ނިރުބަވެރި ހަމަލާތައް ދީ، އެފަދަ އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

އީދު ހުތުބާގައި ބުނެފައި ވަނީ އިސްލާމް ދީނަކީ ސަލާމަތާއި، އަމާން ދީނެއް ކަމަށާއި އިސްލާމް ދީނަކީ އަނިޔާވެރިކަމާއި ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީނެއް ކަމަށެވެ. މީސްތަކުންގެ ފުރާނަ އާއި މުދަލަށް ގެއްލުން ދިނުން ފަދަ އަނިޔާވެރި އަމަލުތަކުން އިސްލާމް ދީން ބަރީއަވެގެންވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އީދު ފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ މުހިންމު އެއްކަމަކީ، އިސްލާމީ އަގީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކާއި، އެއްބައެއްވަންތަކަމުގެ ތަނބެވެ. އަދި އިސްލާމީ އަގީދާ ފުނޑުފުނޑު ކޮށްލުމަށްޓަކައި ފިކުރީ ގޮތުން އެތަކެއް މަސައްކަތެއް ކުރަމުންދާ ކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެއެވެ.

"ނިރުބަވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ މީހުންނަށް ހަރުކަށި އަދަބު ދެވެން ޖެހޭ. އެހެން ނޫން ނަމަ، މުޖުތަމައު ނާމާންވެ، ބިރުވެރިކަން އާއްމުވެދާނެ" އީދު ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އީދު ހުތުބާގައި ވަނީ، މުސްލިމުން މިއަދު އީދުގެ އުފާ ހާސިލް ކުރަމުންދާ އިރު، ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިތާމަވެރި ހާލުގައި ތިބި މުސްލިމުންގެ މަތިން ހަނދާން އާ ކުރުމަށާއި އިސްލާމީ އުންމަތަށް ނަސްރު ދެއްވުން އެދި ގިނަގިނައިން ދުއާ ކުރުމަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ދީނައް ފުރައްސާރަ ކުރާ މީހުންނަށް ދީނުގަ އޮންނަ ހުކުމްގާއިމްކުރަން ޖެހެ އެވެ.

    15
    1
  2. ޑެޑުއހފޯސް

    ޢިސްލާމް ދީނަށް ފުރައްސާރަ ކިުރާ މީހުންގެ އަދަބަކީ މަރުގެ އަދަބު. ކީއްވެ ތޯ ކަލޭމެން ޚުތުބާ އެމީހުން ނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ޚުތުބާ ނުދެނި. ޢިސްލާމް ދީނާ ޚިލާފު އެތައް ޤާނޫނެއް ހަދަމުންދާ ޝަރީޢަތް ބަދަލުކުރާ މުރުއްތައްދުން ގެމައްޗައް ތަކްފީރު ނުޖަހަނީ. ކޯޓުތަކުގައި ﷲ ގެ ހުކުމުގެ ބަދަލުގައި ހައިވާނުންތައް ހަދާ ޤާނޫނުގެ މައްޗައް ހުކުމް ކުރަނި ކީއްވެތޯ އެބައިމީހުން ގެ މައްޗައް ތަކްފީރު ނުޖަހަނީ. ﷲ ގެ ހުކުމުގެ ބަދަލުގައި އެހެންހުކުމަކުން ހުކުމް ކުރާމީހުންނަކީ ކާފަރުން. އެހުކުމް ތަންފީޒު ކުރާމީހުންނަކީ ވެސް ކާފަރުން. ޢެ ހުކުމް ތަންފީޒުކިރާ އެ ހުކުމް ހަދާ އެ ހުކުމް ކުރާ މި އެއްމެންނައް ހިމާޔަތްދޭ މީހުންނަކީވެސް ކާފަރުން.
    ޤިޔާމަތްދުވަހުން މިކަން ތެދުވާނެ އަދި އެ އެއްމެން ތަޢުބާނުވެ ކުފުރު މަތީ މަރުވެއްޖެނަމަ އެބައިމީހުން ވާނެ ތަނަކީ ނަރަކަ.

    13
    1
    • ނުރަބޯ

      ބޭފުޅާ ދޭބެއަ ސީ ރިޔާއަށް

  3. ށޖދ

    ދީނަށް ފުރައްސާރަ ކުރާަ މީހުނޯ؟

    12
    1
  4. ނުރަބޯ

    ނި ރުބަވެ ރި ހަމަލާއޭ ބުނާއި ރަށް ހު ރިހާ ޓެ ރަރ ރިސްޓުންތައް އައިސް އެބަކިޔާ ދީނޭ ފު ރައްސާ ރައޭ ބަލަ އެމީހުން ތަންތަން ގޮއްވާ މީހުންމަ ރާ ނަހަދައޭ ކަލޭމެން ހެން