ހިމޭނުން ކުޑަކުދިންނާއި ބޮޑެތި މީހުން ރޭޕް ކުރަނީ ބީޖޭޕީ މީހުން އެންމެފަހުން ބީޖޭޕީ ޕާރލިމެނޓް މެމްބަރަކުވެސް އަންހެން ކުއްޖަކު ރޭޕްކޮއްލި

 12. Anonymous

  ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީ ކުރައްވާފައިވަނީ ޔަހޫދީންނާއި ނަސޯރާއިން އައުލިޔާއިންގެ ގޮތުގައި ނުނަގާށޭ. އެބައިމީހުންނަކީ ތިޔަބައިމީހުން އެބަހީ މުސްލިމުންނައް ދުވަހަކުވެސް ހެޔޮ އެދޭނެ ބައެއްނޫނެ. މިހާ ސާފުކޮއް ބަޔާން ކޮއްދެއްވާފައިވާ އިރު އެކަމައް ދެކޮޅުހަދާފއި ދިޔައިމަ ވާ ގޮތް ތިޔާ ފެންނަނީ. އިންޑިޔާގައި ތިޔާތިބީ މުޝްރިކުން. އެއީ ޔަހޫދީންނާއި ނަސޯރާއިންނައް ވުރެން ބޮޑު ނުބައި ބައެއް.ހުދު އިންޑިޔާގައި ތިބި މުސްލިމުން މަރާ ހައްދުފަހަނަ އެޅި ބުއްދާއިންތަކެއް. ރޯނާވެފަ ތިޔަތިބެނީ . އިންޑިޔާ މީހުންގެ ފަރާތުން ހެވެއް ލިބޭނެކަމައް ދެކުމަކީ ވެސް މޮޔަކަމެއް