އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޤާނޫނީ ވަކީލު ކަން ކުރެއްވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންގެ ނަން އޮވެ، އަދީބުގެ ވަކީލުކަން ދެން ކުރެއްވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖްއާއި، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ ނަން ލިސްޓުގައި ނެތުމުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.
އުޝާމް ކުރެއްވި ޓްވީޓެއްގައި ފާހަގަކުރެއްވި ކަމަކީ، އަދީބުގެ ވަކީލެއްގެ ގޮތުގައި އަލީ ހުސައިން މަސައްކަތް ކުރެއްވީ 2014 ގެ ކުރިންނެވެ. އެއީ މަޖިލީހުގެ މެންބަރަކަށް ވެސް އަލީ ހުސައިން ވެވަޑައިގަތުމުގެ ކުރިންނެވެ. އަދި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިނގަމުންދާ ކަން ތިލަވުމުގެ ކުރިންނެވެ. އެހެން ނަމަވެސް އަދީބުގެ ދިފާއީ ވަކީލުންނަށް ސިރާޖާއި ޝަމީމް ވެވަޑައިގަތީ ޚިޔާނާތް ފަޅާއަރައި 2015 ގެ ފަހުންނެވެ.
"އަދީބަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014 ގެ ކުރީކޮޅު އަލީ ހުސައިނަށް ދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާއަށް ވެފައި، ޚިޔާނާތުގެ ކަންކަން ފަޅާއެރި ފަހުން 2015 އިން ފެށިގެން އަދީބުގެ ވަކީލު ކަން ކުރި ފަރާތްތަކަށް ދިން ފައިސާ އެއީ ޚިޔާނާތުގެ ފައިސާއަކަށް ނުވި، ކީހާ އިންސާފުވެރި،" ޝަމީމާއި ސިރާޖްގެ ފޮޓޯއެއް ޚިއްސާ ކުރައްވައި ކުރެއްވި ޓްވީޓްގައި އުޝާމް ލިޔުއްވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން މީގެ ކުރިން އަލީ ހުސައިން ވަނީ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނަށް ވެސް ހާޒިރުކޮށްފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަދީބު އޭނައަށް ބައި މިލިއަން ރުފިޔާ ދީފައި ވަނީ އަދީބަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އަދި އެއީ ޚިޔާނާތުގެ ކަމެއް އުޅޭ ކަން ނޭނގޭ ދުވަސްވަރެއްގައި އެ ފައިސާ ދީފައި ވެސް އޮތުމުން، އެއީ ޚިޔާނާތުގެ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދީބުގެ ގާނޫނީ ވަކީލު ކުރަން ކުރުމާ ގުޅޭ ގޮތުން ޝަމީމް ވެސް ވަނީ ކުރިން ވާހަކަ ދައްކަވައިފައެވެ. ޝަމީމް ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި ޚިޔާނާތުގެ މައްސަލާގައި އަދީބުގެ ވަކީލު ކަން ކުރައްވާފައިވާ ނުވާނެ ކަމަށެވެ. އޭރު ޝަމީމް ހުންނެވީ ސަސްޕެންޝަންގައި ކަމުން ވަކީލު ކަން ނުކުރެވޭ ކަމަށެވެ. އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ކަމަށް ބުނާ މައްސަލާގައި ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
އަދީބުއަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން 2014 ގެ ކުރީކޮޅު @AleeVoice އަށް ދިން ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށްވެފައި، ހިޔާނާތުގެ ކަންކަން ފަޅާއެރިފަހުން 2015 އިން ފެށިގެން އަދީބުގެ ވަކީލުކަންކުރި ފަރާތްތަކަށްދިން ފައިސާއެއީ ހިޔާނާތުގެ ފައިސާއަށްނުވި. ކިހާ އިންސާފުވެރި. https://t.co/4lKT9HsccW pic.twitter.com/5IfrDajbIB
— Ahmed Usham (@a_usham) May 13, 2021
އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވެ ލިސްޓުގައި ހިމެނޭ ގިނަ ބަޔަކަށް ސުވާލު ކުރެވިފައި ނުވާތީވެ، އެތައް ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.
ސަބަބު ވ ސާފް އަލީ ހުސައިން މަސައްކަތް ކޮށްދިނީ ފައިސާއަށް ދެންތިބި ދެބޭފުޅުން މަސައްކަތް ކޮށްދެއްވީ ހިލޭ ސާބަހަށް އިހްލާސްތެރިކަމާއެކު
ތިހުރިހާ ވާހަކައެއް ދައްކަން ވެގެން ކުރިން ބައިން އަމިއްލަ އަށް ލިސްޓެއް ހަދައިގެން ފޮޓޯޖަހައިގެން ނެރިގެނަ ތިއުޅެނީ!
ގެއްލުނު ފައިސާއާއި ހަވާލު ވާނެ އެކަކުވެސް ނުވިތޯ ؟
ކެންދޫ ދާއިރާގެ މެންބަރު އަލީހުސޭނަކަށް ތިޔަބުނާ ފައިސާއެއް ނުލިބޭ ލިބުނުނަމަ ކެންދޫގެ ނަރުދަމާނިޒާމާއި ފެންޕުލާންޓު ބެހެއްޓީސް ވޭތުވެދިޔަ ދެއަހަރުވެސް ދާއިރާގެއެއްވެސް ރަށަކަށް އެންމެކުޑަމިނުން ކަމެއްނުކޮށްދޭތާ ދާއިރާގެ ރަށްޔިތަކު ބަލިވިޔަސް އަޅައެއްނުލާ.
ބަލަ ތިޔަ ޕީޖީ އަކަށް ހުރި މީހާ ނޫންތޯ ބުނީ ދުވަހަކުވެސް އަދީބުގެ ވަކީލަކަށް ތިމަންނާ ނުހުންނަމޭ. އެހެން ބުނިއިރު ވަކީލަކަށްވެގެން ހުރެ މީޑިއާގައި ދެއްކި ވާހަކަތައް ފެންނަން ހުރި. މިވަރުގެ ބަޔަކު ތެދެއް ހަދާނެތަ!
އަލީހުސޭނު ދާއިރާގެރަށްތަކަށް ވަރަށް އަވަހަށް ކަންތަށްތަށް ކޮށްދޭންފަށާނެ އެއިީ ފަސްދޭތެރެ ރަށްތަށް ބުރިޖަކުންގުޅާލުން އެކަންތަށް ވަރަށް އަވަހަށްފަށާނެ އެއީ އެކަމަކު ހިޔާނާތުގެ ފައިސާގެ މަޅިން ސަލާމަތްވުމުން.
ދެބޯގެރި ހިނގަނީތޯ
މިހާރުވެސް ހެޔޮ ނިޔަތުގައި ދައުލަތް ލޫޓުވަމުންދާ ނަޒާހަތްތެރި ވަގުންގެ ލިސްޓަކީ އަދި މުޅިން އެހެން ލިސްޓެކޭ!
އާންމު ކޮށްފަ އޮތީ ޚިޔާނާތްތެރި ވަގުންގެ ލިސްޓް.