ފަލަސްތީން ރައްޔިތުންނާއި އެއްކޮޅަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފައި ވަނީ، ހެލްތް ޕްރޮޓެކްޝަން އެޖެެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި ޚިލާފަށް ގިނަބަޔަކު އެއްތަނަކަށް އެއްވެ ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެއްވުމެއް ހުއްޓުވާފައިވާނެ ކަމަށެވެ.

އެ އޮފިޝަލް ވަނީ ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިންތައް ތަންފީޒު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި އެންމެހާ ފިޔަވަޅުތައް އެޅުމަށް ހަނދާންކޮށްދީފައެެވެ.

ފުލުހުން ހުޅުމާލޭގައި ބޭއްވި އެއްވުމެއް ހުއްޓުވިއިރު، މީގެ ކުރިންވެސް މާލެ ސަރަހައްދުގައި ބޭއްވި މިފަދަ އެއްވުންތައް ހުއްޓުވައި، ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އަދި މިގޮތަށް ބައެއް ފަހަރު މީހުން ދޫކޮށްލާއިރު، ޖޫރިމަނާވެސް ކޮށްފައި ވެއެވެ.

މާލެ ސަރަހައްދުގައި މިހާރު ނުރައްކާ މިންވަރަކަށް ދަނީ ކޮވިޑް ފެތުރެމުންނެވެ. އަދި މިފަދަ އެއްވުންތައް ބޭއްވުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން ހުއްޓުވާފައިވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    މުހައްމަދު ނަޝީދަށް ތާއީދުކޮށްފަ ސ ހިތަދޫގަ ބޭއްވި ސައިކަލް ބުރު ހުއްޓުވަން ނުކެރުނީ ކީއްވެ؟ ގާނޫނު ތަންފީޒު ކުރެވެނީ ވަކި ބައެއްގެ މައްޗަށްތަ؟ ނޫނީ އެމީހުންގެ މަގްސަދަށް ބަލާފަ ނުހުއްޓުވީތަ؟ އެޗްޕީއޭގެ މިންގަނޑަށް ގޮންޖަހާފަ ސ ހިތަދޫގަވެސް ސައިކަލް ބުރު ބޭއްވީ.އެދުވަހު ކޮބާ ފުލުހުން؟ އެމީހުން އެދުވަހު ތިބީ
    ނިދާފަތަ؟ މިގޮތަށް ކަންކުރީމަ ރަނގަޅެއް ނޫންވ.ވެދުން

    28
    1
  2. ދުރާލާ

    އެހެންވެގެންނޭ މިބުނަނީ ސިފައިންނާއި ފުލުހުންވެސް ތިބެނީ ސިޔާސީ ވެފައޭ ވަކިބަޔަކަށް ވަކިގޮތެކޭ ހަދަނީ އެކަމަކު ނަމުގަ އެޗުޕީއޭގެ ރޫލްސުއޮފް ރެގިއުލޭޝަން ކިހާހެއްވާ މިއޮތީ ވާގައުމެއް.